Roadha Mihaaru

ނިޔާމަ ދަތުރެއްގައި އެއާޕޯޓުގެ މި މުވައްޒަފުންގެ ހިއްސާ

އިސްމާއިލް މަނިކު އޭނާގެ މުޅި އުމުރު ހިދުމަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށެވެ. އުމުރުން އެންމެ 16 އަހަރުގައި ރާއްޖޭގެ ރަސްމީ ވައިގެބަނދަރަށް ވަޒީފާ އަށް ނުކުތް ގޮތަށް އަދިވެސް އޭނާއަކީ މި އެއާޕޯޓުގެ ހީވާގި މުވައްޒަފެކެވެ. މިހާރު އޭގެ ފަހުން 30 އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. މިހާރު އޭނާއަކީ އެއާޕޯޓުގެ ރޭމްޕުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ސީނިއާ އެކެކެވެ.

ނިޔާމަ ދަތުރެއްގައި އެއާޕޯޓުގެ މި މުވައްޒަފުންގެ ހިއްސާ
އިފްރާޒް އަލީ
އިފްރާޒް އަލީ

16 އެޕްރީލް 2025

އިސްމާއިލް މަނިކު އޭނާގެ މުޅި އުމުރު ހިދުމަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށެވެ. އުމުރުން އެންމެ 16 އަހަރުގައި ރާއްޖޭގެ ރަސްމީ ވައިގެބަނދަރަށް ވަޒީފާ އަށް ނުކުތް ގޮތަށް އަދިވެސް އޭނާއަކީ މި އެއާޕޯޓުގެ ހީވާގި މުވައްޒަފެކެވެ. މިހާރު އޭގެ ފަހުން 30 އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. މިހާރު އޭނާއަކީ އެއާޕޯޓުގެ ރޭމްޕުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ސީނިއާ އެކެކެވެ.

އިސްމާއިލް އެންމެ ފުރަތަމަ އެއާޕޯޓަށް ވަނީ ރޭމްޕުގައި މަސައްކަތްކުރާ ޑްރައިވަރެއްގެ ވަޒީފާއަށެވެ. އެ ވަޒީފާއިން ފަށައިގެން ރޭމްޕުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ދަސްކުރި އެވެ. ގްރައުންޑުގައި ބޭނުންކުރާ ހުރިހާ އިކުއިޕްމަންޓްސް އޮޕަރޭޓްކުރަން ވެސް ދަސްކުރި އެވެ. މިހާރު އޭނާގެ ޒިންމާއަކީ ވެސް އެއާޕޯޓުގެ ގްރައުންޑުގައި ބޭނުންކުރާ ހުރިހާ އިކުއިޕްމަންޓްސް ބެލެހެއްޓުމާއި އަލަށް ވަޒީފާއަށް ވަންނަ މީހުންނަށް އެ އެއްޗެހި ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދިނުމެވެ.

ރޭމްޕަކީ އެއާޕޯޓުގައި އެންމެ ބުރަކޮށް މަސައްކަތްކުރަން ވެސް ޖެހޭ އެއް ތަނެވެ.

ވެލާނާ އެއާޕޯޓަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްފައިވާ އިސްމާއިލް މަނިކު "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލާނާ އެއާޕޯޓަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްފައިވާ އިސްމާއިލް މަނިކު "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ހޮނިހިރު ދުވަހު 59 ވަނަ އަހަރުވީ އިރު، 30 އަހަރު އެ އެއާޕޯޓުގައި މަސައްކަތްކުރުމަކީ އެ ދިގު ދަތުރުގެ ވަރަށް މުހިންމު ބައިވެރިއަކަށް އިސްމާއިލް ވާނެ ސަބަބެކެވެ. މި ދިގު މުއްދަތުގައި އެއާޕޯޓަށް އައި ކުރިއެރުންތައް އޭނާ ކިޔައިދިނެވެ.

