އެލްޗޭ (އޮކްޓޫބަރު 20) - މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ކާމިޔާބު ކުރުމަށް ފަހު ކަރީމް ބެންޒެމާ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑާ އެކު ރެއާލް މެޑްރިޑުން 3-0 އިން އެލްޗޭ ބަލިކޮށް، ލަ ލީގާގެ އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.
20 އޮކްޓޯބަރ 2022
އެލްޗޭ (އޮކްޓޫބަރު 20) - މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ކާމިޔާބު ކުރުމަށް ފަހު ކަރީމް ބެންޒެމާ ކުޅުނު ފުރަތަމަ މެޗުގައި ޖެހި ލަނޑާ އެކު ރެއާލް މެޑްރިޑުން 3-0 އިން އެލްޗޭ ބަލިކޮށް، ލަ ލީގާގެ އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.
ރެއާލަށް މެޗުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ފެޑެރީކޯ ވެލްވާޑޭ އެވެ. އަދި އެ ޓީމުން ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކުރީ މެޗުގެ 75 ވަނަ މިނިޓުގަ އެވެ. ކެޕްޓަން ބެންޒެމާ މި ލަނޑު ޖަހައިދިނީ ރޮޑްރީގޯ ދިން ޕާހަކުންނެވެ.
ބެންޒެމާ އާއި ވެލްވާޑޭ ވެސް ވަނީ ލީގުގައި މިހާތަނަށް ފަސް ގޯލު ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް، ރޮޑްރީގޯގެ އެހީތެރިކަމާ އެކު ރެއާލްގެ ތިން ވަނަ ލަނޑު ޖަހައިދިނީ މާކޯ އަސެންސިއޯ އެވެ.
ރެއާލުން ވަނީ އެންމެ ފަހުން ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ މެޗު ކާމިޔާބުކޮށް، އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ހޯދައިފަ އެވެ. ރޭގެ މޮޅާ އެކު ރެއާލަށް ވަނީ 10 މެޗުން 28 ޕޮއިންޓް ހަމަ ކުރެވިފަ އެވެ.
ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ނުވަ މެޗުން ލިބިފައި ވަނީ 22 ޕޮއިންޓެވެ. ލީގުގައި ބާސާ އަމިއްލަ ދަނޑުގައި މިރޭ ނުކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ.
ބާސެލޯނާގެ ފަހަތުން، ލީގުގެ ތިންވަނައިގައި އޮތީ 10 މެޗުން 22 ޕޮއިންޓް ހަމަކުރި ރެއާލް ސޮސިއެޑާޑެވެ.
ސޮސިއެޑާޑުން ވަނީ އަމިއްލަ ދަނޑުގައި ރޭ 1-0 އިން މަޔޯކާ ބަލި ކޮށްފަ އެވެ. މިއާ އެކު 20 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑް ވަނީ ހަތަރު ވަނައަށް ވެއްޓިފަ އެވެ.
ލީގުގެ ފަސް ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑާ އެއްވަރަށް 20 ޕޮއިންޓް ހޯދާފައި އޮތް ރެއާލް ބެޓިސް އެވެ. ބެޓިސް އިން ރަށުން ބޭރުގައި ރޭ ކާޑީޒް އާ ދެކޮޅަށް ކުޅުނު މެޗު ނުމުނީ 0-0 އިން އެއްވަރު ވެގެންނެވެ.
ލަ ލީގާ ގައި ރޭ ރެއާލް ވަލަޑޮލިޑުން ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ސެލްޓަ ވީގޯ ބަލިކޮށްފަ އެވެ.
15 އަހަރުގެ ޔަމާލްއާ މެސީއާ ޒަވީ އަޅާކިޔައިފި
ވޯލްޑް ކަޕްގެ ހިތްދަތިކަމުން އަރައި ބެންޒެމާ ކުރިއަށް
ޕެނަލްޓީގެ އެހީގައި ރެއާލް ކުރިއަށް
ބެންޒެމާ އެނބުރި އައި މެޗުން ރެއާލަށް މޮޅެއް ނުވެވުނު
ފަހުވަގުތު ބެންޒެމާ ޖެހި ލަނޑުތަކުން ރެއާލް މޮޅުވެއްޖެ
ލަނޑު ލިސްޓްގައި ރައުލްގެ އަދަދާ ބެންޒެމާ އެއްވަރު
ބެންޒެމާގެ ޕެނަލްޓީ ނާކާމިޔާބުވިޔަސް ރެއާލް ތައްޓާގާތަށް
ރެއާލް މެޑްރިޑުން ޕެނަލްޓީގެ އެހީގައި ސެލްޓާ ބަލިކޮށްފި
ބެންޒެމާ އަށް އެލް ކްލެސިކޯ މެޗު ގެއްލޭނެ
ވަޔެކާނޯ އަތުން ފަހުވަގުތު ރެއާލް މޮޅުކޮށްދިނީ ބެންޒެމާ