Roadha Mihaaru
ބެންޒެމާ އަށް އެލް ކްލެސިކޯ މެޗު ގެއްލޭނެ

ބެންޒެމާ އަށް އެލް ކްލެސިކޯ މެޗު ގެއްލޭނެ

19 މާޗް 2022

މެޑްރިޑް (މާޗް 19) - ސްޕެނިޝް ލަ ލީގާގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ތިންވަނައިގައި އޮތް ބާސެލޯނާ މާދަމާ ރޭ ކުޅޭ އެލް ކްލެސިކޯ މެޗުގައި، ރެއާލްގެ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އަށް ނުކުޅެވޭނެކަން ކަށަވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (މާޗް 19) - ސްޕެނިޝް ލަ ލީގާގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ތިންވަނައިގައި އޮތް ބާސެލޯނާ މާދަމާ ރޭ ކުޅޭ އެލް ކްލެސިކޯ މެޗުގައި، ރެއާލްގެ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އަށް ނުކުޅެވޭނެކަން ކަށަވަރު ވެއްޖެ އެވެ.

ބެންޒެމާ އަށް އަނިޔާވީ އެންމެ ފަހުން ލީގުގައި ރެއާލް މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުކޮޅު އެވެ. ބެންޒެމާގެ ކުޑަކަޅުވާ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު، އޭނާ ވަނީ އެ މެޗުގައި ޖެހި ދެ ލަނޑާ އެކު އޭނާ ވަނީ ކެރިއަރުގައި ކުލަބާއި ގައުމީ ޓީމަށް 413 ލަނޑު ޖަހައި، ފްރާންސްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

މާދަމާ ރޭގެ މެޗަށް ރެއާލްގެ ފަރިތަކުރުންތަކުގައި ބެންޒެމާ ބައިވެރިވެފައި ނުވާއިރު، އެލް ކްލެސިކޯ އަށް ފަހު އޮންނާނީ އިންޓަނޭޝަނަލް ބްރޭކެވެ. ފްރާންސް އިން ބްރޭކުގައި ކުޅެން އޮތް ރަހުމަތްތެރިކަމުގެ ދެ މެޗަށް ބެންޒެމާ ނެގި ނަމަވެސް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބޭނުންވަނީ ބެންޒެމާއަށް ލިބިފައިވާ އަނިޔާގައި ރިސްކެއް ނުނަގައި، އިންޓަނޭޝަނަލް ބްރޭކަށް ފަހު ކުލަބް ފުޓުބޯޅަ ފަށާއިރު ބެންޒެމާ ރިކަވާ ވެގެން އެނބުރި އަންނާށެވެ.

ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 10 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މިހާތަނަށް ލަ ލީގާގައި 22 ގޯލު ޖަހައި 11 ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްގެން ބެންޒެމާ ވަނީ ލީގުގެ ލަނޑު ލިސްޓާއި އެސިސްޓް ލިސްޓުގެ ވެސް އެންމެ ކުރީގަ އެވެ. އަދި މި ސީޒަނުގައި އޭނާ ރެއާލް އަށް ކުޅެދިން 34 މެޗުން ވަނީ 32 ލަނޑު ޖަހައިދީފަ އެވެ.

ބެންޒެމާގެ އިތުރުން ފުލްބެކް ފާލަންޑް މެންޑީ ވެސް އަނިޔާގެ ސަބަބުން މާދަމާ ރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅޭނެ އެވެ.

ލީގުގައި އެންމެ ފުރަތަމަ މި ސީޒަނުގައި ކުޅުނު އެލް ކްލެސިކޯ މެޗް 2-1 އިން ކާމިޔާބުކުރީ ރެއާލް މެޑްރިޑެވެ. އަދި ޖެނުއަރީ މަހު ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި ވެސް ބާސެލޯނާ ވަނީ 3-2 އިންރެއާލް މެޑްރިޑް އަތުން ބަލިވެފަ އެވެ.