"މަސައްކަތަށް ވަރަށް ބައިވަރު ކުރިއެރުން، ޓެކްނޮލޮޖީ ވެސް އަތުވެއްޖެ. ހުރިހާ ޒާތެއްގެ ކަންކަން ބަދަލުވެއްޖެ. ކުރީގައި ހުރިހާ ކަމެއް ކުރީ މެނުއަލްކޮށް، މޭން ޕަވާ ވަރަށް ބޮޑަށް ބޭނުންކޮށްގެން. އެކަމަކު، މިހާރު ވަރަށް ބައިވަރު ސިސްޓަމްސް ވުޖޫދަށް އައީމާ، އެ ހުރިހާ އެއްޗެއް މިކޮޅުގައި ވެސް ބޭނުންކުރަނީ. ވަރަށް ބޮޑު، ގަބޫލުކުރަން ވެސް ދަތިވާވަރުގެ ޓެކްނޮލޮޖީ އަތުވެއްޖެ، މި މަސައްކަތަށް،" އޭނާ ބުންޏެވެ.

"ކުރީގައި އަޅުގަނޑުމެން ތިން ބޯޓު ޖައްސާއިރުގައި ވެސް ތިން ބޯޓަށް ވެސް އިކުއިޕްމަންޓްސް ހަމައެއް ނުވޭ. އެއް ބޯޓު އޮފް ލޯޑުކޮށް ނިމުނީމާ އެ ވެހިކަލެއް މި ގެންދަނީ އަނެއް ބޯޓަށް. އެކަމަކު މިހާރު 15 ވަރަކަށް ބޯޓު ގްރައުންޑުގައި އޮތަސް އެބަހުރި ބޭނުންވާ އިކުއިޕްމަންޓްސް، އަދި މިހާރު ބޭނުންކުރަނީ ވެސް އެންމެ ފަހުގެ އެއްޗެހި. އެހެންވެ، ވަރަށް ބޮޑު ބަދަލެއް މި ހުރީ އައިސްފައި."

އިސްމާއިލް ބުނިގޮތުގައި، ވަސީލަތުގެ ގޮތުން މިހާ ބޮޑު ކުރިއެރުމެއް އެއާޕޯޓަށް އައިއިރު، މުވައްޒަފުންގެ ކުރިއެރުން ވެސް އެއީ ވަރަށް މުހިންމު ކަމެކެވެ. އެހެންވެ، މުވައްޒަފުންގެ ކުރިއެރުމުގައި މެނޭޖުމަންޓުގެ ހިއްސާ ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.

"މިހާރު އަޅުގަނޑުމެން މި ތިބީ ކުންފުނިން، ސެޓިފައިޑް އިންސްޓްރަކްޓާސް އިންނަށް ހަދައިފައި. އަޔާޓާގެ ބައިވަރު ޓްރެއިނިންތައް ވެސް ހަދައިގެން. އެހެންވީމަ، ކުންފުނިން ބަލާ މީހުން ޑިވެލޮޕްކުރަން ވަރަށް ރަނގަޅަށް،" އިސްމާއިލް ކިޔައިދިނެވެ.

"މިހާރު ވެސް ރޭމްޕުގައި އެބަ ހިނގާ އޮޕަރޭޓަސް ޓްރެއިނިންއަށް ފޮނުވުމުގެ މަސައްކަތް. އެހެންވީމަ، އާ ޓާމިނަލާ އެކު އެއިރޯބްރިޖްސްއާ އެއްޗެހި އަންނައިރު، ޓްރެއިނިންސް ބޭނުންވާނެ. މިހާރު އެ މަސައްކަތް ވެސް ކުރިއަށް އެ ދަނީ."

