13 މެއި 2022
މެޑްރިޑް (މެއި 13) - ލެވަންޓޭ ކޮޅަށް ކަރީމް ބެންޒެމާ ޖެހި ލަނޑާއެކު، ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް ޖެހި ލަނޑުގެ އަދަދާ ބެންޒެމާ އެއްވަރުކޮށްފި އެވެ.
މެޑްރިޑް (މެއި 13) - ލެވަންޓޭ ކޮޅަށް ކަރީމް ބެންޒެމާ ޖެހި ލަނޑާއެކު، ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް ޖެހި ލަނޑުގެ އަދަދާ ބެންޒެމާ އެއްވަރުކޮށްފި އެވެ.
ރޭ ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗު ރެއާލް ކާމިޔާބު ކުރީ 6-0 ންނެވެ. ރެއާލްގެ ދެވަނަ ލަނޑު ބެންޒެމާ ޖަހައި އޭނާ ވަނީ ރެއާލް ޖަހައިފައިވާ 323 ގޯލްގެ އަދާދާ އެއްވަރުކޮށްފަ އެވެ. ރެއާލްގެ ކުރީގެ ކެޕްޓަނާއި ބެންޒެމާއަކީ މިހާރު އެކްލަބްގައި ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނެވެ. ރެއާލްގެ ތާރީހްގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައި ވަނީ 450 ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ރޭގެ މެޗުގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ ވަނީ ތިން ލަނޑު ޖަހައި ރެއާލްގެ ޖޯޒީގައި އޭނާ ފުރަތަމަ ފަހަރަށް ހެޓްރިކު ހަދައިފަ އެވެ. މެޗުގައި ރެއާލް ފުރަތަމަ ލަނޑު ޖެހީ ފާލެންޑް މެންޑީ އެވެ. ތިން ވަނަ ލަނޑު ޖެހީ ރޮޑްރިގޯ އެވެ.
ބެންޒެމާ ބޮލުން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލަނީ: އޭނާ ލަނޑު ޖެހީ ވިނީޝީއުސް ތަނަވަސްކޮށް ދިން ފުރުސަތަކުން --- ފޮޓޯ: އޭޕީ
ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ރެއާލްއިން ވަނީ 84 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައި ވަނީ 72 ޕޮއިންޓެވެ. މިމަހު 29 ގައި ޗެމްޕިއަންސް ލީގު ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ދަނީ އެޓީމުގެ މުހިންމު ކުޅުންތެރިންނަށް ރެސްޓް ކުރުމަށް ގިނަ ވަގުތު ދެމުންނެވެ. ރޭގެ މެޗުގައި މިޑްފީލްޑާ ޓޯނީ ކުރޫޒް ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އަދި ޑިފެންޑަރު އެޑާ މިލިޓާއޯ އާއި މިޑްފީލްޑަރު ކާލޯސް ކަސެމީރޯ މެޗު ފުރިހަމަ ކުރީ ބެންޗުގަ އެވެ.
ބެންޒެމާގެ ލަނޑު ޖެހީ ވިނީޝިއުސް ދިން ބޯޅަ އަކުންނެވެ. އަދި ވިނީޝިއުސްގެ ދެވަނަ ލަނޑު ޖެހީ ބެންޒެމާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗަށް ފަހު އަންޗެލޮޓީ ބުނީ ބެންޒެމާ އާއި ވިނީޝިއުސްގެ ކޮމްބިނޭޝަން ދަނޑުމަތީގައި އިތުރަށް ހަރުދަނާ ވަމުންދާ ކަމަށެވެ.
15 އަހަރުގެ ޔަމާލްއާ މެސީއާ ޒަވީ އަޅާކިޔައިފި
ވޯލްޑް ކަޕްގެ ހިތްދަތިކަމުން އަރައި ބެންޒެމާ ކުރިއަށް
ޕެނަލްޓީގެ އެހީގައި ރެއާލް ކުރިއަށް
ބެންޒެމާގެ ލަނޑާއެކު މޮޅުވެ، ރެއާލް ލީޑު ފުޅާކޮށްފި
ބެންޒެމާ އެނބުރި އައި މެޗުން ރެއާލަށް މޮޅެއް ނުވެވުނު
ފަހުވަގުތު ބެންޒެމާ ޖެހި ލަނޑުތަކުން ރެއާލް މޮޅުވެއްޖެ
ބެންޒެމާގެ ޕެނަލްޓީ ނާކާމިޔާބުވިޔަސް ރެއާލް ތައްޓާގާތަށް
ރެއާލް މެޑްރިޑުން ޕެނަލްޓީގެ އެހީގައި ސެލްޓާ ބަލިކޮށްފި
ބެންޒެމާ އަށް އެލް ކްލެސިކޯ މެޗު ގެއްލޭނެ
ވަޔެކާނޯ އަތުން ފަހުވަގުތު ރެއާލް މޮޅުކޮށްދިނީ ބެންޒެމާ