18 އޮކްޓޯބަރ 2022
ޓޫރިޒަމްގެ ސިނާޔަތުން ނަގާ ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމްގެ ސިނާޔަތުން ނަގާ ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ގްރީން ޓެކުހާއި ޓީޖީއެސްޓީގެ ނުލިބި ހުރި އަދަދުތައް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ލިއުމުން ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން ގިނައީ ޓީޖީއެސްޓީ ކަމަށެވެ.
ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ---ފޮޓޯ: ނިޝާން އަލީ | މިހާރު
އަމީރު ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް ޓީޖީއެސްޓީ އާއި އެ ޓެކްސް ނުދައްކައިގެން ނަގާ ޖޫރިމަނާއާ އެކު ޖުމްލަ 872 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެން ޖެހޭ ކަމަށެވެ. ޓީޖީއެސްޓީއަކީ ދައުލަތުން 2011 ވަނަ އަހަރު ތައާރަފް ކުރި ޓެކުހެކެވެ.
ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުން 2015 ވަނަ އަހަރު ނަގަން ފެށި ގްރީން ޓެކްސްގެ ގޮތުގައި 85 މިލިއަން ރުފިޔާ ނުލިބި ހުރިއިރު، އެ ޓެކްސް ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 42 މިލިއަން ރުފިޔާ ނުލިބޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއާކު، އޮގަސްޓް މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ޖުމްލަ 128 މިލިއަން ރުފިޔާ ދައުލަތަށް ނުލިބެ އެވެ.
މިދިޔަ މަހު މީރާ އަށް ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފަ އެވެ. އޭގެ ތެރެއިން، 45.6 ޕަސެންޓަކީ ޓީޖީއެސްޓީ ހިމެނޭހެން ޖުމްލަ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި މީރާ އިން ބަލައިގެންފައި ވަނީ އާމްދަނީގެ 5.5 ޕަސެންޓެވެ.
ޓެކްސްގެ ގޮތުގައި މާފުށިން 20 މިލިއަން ރުފިޔާ!
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
"ގާނޫން ބަދަލުކުރަނީ ޓޫރިޒަމުން ގެއްލޭ ފައިސާހޯދަން"
ޓެކްސްގެ ބާގަނޑުން ވަދެ ރިސޯޓްތަކުން ނާޖާއިޒު ފައިދާ
ޓީޖީއެސްޓީގެ އާމްދަނީ 65 ޕަސެންޓް އިތުރުވެއްޖެ
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
ޓެކްސް ބޮޑު ކުރުމުން ދައުލަތަށް އިތުރު 2.5 ބިލިއަން
ޓީޖީއެސްޓީ ދިވެހި ރުފިޔާ އިން ދެއްކޭ ގޮތަށް ހަދައިފި
މީރާގެ ދައުރު ކުޑަކުރަން އެކްޝަން ޕްލޭންގައި ހިމަނައިފި