ވެލާނާ އެއާޕޯޓަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްފައިވާ އިސްމާއިލް މަނިކު "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލާނާ އެއާޕޯޓަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްފައިވާ އިސްމާއިލް މަނިކު "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) ސެޓިފިކޭޝަނަކީ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި މީހެއްގެ ހުނަރާއި އިލްމު ކަށަވަރުކޮށްދޭ، ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ސަނަދެކެވެ. މިއީ ވާދަވެރި މި ދާއިރާގައި ވަޒީފާގެ ފުރުސަތުތަކާއި މުސްތަގުބަލުގެ ކުރިއެރުން އެތައް ގުނައަކަށް އިތުރުކޮށްދޭ ސަނަދެކެވެ. އެހެންވެ، ވީއައިއޭގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އައިއޭޓީއޭ ސެޓިފައިޑް މީހުންނަށް ހެދުމަށް އެ އެމްއޭސީއެލުން ހާއްސަ އިސްކަމެއްދެ އެވެ.

އިސްމާއިލް ބުނީ އެމްއޭސީއެލްގައި އޮތް އެންމެ ޔަގީން އެއް ކަމަކީ މުވައްޒަފަކަށް ލިބެންޖެހޭ އެއްވެސް އެއްޗެއް ނުދީ ނެތުން ކަމަށެވެ. އެ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށާއި ކުރިއެރުމެއް ހޯދަން އެންމެ ރަނގަޅު އެއް ކުންފުންޏަކީ ވެސް އެމްއޭސީއެލް ކަމަށް އޭނާ ބުންޏެވެ.

"ރޭމްޕުގައި މަސައްކަތް ކުރުމަކީ ވަރަށް ބުރަ ކަމެއް. ރޭމްޕަށް އަންނަ ކުއްޖެއްގެ ގައިގައި ހުންނަން ޖެހޭނެ ކެތްތެރިކަން. އެހެންވީމަ، ގައިގައި ހުންނަން ޖެހޭނެ ހިތްވަރު. މެންޓަލީ ފިޓުވާން ޖެހޭނެ. މި ދާއިރާގައި މަސައްކަތްކުރަން ފުރުސަތު މި އެއާޕޯޓުގައި އެބައޮތް، މި ތަނަށް ވަދެ ކުރިއެރުން ހޯދުމުގެ ފުރުސަތު ވެސް،" އޭނާ ބުންޏެވެ.

"އަޅުގަނޑު ވެސް ފެށީ ޑްރައިވަރަކަށް. އެކަމަކު މިހާރު، 2009 ވަނަ އަހަރުން ފެށިގެން ޓްރެއިނިން ދިނުމުގެ މަސައްކަތް ކުރަނީ. މިހާރު ހުރިހާ އިކުއިޕްމަންޓްސްގެ ސީނިއާ ޓްރެއިނަރެއް އަޅުގަނޑަކީ. އެހެންވެ، މި ބުނަނީ ކޮންމެ މީހަކަށް ވެސް މި ހިސާބަށް އައުމުގެ ފުރުސަތު މިތަނުގައި އެބައޮތޭ."

ރޭމްޕުގެ ފުރަތަމަ އަންހެން ބަސް ޑްރައިވަރު

ސިއްދީގާ އިބްރާހިމް އެއާޕޯޓުގައި މަސައްކަތްކުރަން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭނާއަކީ އެއާޕޯޓުގެ ރޭމްޕުގައި ފަސިންޖަރުން އުފުލާ ބަސް ދުއްވާ ޑްރައިވަރެކެވެ. އެމްއޭސީއެލްގައި އެ ވަޒީފާ އަށް ނުކުތް ފުރަތަމަ އަންހެން މުވައްޒަފެވެ.

