03 އޮކްޓޯބަރ 2022
މެޑްރިޑް (އޮކްޓޫބަރު 3) - ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ އަނިޔާގެ ސަބަބުން ތިން ހަފްތާއަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައި މެޗުގައި ލިބުނު ޕެނަލްޓީ ނާކާމިޔާބުވެ، އޮސަސޫނާއާ 1-1 އިން އެއްވަރު ވެގެން، އެ ޓީމުން ސީޒަނުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ނިމިއްޖެ އެވެ.
މެޑްރިޑް (އޮކްޓޫބަރު 3) - ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ އަނިޔާގެ ސަބަބުން ތިން ހަފްތާއަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައި މެޗުގައި ލިބުނު ޕެނަލްޓީ ނާކާމިޔާބުވެ، އޮސަސޫނާއާ 1-1 އިން އެއްވަރު ވެގެން، އެ ޓީމުން ސީޒަނުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ނިމިއްޖެ އެވެ.
ރެއާލް ވަނީ އިންޓަނޭޝަނަލް ބްރޭކުގެ ކުރިން މި ސީޒަނުގައި ކުޅުނު ނުވަ މެޗުން ވެސް މޮޅު ވެފަ އެވެ. ލީގުގައި ވެސް ފުރިހަމަ ރެކޯޑަކާ އެކު އޮތް ނަމަވެސް، މި މެޗުން އެއްވަރު ވުމުން ރެއާލް ވަނީ ދެ ވަނައަށް ވެއްޓިފަ އެވެ.
އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވެސް ރެއާލް އާ އެއްވަރަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައި ވާއިރު، ބާސެލޯނާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ބާސެލޯނާ އިން 19 ލަނޑު ޖަހައިފައި ވާއިރު ބައިކޮޅަށް ވަދެފައި ވަނީ އެންމެ ލަނޑެކެވެ. ރެއާލް ކޮޅަށް މިހާތަނަށް ހަތް ގޯލު ވަދެފައި ވާއިރު، 18 ގޯލު ވަނީ ކާމިޔާބު ކޮށްފަ އެވެ.
ރެއާލްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗާއި ގޯލްކީޕަރު ތިބައޫ ކޯޓުއާ، އަނިޔާގެ ސަބަބުން މެޗަށް ނެގި ސްކޮޑުގައި ނުހިމެނޭ އިރު، ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު، ޔޫކްރޭނުގެ އަންޑްރީ ލުނީން އެވެ.
ވިނީޝަސް އަތުން ބޯޅަ ހޯދަން އޮސަސޫނާ ކުޅުންތެރިއެއް ޓެކްލަ ކުރަނީ. -- ފޮޓޯ: އޭއެފްޕީ
ފުރަތަމަ 11 ގައި ހިމެނިގެން ކުޅެ، ބެންޒެމާ މެޗުގެ 37 ވަނަ މިނިޓުގައި ލީޑު ނަގަން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ކަނާ ދިމާލުން ބޭރަށެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ވިނީޝަސް ޖޫނިއާ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެން ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލަށް ލީޑު ނަގައިދިނެވެ. މިއީ ވިނީޝަސް ލީގުގައި މިހާތަނަށް ޖެހި ފަސް ވަނަ ލަނޑެވެ.
ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނިޓުގައި އޮސަސޫނާ އިން އެއްވަރުކުރީ އުނެއި ގާސިއާ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް، ކިކޭ ގާސިއާ ބޮލުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.
ބެންޒެމާ އަށް އޭރިއާ ތެރެއިން ފައުލް ކޮށްގެން ރެއާލަށް އަލުން ލީޑު ނަގަން ފުރުސަތު ލިބުނު ނަމަވެސް، 79 ވަނަ މިނިޓުގައި އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ރެފްރީ ފުރަތަމަ ޕެނަލްޓީ ނުދޭން ނިންމި ނަމަވެސް ނިންމުން ބަދަލުކުރީ ވީއޭއާރު ބެލުމަށް ފަހު އެވެ. ވީއޭއާރު ބެލުމަށް ފަހު ބެންޒެމާ އަށް ފައުލް ކުރި ޑޭވިޑް ގާސިއާ އަށް ވަނީ ސީދާ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
ޕެނަލްޓީ ނާކާމިޔާބުވިތާ ދެ މިނިޓު ތެރޭ ބެންޒެމާ ލަނޑެއް ޖެހި ނަމަވެސް ލައިންސްމަން ވަނީ އޭނާ އޮފްސައިޑު ކަމަށް ދިދަ ނަގައިފަ އެވެ. މެޗު ނިމުމުގެ ކުރިން ވިނީޝަސް ފޮނުވާލި ހަމަލާއެއް އޮސަސޫނާގެ ކީޕަރު ދިފާއު ކުރި އިރު، ރޮޑްރިގޯ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކަނާ ދިމާލުން ބޭރަށެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މޮޅު ވުމުގެ ޒިންމާ ވަކި ކުޅުންތެރިއަކު ނަގަން ނުޖެހޭނެ ކަމަށާއި، މޮޅު ނުވެވުނަސް ރެއާލުގެ ކުޅުން ގޯސް ނޫން ކަމަށެވެ.
"ކަރީމް (ބެންޒެމާ) އާއްމުކޮށް ގޯލު ޖަހާނެ. މި މެޗު އެންމެ ރަނގަޅަކަށް ނޫން ފެށީ އެކަމަކު އަހަރެމެން ކޮޅަށް ވަން ގޯލަށް ފަހު ކުޅެން ފެށީ އަސްލު ކުޅެން ވާ ގޮތަށް. ކަރީމް 90 މިނިޓު ކުޅެން ފެށުމަކީ އޭނާއަށް އެއްވެސް މައްސަލައެއް ނޫން، އޭނާ އެންމެ ރަނގަޅު ހާލަތަށް އާދެވޭނީ ކުޅެގެން،" އަންޗެލޮޓީ ބުންޏެވެ.
"ފުޓްބޯޅައިގައި މިކަހަލަ ކަމެއް ދިމާވެދާނެ. އަހަރެމެންގެ ފަހަތް ފުދޭވަރަކަށް ވަރުގަދަ ވާނެ، ރަނގަޅު ބެލެންސެއް އެބަ އޮތް ޓީމުގައި. ކައުންޓާ އެޓޭކެއްގައި ހާލަކުން ފަހަރަކު ގޯލެއް ވަންނާނީ."
15 އަހަރުގެ ޔަމާލްއާ މެސީއާ ޒަވީ އަޅާކިޔައިފި
ވޯލްޑް ކަޕްގެ ހިތްދަތިކަމުން އަރައި ބެންޒެމާ ކުރިއަށް
ބެންޒެމާ އަށް އެލް ކްލެސިކޯ މެޗު ގެއްލޭނެ
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ
ފަހަތުން އަރައި މޮޅުވެ ރެއާލަށް މުހިއްމު ތިން ޕޮއިންޓް
އެލް ކްލެސިކޯ ރެއާލް އަށް، ނުފޫޒުގަދައީ ބެލިންހަމް
ބާސެލޯނާ ތައްޓާ ގާތަށް، ރެއާލް ބަލިވެ ނާއުންމީދުގައި
ބާސާ ބަލިވެއްޖެ، އެތުލެޓިކޯ އިން ރެއާލްއާ ގާތަށް