Roadha Mihaaru
ބެންޒެމާގެ ޕެނަލްޓީ ނާކާމިޔާބުވިޔަސް ރެއާލް ތައްޓާގާތަށް

ބެންޒެމާ އަށް ޕެނަލްޓީ ނާކާމިޔާބު ވިޔަސް ރެއާލް ލީގު ހޯދުމާ ގާތަށް

21 އެޕްރީލް 2022

ޕަމްޕްލޯނާ، ސްޕެއިން (އޭޕްރީލް 21) - ސްޕެނިޝް ލަ ލީގާ ގައި ރެއާލް މެޑްރިޑުން ރޭ އޮސަސޫނާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕަމްޕްލޯނާ، ސްޕެއިން (އޭޕްރީލް 21) - ސްޕެނިޝް ލަ ލީގާ ގައި ރެއާލް މެޑްރިޑުން ރޭ އޮސަސޫނާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ދެވަނަ ހާފުގައި ރެއާލް އަށް ލިބުނު ދެ ޕެނަލްޓީ ކަރީމް ބެންޒެމާ ފޮނުވާލުމުން ނާކާމިޔާބު ވިޔަސް، މެޗުން ހޯދި ތިން ޕޮއިންޓާ އެކު ރެއާލް ވަނީ ކުޅުނު 33 މެޗުން 78 ޕޮއިންޓް ނަގައިފަ އެވެ. މިއާ އެކު ރެއާލް މެޑްރިޑް ލީގު ކާމިޔާބު ކުރަން މިހާރު ބޭނުންވަނީ އެންމެ ހަތަރު ޕޮއިންޓެވެ. އަދި ރެއާލް އަށް ލީގުގައި ބާކީ އޮތީ ފަސް މެޗެވެ.

ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށް ލިބިފައި ވަނީ 61 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބާސެލޯނާ އާއި ހަތަރު ވަނައިގައި އޮތް ސެވިއްޔާ އަށް ވެސް ވަނީ 60 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ 31 މެޗު ކުޅެފައި ވާއިރު ސެވިއްޔާ ވަނީ 32 މެޗު ކުޅެފަ އެވެ.

ރެއާލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ: އެޓީމު ވަނީ ލީގު ހޯދުމާ ކައިރި އަށް ޖެހިލާފަ --- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ: އެޓީމު ވަނީ ލީގު ހޯދުމާ ކައިރި އަށް ޖެހިލާފަ --- ފޮޓޯ: އޭއެފްޕީ

މެޗުގެ 12 ވަނަ މިނިޓުގައި ޑޭވިޑް އަލަބާ ރެއާލް އަށް ލީޑު ނަގައިދިންތާ މިނިޓެއް ފަހުން އޮސަސޫނާއަށް އެއްވަރު ކޮށްދިނީ އަންޓޭ ބުޑިމިއޭ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހު މިނިޓުގައި މާކޯ އަސެންސިއޯ ވަނީ ރެއާލް އަށް ލީޑު ނަގައިދީފަ އެވެ.

ދެވަނަ ހާފުގެ ފުރަތަމަ 15 މިނިޓު ތެރޭ ރެއާލް އަށް ލީޑު ފުޅާ ކުރަން ލިބުނެ ދެ ޕެނަލްޓީ ބެންޒެމާ ފޮނުވާލުމުން ވެސް އޮސަސޫނާގެ ގޯލްކީޕަރު ސާޖިއޯ ހެރޭރާ ދިފާއު ކުރި އެވެ. ދެ ޕެނަލްޓީ ވެސް މަތަކުރީ ކަނާތްފަރާތު ތިރީ ކަނަށް އަމާޒުކޮށް ފޮނުވައިލުމުންނެވެ. ފުރަތަމަ ޕެނަލްޓީ ލިބުނީ އަސެންސިއޯ އަތުން ބޯޅަ ހޯދަންވެގެން ޓެކްލް ކުރި ވަގުތު އޮސަސޫނާ ކުޅުންތެރިޔާ ބޯޅައިގައި އަތްލުމުންނެވެ. އަދި ދެވަނަ ޕެނަލްޓީ ދިނީ އޭރިއާ ތެރެއިން ރޮޑްރިގޯ އަށް ފައުލް ކޮށްގެންނެވެ.

މެޗުގެ އިތުރު ވަގުތުގައި ވިނީޝިއުސް ޖޫނިއާ ކުޅުންތެރިއެއް ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދު ހޯދި ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލު ދަނޑި ކައިރިން ބޭރަށް ދިޔަ ނަމަވެސް، އޭނާ ވަނީ މިނިޓެއް ފަހުން އެޓީމުގެ ތިންވަނަ ލަނޑު ޖަހަން އެހީވެފަ އެވެ. ރެއާލްގެ ތިންވަނަ ލަނޑު ޖެހީ ލޫކަސް ލޫކަސް ވަޒްކޭޒް އެވެ.