ވެލާނާ އެއާޕޯޓުގެ ރޭމްޕުގެ ފުރަތަމަ އަންހެން ބަސް ޑްރައިވަރު ސިއްދީގާ އިބްރާހިމް.-- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓުގެ ރޭމްޕުގެ ފުރަތަމަ އަންހެން ބަސް ޑްރައިވަރު ސިއްދީގާ އިބްރާހިމް.-- ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓަށް ވަޒީފާ އަށް ވަނުމުގެ ކުރިން ސިއްދީގާ އަށް މި ބާވަތުގެ ވެހިކަލް ދުއްވަން ނުވެސް އެނގެ އެވެ. މި ވަޒީފާ އޭނާ އަަށް ހަމަޖެހުނީ އެމްއޭސީއެލުން ބޭއްވި އިންޓާންޝިޕް ޕްރޮގްރާމެއްގައި ބައިވެރިވެ ލިބުނު ފުރުސަތަކުންނެވެ.

"މިކޮޅުން ހުޅުވާލި ހަ މަސްދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމެއްގައި ބައިވެރިވެގެން މި ވަޒީފާ ލިބުނީ. އަލަށް ޑްރައިވިން ލައިސަންސް ނަގައިގެން އައިސް މިކޮޅަށް ޖޮއިން ކުރީ ވެސް،" އޭނާ ބުންޏެވެ.

"ވަކި ހަމަ ތަފާތެއް ނެތް އަންހެނަކަށް ވީމައެއް، އެއްވެސް އުނދަގުލެއް ނެތް. ދެން ތިބޭ އެންމެންގެ ސަޕޯޓް ވެސް ވަރަށް ބޮޑަށް ލިބޭ."

ކޮންމެ ދުވަހަކު 8 ގަޑިއިރު މި ވަޒީފާގައި ސިއްދީގާ ހޭދަކުރާއިރު، މި ވެސް ވަރަށް ބުރަކޮށް އުޅެން ޖެހޭ ވަޒީފާއެކެވެ. ބުރަ ދުވަސްތަކުގައި ބަހުގައި ކޮންމެ ދުވަހަކު ވިއްސަކަށް ދަތުރުކުރަން ޖެހެ އެވެ.

ވެލާނާ އެއާޕޯޓުގެ ރޭމްޕުގެ ފުރަތަމަ އަންހެން ބަސް ޑްރައިވަރު ސިއްދީގާ އިބްރާހިމް "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލާނާ އެއާޕޯޓުގެ ރޭމްޕުގެ ފުރަތަމަ އަންހެން ބަސް ޑްރައިވަރު ސިއްދީގާ އިބްރާހިމް "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަންހެނެކޭ ކިޔާފައި ނުކުރެވޭނެ ކަމެއް ނޫން މިއީ. ވަރަށް ރިސްކީ ކަމެއް މި ކަމަކީ، ބޯޓަކަށް މީހުން ގޮވައިގެން ދާތީ. އެކަމަކު ވެސް އެ އުނދަގޫ މާ ބޮޑަށް އިހުސާސް ނުވަނީ އެކުގައި މަސައްކަތްކުރާ ކުދިންނާއި މެނޭޖުމަންޓު ލިބޭ ސަޕޯޓުގެ ބޮޑުކަމުން،" އޭނާ ބުންޏެވެ.

ގްރައުންޑުގެ ޒިންމާދާރު އޮފިސަރު

އެއާކްރާފްޓް ޓާން އެރައުންޑް އޮފިސަރެއްގެ ވަޒީފާއަށް ހަސަން އަލީ ވަނީ އޭވިއޭޝަންގެ ދާއިރާއަށް އޭނާގެ އޮތް ޝައުގުވެރިކަން ބޮޑުވުމުންނެވެ. މި ދާއިރާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން އެއާޕޯޓުން ވަޒީފާއެއް ހޯދުމަށް އޭނާ ވަރަށް މަސައްކަތްކުރި އެވެ. އެއާކްރާފްޓް ޓާން އެރައުންޑް، އެސިސްޓެންޓް އޮފިސަރެއްގެ ވަޒީފާ 2018 ވަނަ އަހަރު އޭނާއަށް ލިބުނީ ތިންވަނަ ފަހަރަށް އެ ވަޒީފާއަށް ކުރިމަތިލައިގެންނެވެ.

