ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެ، ފުޓްބޯޅައިގެ ހަރަކާތްތައް އަލުން ފަށައިފައިވާ ޕާކިސްތާންގެ ގައުމީ ޓީމުން، އެ ގައުމުގައި ރާއްޖެ އާ ދެކޮޅަށް ކުޅެން ދިން ދައުވަތު ގަބޫލު ނުކުރަން ރާއްޖެއިން ނިންމައިފި އެވެ.
12 އޮކްޓޯބަރ 2022
ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެ، ފުޓްބޯޅައިގެ ހަރަކާތްތައް އަލުން ފަށައިފައިވާ ޕާކިސްތާންގެ ގައުމީ ޓީމުން، އެ ގައުމުގައި ރާއްޖެ އާ ދެކޮޅަށް ކުޅެން ދިން ދައުވަތު ގަބޫލު ނުކުރަން ރާއްޖެއިން ނިންމައިފި އެވެ.
ފަސް އަހަރު ތެރޭ ދެ ވަނަ ސަސްޕެންޝަނާ ކުރިމަތިވި ޕާކިސްތާންގެ ފުޓްބޯޅަސަސްޕެންޝަނުން އަރައިގަތީ އޯގަސްޓް މަހު އެވެ. އޭގެ ފަހުން އެ ގައުމުގެ ޓީމަކުން ފުރަތަމަ އިންޓަނޭޝަނަލް މެޗެއް ކުޅުނީ އެ ގައުމުގެ ގައުމީ އަންހެން ޓީމުން މިދިޔަ މަހު ބޭއްވި އަންހެން ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި އެ ޓީމުން ވަނީ ރާއްޖޭގެ މައްޗަށް 7-0 ން މޮޅުވެފަ އެވެ.
ޕާކިސްތާންގެ ގައުމީ ފިރިހެން ޓީމުން އެ ގައުމުގައި ރާއްޖެ އާ ދެކޮޅަށް އަންނަ މަހު ކުޅެން ދިން ދައުވަތު ގަބޫލު ނުކުރަން ނިންމިކަން، ޕާކިސްތާންގެ ފުޓްބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ދަ ނެޝަނަލް ނޫހުން ބުންޏެވެ.
"ރާއްޖޭގެ ޓީމުން ޕާކިސްތާނަށް ދަތުރު ނުކުރާނެ،" ނޯމަލައިޒޭޝަން ކޮމިޓީގެ އޮފިޝަލް ބުންޏެވެ.
ޕާކިސްތާނާއި ރާއްޖެ މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން: ޕާކިސްތާނުގައި އަންނަ މަހު އެ ގައުމާ ދެކޮޅަށް މެޗެއް ކުޅެން ރާއްޖެ އަށް ދައުވަތު ދިން --- ފައިލް ފޮޓޯ: ގޯލް ނޭޕާލް
އޭނާ ބުނީ ރާއްޖެ ޓީމުން ދަތުރު ނުކުރުމުން ގައުމުން ބޭރަށް ޕާކިސްތާންގެ ޓީމު ފޮނުވައިގެން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ޕާކިސްތާންގެ ޓީމުން ރާއްޖެ އަށް ދަތުރުކޮށް ރާއްޖޭގައި މެޗެއް ކުޅެފާނެތޯ އެ ނޫހުން ސުވާލު ކުރުމުން އޮފިޝަލް ބުނީ ގައުމުން ބޭރުގައި މެޗު ކުޅެން ޕާކިސްތާނަށް ވެސް ގިނަ ގުރުސަތުތަކެއް އެބަހުރި ކަމަށެވެ.
"ދިމާ ވެގެން މިއުޅެނީ ދަނޑުގެ މައްސަލައެއް ނޫން،" ޓީމުތައް ޕާކިސްތާނުގައި މެޗު ކުޅެން ބޭނުން ނުވަނީ އެކަށީގެންވާ ވަސީލަތްތައް ނެތުމުންތޯ ސުވާލު ކުރުމުން އޮފިޝަލް ބުންޏެވެ.
"ކޮންމެ ގައުމަކުން ވެސް ބޭނުން ވަނީ އެ ގައުމެއްގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މެޗު ކުޅެން."
އޭނާ ބުނީ ދެކުނު އޭޝިއާގެ އެހެން ގައުމަކަށް ޕާކިސްތާންގެ ޓީމު ފޮނުވައިގެން މެޗު ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޕާކިސްތާނުގައި މެޗު ކުޅޭނަމަ ކުޅެން ޖެހޭނީ ޕަންޖާބުގަ އެވެ. އެއީ އެ ގައުމުގެ ގައުމީ ސްޓޭޑިއަމްގެ ގޮތުގައި ބޭނުން ކުރާ، މުހައްމަދު އަލީ ޖިނާހް ސްޕޯޓްސް ކޮމްޕްލެކްސް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާތީ އެވެ.
ކްރިކެޓަށް މަޝްހޫރު ޕާކިސްތާންގައި، ކްރިކެޓް މެޗުތައް ކުޅެން ވެސް މީގެ ކުރިން އޮތީ އުނދަގޫ ކަމަކަށް ވެފަ އެވެ. ޕާކިސްތާންގެ ސާލަމަތީ ކަންކަމާ ހެދި އެހެން ގައުމުތަކުގެ ޓީމުތަކުން އެ ގައުމަށް ދަތުރު ކުރުން މަޑުޖައްސާލަފައި ވަނިކޮށް އިންގްލެންޑްގެ ކްރިކެޓް ޓީމުން ވަނީ ޕާކިސްތާނާ ދެކޮޅަށް އެ ގައުމުގެ ލާހޫރުގައި މެޗުތަކެއް ކުޅެފަ އެވެ. އަދި އަންނަ މަހު ދެކުނު އެފްރިކާގެ ކްރިކެޓް ޓިމުން ވެސް ޕާކިސްތާނަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަންނަ މަހު މެޗުތަކެއް ކުޅެން ރާއްޖޭގެ ޓީމަށް، ބައެއް އެހެން ގައުމުތަކުން ވެސް ދައުވަތު ދީފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި މެލޭޝިއާ ހިމެނެ އެވެ.
އިތުރު ފަރުވާ އަށް ކައްޕި ބޭރަށް ގެންދެވޭތޯ މަސައްކަތްކުރަނީ
ތިން އަހަރު ކުރިއަށްވުރެ ޓީމުގެ ހާލަތު ރަނގަޅު: ކޯޗު
"ކަންބޮޑުވުމަކީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްނުކުރެވުން"
އުމުރުން 87 ވިޔަސް ޗެތުރީ ނަގާނަން ގޯލު ޖަހަންޏާ
އިންޑިއާގެ މެޗު ދިވެހިންނަށް ވަރަށް މުހިންމު: ސުޒޭން
ޓީމު ދެބަޔަކަށް ބަހައިގެން ދެ ފްލައިޓްގައި އިންޑިއާއަށް
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ޕާކިސްތާނަށް ފީފާގެ ސަސްޕެޝަނުގައި ހެޓްރިކެއް
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން