19 އޮކްޓޯބަރ 2022
ރާއްޖޭގައި އެންމެ ގިނަ ގެސްޓް ހައުސް ހިންގާ ކ. މާފުށިން ޓީޖީއެސްޓީ އާއި ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތައް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި އެންމެ ގިނަ ގެސްޓް ހައުސް ހިންގާ ކ. މާފުށިން ޓީޖީއެސްޓީ އާއި ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތައް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ގްރީން ޓެކުހާއި ޓީޖީއެސްޓީގެ ނުލިބި ހުރި އަދަދުތައް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ލިޔުމުން ފޮނުވި ޖަވާބުގައި ހިމަނާފައިވާ މީރާގެ ތަފާސްހިސާބުތަކުގައި ވާ ގޮތުން، ވަކިވަކި ރަށްރަށުން ޓެކްސްގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވެސް މާފުށިންނެވެ.
މިދިޔަ އަހަރު އެ ރަށުން ޓީޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 16.4 މިލިއަން ރުފިޔާ ދެއްކި އެވެ. ގްރީން ޓެކްސް އަށް 544,857ރ. އަދި ޖީޖީއެސްޓީގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ދެއްކި އެވެ.
ކ. މާފުށީ: އެ ރަށުން ޓީޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 16.4 މިލިއަން ރުފިޔާ ދައްކާފައިވެ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފާއިތުވި ތިން އަހަރު ވެސް ވަކިވަކި ރަށްރަށުގެ ތެރެއިން ޓޫރިޒަމާ ގުޅޭ ޓެކްސްތަކުގެ އެންމެ ބޮޑު އާމްދަނީ އެއް ދައުލަތައް ލިބިފައިވަނީ މާފުށިންނެެވެ.
ޓީޖީއެސްޓީގެ ގޮތުގައި 2019 ވަނަ އަހަރު މާފުށިން 19.8 މިލިއަން ރުފިޔާ ލިބުނު އިރު، ގްރީން ޓެކްސް އަށް ދެއްކީ 621،480ރ. އެވެ. ކޮވިޑުގެ ދުވަސްވަރާ ދިމާވި، 2020 ވަނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ދެއްކީ ފަސް މިލިއަން ރުފިޔާ އެވެ. އެ އަހަރު ގްރީން ޓެކްސްގެ ގޮތުގައި 189,402ރ. ދައްކާފައިވެ އެވެ.
ކ. މާފުށި: އެއް ރަށެއްގައި އެންމެ ގިނަ ގެސްޓްހައުސް ހިންގާ ތަން-- ފައިލް ފޮޓޯ: މިހާރު
މާފުށްޓަކީ ލޯކަލް ޓޫރިޒަމްގައި ރާއްޖޭގައި އެންމެ ކުރީ ސަފުގައި ހިމެނޭ ރަށެވެ. އެ ރަށުގައި ގެސްޓް ހައުސްތަކުގެ އަދަދު 40 އަށް ވުރެ ގިނަ އެވެ. މާފުށީގައި އަހަރަކު 73 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) ދައުރުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެ އެވެ.
ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް މިދިޔަ އަހަރު ދެއްކީ އދ. ދިގުރަށުންނެވެ. އެއީ 3.8 މިލިއަން ރުފިޔާ އެވެ.
މާފުށި ނުހިމަނައި، ގްރީން ޓެކްސް އެންމެ ގިނައިން ދައްކާ ރަށަކީ އއ. އުކުޅަހެވެ. އެ ރަށުން މިދިޔަ އަހަރު 113,277ރ. ދައުލަތައް ލިބިފައިވެ އެވެ.
މީރާ އޮފީސް ހިންގާ އިމާރާތް؛ މިދިޔަ އަހަރު މީރާއަށް 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައި.-- ފޮޓޯ: ފަޔާޒު މޫސާ |މިހާރު
ޓީޖީއެސްޓީ ނަގަން ފެށީ 2011 ވަނަ އަހަރު އެވެ. ޓޫރިޒަމާ ގުޅުން ހުރި ފަރާތްތަކުން ޓީޖީއެސްޓީގެ ގޮތުގައި 12 ޕަސެންޓު ދައުލަތައް ދައްކަން ޖެހެ އެވެ.
ޓޫރިސްޓް ރިސޯޓުތަކާއި ހޮޓާތަކާއި އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ކޮންމެ ދުވަހަކު ހަ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަ އެވެ. އެ ޓެކްސް ނަގަން ފެށީ 2015 ވަނަ އަހަރު އެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާ އަށް މިދިޔަ މަހު ޖުމުލަ އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރެއިން 45.6 ޕަސެންޓަކީ ޓީޖީއެސްޓީ ހިމެނޭހެން ޖުމުލަ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ގްރީން ޓެކްސްގެ ގޮތުގައި މީރާ އިން ބަލައިގަނެފައި ވަނީ އާމްދަނީގެ 5.5 ޕަސެންޓެވެ.
ނުލިބި ހުރި ޓޫރިޒަމާ ގުޅޭ ޓެކްސްގެ އަދަދު ބިލިއަނަކަށް
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
"ގާނޫން ބަދަލުކުރަނީ ޓޫރިޒަމުން ގެއްލޭ ފައިސާހޯދަން"
ޓެކްސް ބޮޑުކުރުން: ޓެކްސް ފައިސާ އިން މިކުރަނީ ކީއް؟
މީރާގެ ދައުރު ކުޑަކުރަން އެކްޝަން ޕްލޭންގައި ހިމަނައިފި
ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށައިފި
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
ޓީޖީއެސްޓީ އާއި އޭޑީސީ ޓެކްސް ބޮޑުކުރަން ފާސްކޮށްފި
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު
ވިޔަފާރިވެރިން ގަޔާނުވިޔަސް ޓެކްސް ބޮޑުކުރަންޖެހޭ:ފަލާހު