Roadha Mihaaru

ވެލާނާ އެއާޕޯޓަށް 74 ސެކިއުރިޓީ އޮފިސަރުން ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާނެ 74 ސެކިއުރިޓީ އޮފިސަރުން ހޯދަން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އިއުލާނުކޮށްފި އެވެ.

ވެލާނާ އެއާޕޯޓަށް 74 ސެކިއުރިޓީ އޮފިސަރުން ހޯދަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 މެއި 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާނެ 74 ސެކިއުރިޓީ އޮފިސަރުން ހޯދަން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އިއުލާނުކޮށްފި އެވެ.

އޭވިއޭޝަން ކޮމާންޑުން ބުނީ މަހަކު މުސާރައިގެ ގޮތުގައި 5،920ރ. އާއި ސާވިސް އެލަވަންސްގެ ގޮތުގައި 1500ރ. ލިބޭ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 2:00 އަށް އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެ ގޮތުގައި 60ރ. އާއި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓާއި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެ އެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް career@avsecom.gov.mv މެދުވެރިކޮށް ލިބޭނެ އެވެ. އެ ތަކެތި ހުށަހަޅަން ޖެހެނީ ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާޓާސް އަށެވެ.

އެ މީހުންނަށް މާކްސް ދިނުމުގައި އަސާސީ ޝަރުތުތަކަށް 30 ޕަސެންޓާއި އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތައުލީމަށް ފަސް ޕަސެންޓް އަދި އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ އަށް ފަސް ޕަސެންޓާއި އެސެސްމަންޓަށް 25 ޕަސެންޓާއި އިންޓަވިއު އަށް 35 ޕަސެންޓް މާކްސް ދޭނެ އެވެ.

މަގާމުގެ ތަޖުރިބާގެ ގޮތުގައި ނޭޝަނަލް ސެކިއުރިޓީ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ސިއްހަތު ރަނގަޅު މީހަކަށް ވުމާ އެކު ޔުނިފޯމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތް ކުރެވޭނެ މީހަކަށް ވާންޖެހެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އަދި އިސްކޮޅުގައި ފަސް ފޫޓު ހުންނަ މީހުންނަށެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއަށް ހޮވޭ މީހުންނަށް ވަޒީފާ ހަމަޖައްސައި ދޭނީ އޭވިއޭޝަން (ކްލާސް 3) ގެ މެޑިކަލް ހެދުމަށް ފަހު އެ މެޑިކަލް އިން ފާސްވުމުން ކަމަށް އިއުލާނުގައިވެ އެވެ.

އޭވިއޭޝަން ކޮމާންޑުން ބުނީ، ތައުލީމީ ފެންވަރާއި ތަޖުތިބާއަށް ބަަަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ މީހުން ޝޯޓްލިސްޓް ކުރާނެ ކަމަށެވެ.

އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ މި މަހުގެ 25 އިން ޖޫން 19 އާ ދެމެދުގަ އެވެ. އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެ މީހުންނަށް ޕޮއިންޓު ލިބުނު ގޮތުގެ ލިސްޓު އާންމުކުރާނެ އެވެ.