ވެލާނާ އެއާޕޯޓުގެ އެއާކްރާފްޓް ޓާން އެރައުންޑް، ސީނިއާ އޮފިސަރު ހަސަން އަލީ.-- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓުގެ އެއާކްރާފްޓް ޓާން އެރައުންޑް، ސީނިއާ އޮފިސަރު ހަސަން އަލީ.-- ފޮޓޯ: އެމްއޭސީއެލް

މިހާރު އޭނާއަކީ އެއާކްރާފްޓް ޓާން އެރައުންޑް، ސީނިއާ އޮފިސަރެއް ނުވަތަ ލޯޑިން ސުޕަވައިޒަކެވެ. އޭނާގެ ޒިންމާއަކީ އެއާކްރާފްޓެއް އެއާޕޯޓަށް ޖައްސާ ހިސާބުން ފެށިގެން އަލުން ފުރަންދެން ގްރައުންޑުގައި ހިނގާ އެ ބޯޓަކާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމެވެ.

"މި ވަޒީފާއަށް ވަތް ފަހުން ވަރަށް ބައިވަރު ޓްރެއިންތަކާ އެއްޗެހި ލިބިފައި މި ހުރީ. މިހާރު މި އަދާކުރަނީ ޓީސީއޯއެއްގެ ރޯލު. އަދާކުރަމުން، ހަމަ އަޔާޓާގެ ސެޓިފައިޑް ޓާންއެރައުންޑް ކޯޑިނޭޓަރެއް މިހާރު އަޅުގަނޑަކީ،" އޭނާ ބުންޏެވެ.

"މިހާރު އަޅުގަނޑަކީ އެމްއޭސީއެލްގައި ތިބި ވާޖިން އެޓްލާންޓިކް އެއާލައިނެއްގެ ސެޓިފައިޑް ތިން ޓީސީއޯގެ ތެރެއިން އެކަކު. އެގޮތަށް ވަރަށް ބައިވަރު އެ ކަހަލަ ފުރުސަތުތައް އެބަހުރި ލިބިފައި."

ހަސަން ބުނީ މިއީ އޭވިއޭޝަންގެ ދާއިރާއަށް ޝަގުވެރިކަން ހުރި މީހަކަށް ކުރިއަށް ދާން ވަރަށް ރަނގަޅު ވަޒީފާއެއް ކަމަށެވެ.

ވެލާނާ އެއާޕޯޓުގެ އެއާކްރާފްޓް ޓާން އެރައުންޑް، ސީނިއާ އޮފިސަރު ހަސަން އަލީ "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ

ވެލާނާ އެއާޕޯޓުގެ އެއާކްރާފްޓް ޓާން އެރައުންޑް، ސީނިއާ އޮފިސަރު ހަސަން އަލީ "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ

ބޯޓުތަކުގެ ހިދުމަތްތެރިޔާ

ރޭމްޕް ސާވިސް ސުޕަވައިޒަރު، އަބްދުﷲ ޒިއާމްއަކީ ވެލާނާ އެއާޕޯޓަށް ޖައްސާ ބޯޓުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ މުވައްޒަފުންގެ ތެރެއިން އެކަކެވެ.

"ބޯޓަށް ކައިރި ކުރާ ސިޑި އާއި ހައިލޯޑަރާއި ބެލްޓާއި، ބެގޭޖާ އެއްޗެހި ޑެލިވަރީކޮށްދިނުން އެއީ ކުރާ މަސައްކަތަކީ،" އޭނާ ބުންޏެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެން މަސައްކަތްކުރީ ވަރަށް ކުޑަކުޑަ ތަންކޮޅެއްގައި. އެކަމަކު މިހާރު ވަރަށް ބޮޑު މާހައުލެއްގައި، ވަރަށް ބައިވަރު މުވައްޒަފުންނާއި ބައިވަރު އިކުއިޕްމަންޓާ އެކު މި މަސައްކަތްކުރަނީ. ކުރީގައި އޭޕްރަންއާ އެއްޗެހި ވަރަށް ކުޑަވާނެ، ކުޑަ ރަންވޭއެއްގައި. ފަހުން އައިސް ބޮޑު ރަންވޭއެއް ލިބި، ބޮޑު އޭޕްރަންއަކާ އެއްކޮށް މަސައްކަތްކުރަން ލިބުނީމަ މަސައްކަތަށް ކުރިއެރުން ލިބިއްޖެ."

ވެލާނާ އެއާޕޯޓުގެ ރޭމްޕް ސާވިސް ސުޕަވައިޒަރު، އަބްދުﷲ ޒިއާމް.-- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓުގެ ރޭމްޕް ސާވިސް ސުޕަވައިޒަރު، އަބްދުﷲ ޒިއާމް.-- ފޮޓޯ: އެމްއޭސީއެލް

ޒިއާމް ބުނީ ބުރަކޮށް މަސައްކަތްކުރަން ޖެހުނަސް މިއީ ކުރިއަށް ދިއުމަށް ފަހި ފުރުސަތުތަކެއް އޮތް ދާއިރާއެއް ކަމަށެވެ.

"މިތަނުގައި މި އޮންނަ ގޮތަކީ ވިއްސާރަ ވިޔަސް، ހޫނު ގަދަ ވިޔަސް، މަސައްކަތް ހަމަ ކުރިއަށް ދާނެ. އެކަމަކު، ވަރަށް ރަނގަޅު ދާއިރާއެއް މިއީ ކުރިއަށް ދާން،" އޭނާ ބުންޏެވެ.

ޒިއާމް އެއާޕޯޓަށް ވަނީ އިކުއިޕްމަންޓް އޮޕަރޭޓަރަކަށް ކަމަށް ވިޔަސް މިހާރު އޭނާއަކީ އެ މަސައްކަތުގައި އެންމެ ސީނިއާ އެކަކެވެ. އެހާ ހިސާބަށް އާދެވުނީ އެމްއޭސީއެލުން އޭނާގެ ކުރިއެރުމަށް ފަހިކޮށްދިން ފުރުސަތުތަކުގެ ސަބަބުން ކަމަށް ބުންޏެވެ.

ވެލާނާ އެއާޕޯޓުގެ ރޭމްޕް ސާވިސް ސުޕަވައިޒަރު، އަބްދުﷲ ޒިއާމް "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލާނާ އެއާޕޯޓުގެ ރޭމްޕް ސާވިސް ސުޕަވައިޒަރު، އަބްދުﷲ ޒިއާމް "މިހާރު"އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެލާނާ އެއާޕޯޓުގެ ވައިގެދަތުރުފަތުރު އޮމާންކޮށް ހިންގުމުގައި، އެ އެއާޕޯޓުގެ ގްރައުންޑުގައި މަސައްކަތްކުރާ މި ހީވާގި މުވައްޒަފުންގެ ދައުރު ވަރަށް ބޮޑެވެ. ބެގޭޖު އުފުލުމާއި ޗެކިން ކުރުމާއި ފަސިންޖަރުންގެ ރައްކާތެރިކަމާއި ފަސޭހަކަން ކަށަވަރު ކުރުމާ ހަމައަށް މި މުވައްޒަފުންގެ ޒިންމާތައް ވެސް ވަރަށް ބޮޑެވެ. ގިނަ ވަގުތާއި ބުރަ މާހައުލެއްގައި މަސައްކަތް ކުރަން ޖެހުނަސް ވަރަށް ހިތްވަރާ އެކު، މަސައްކަތްކުރާ ބައެކެވެ. ފްލައިޓްތައް ގަޑިއަށް ފުރައި، ފަސިންޖަރުންނަށް ބޭނުންވާ ރައްކާތެރިކަން ވެސް ކަށަވަރު ވަނީ މި މުވައްޒަފުންގެ ކެތްތެރިކަމުންނެވެ.