ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ނޮލްބާޓޯ 'ނޮބީ' ސޮލާނޯ ހަމަޖައްސައިފި އެވެ.
22 ޖުލައި 2025
ޕާކިސްތާނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ނޮލްބާޓޯ 'ނޮބީ' ސޮލާނޯ ހަމަޖައްސައިފި އެވެ.
ޕެރޫ އަށް ނިސްބަތްވާ ސޮލާނޯ ވަނީ 2018 ގެ ވޯލްޑް ކަޕްގައި ޕެރޫގެ އެސިސްޓެންޓްގެ މަގާމު އަދާކޮށްފަ އެވެ.
ޕެރޫ ލީގުގެ ކްލަބްތަކުގައި ހެޑް ކޯޗުކަން ކުރި ސޮލާނޯ ގައުމީ ޓީމެއްގެ ހެޑް ކޯޗުގެ ގޮތުގައި މުސައްކަތް ކުރާ ފުރަތަމަ ޓީމަކަށް ވާނީ ޕާކިސްތާނެވެ.
ވެސްޓްހޭމް ޔުނައިޓެޑާއި އެސްޓަންވިލާ އަށް ވެސް ކުޅުނު ސޮލާނޯގެ ޒިންމާއެއްގެ ގޮތުގައޮ ޕާކިސްތާނުގެ 23 އަހަރުންދަށުގެ ޓީމު ބެލެހެއްޓުމަށް ވެސް ވަނީ ހަވާލުކޮށްފަ އެވެ. ދެފަހަރެއްގެ މަތިން ޖުމުލަ އަށް އަހަރު އޭނާ ވަނީ ނިއުކާސަލް އަށް ކުޅެފަ އެވެ. އޭރުގެ މީޑްފީލްޑަރު މަޝްހޫރު ވީ ނިއުކާސަލްގެ ކަލްޓް ހީރޯގެ ގޮތުގަ އެވެ.
"ސޮލާނޯއާ އެކު އަހަރެމެން ވަނީ މަސައްކަތް ފަށާފަ. ޕާކިސްތާނުގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އިތުރު ހިތްވަރާއި ހަކަތަ ގެނެސްދީ. އަހަރެމެންގެ ފެންވަރު މަތިކޮށްދޭނެ ކަމުގެ އުއްމީދުގައި އޭނާއާ ވާނީ މަގާމު ހަވާލުކޮށްފަ،" ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މުހްސިން ޖިލާނީ ވިދާޅުވި އެވެ.
ކްރިކެޓަށް ބޮޑު މަގުބޫލުކަމެއް އޮންނަ ޕާކިސްތާނުގައި ފުޓްބޯޅައިގެ ރަސްމީ ލީގެ ނެތެވެ. ގާތްގަނޑަކަށް ފަސް އަހަރަށް ފަހު މިދިޔަ މަހު ބޭއްވި އިންތިހާބުގައި ޕީއެފްއެފްގެ ރައީސްކަމަށް ވަޑައިގެންނެވި މުހްސިން ޖިލާނީގެ އުއްމީދަކީ ޕާކިސްތާނުގެ ފުޓްބޯޅަ ހަމަޔަކަށް އެޅުވުމެވެ.
ފީފާ ރޭންކިންގެ 210 ގައުމުގެ ތެރެއިން ޕާކިސްތާނު އޮތީ 201 ވަނައިގަ އެވެ.
ފާއިތުވި އެއް އަހަރުތެރޭގައި ޕާކިސްތާނުގެ ކޯޗުގެ މަގާމު އަދާކުރީ އިންގްލެންޑް ސްޓެފަން ކޮންސްޓަންޓީން އެވެ. އޭނާ ވަނީ މިދިޔަ މަހު މަގާމު ދޫކޮށްލާފަ އެވެ. އިންޑިއާގެ ކޯޗުކަމަށް ކުރިމަތިލާން ހުޅުވާލުމުން ކޮންސްޓަންޓީން ވަނީ އެ މަގާމަށް އަނެއްކާވެސް ކުރިމަތިލައިފަ އެވެ. އޭނާ ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން އިންޑިއާގެ ކޯޗުކަން ކޮށްފަ އެވެ.
ޕާކިސްތާނަށް ފީފާގެ ސަސްޕެޝަނުގައި ހެޓްރިކެއް
ޕާކިސްތާނުގެ ފްރެންޗައިޒް ލީގު އަންނަ މަހު ލޯންޗުކުރަނީ
ޕާކިސްތާނުގައި މެޗު ނުކުޅެން ރާއްޖެއިން ނިންމައިފި
ޕާކިސްތާނުން ރާއްޖެ ބަލިކޮށްފި، ބަންގްލަދޭޝަށް އެއްވަނަ
ރާއްޖޭގައި ކުޅުނު ޕާކިސްތާން އަންހެން ފޯވާޑް މަރުވެއްޖެ
ފްރެންކޯގެ ނަމުން މަސްޓަންޓުއޯނޯއަށް ގޮވާތީ ބަހުސެއް
އއ. ގެ މުބާރާތް ކާމިޔާބުކޮށް ތޮއްޑޫ ގޯލްޑް ކަޕަށް
ލަންކާގެ ފެޑެރޭޝަނުން ދިވެހިންނަށް ޓިކެޓް އަގުބޮޑުކޮށްފި
އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން އިތުރު ފުރުސަތެއް
ނަތީޖާއަށް ވުރެ މޯހަން އުފާކުރީ ޓީމުގެ މަސައްކަތާ މެދު