Roadha Mihaaru
ޕާކިސްތާނުން ރާއްޖެ ބަލިކޮށްފި، ބަންގްލަދޭޝަށް އެއްވަނަ

ޕާކިސްތާނުން ވެސް ރާއްޖެ ބަލިކޮށްފި، އިންޑިއާ ބަލިކޮށް ބަންގްލަދޭޝަށް އެއްވަނަ

13 ސެޕްޓެމްބަރ 2022

މިހާރު ކުރިއަށްދާ، އަންހެން ސާފް ޗެމްޕިއަންޝިޕްގައި މިއަދު ޕާކިސްތާން އަތުން ރާއްޖޭގެ ގައުމީ ޓީމު 7-0 ން ބަލި ވެއްޖެ އެވެ.

މިހާރު ކުރިއަށްދާ، އަންހެން ސާފް ޗެމްޕިއަންޝިޕްގައި މިއަދު ޕާކިސްތާން އަތުން ރާއްޖޭގެ ގައުމީ ޓީމު 7-0 ން ބަލި ވެއްޖެ އެވެ.

އެ މެޗާއެކު ރާއްޖެ ވަނީ އެއް ވެސް މެޗަކުން މޮޅު ނުވެ މުބާރާތް ނިންމައިލައިފަ އެވެ. އަދި ރާއްޖެ އަށް އެންމެ ލަނޑެއް ވެސް ނުޖެހުނެވެ. އެކަމަކު ތިން މެޗުން ބައިކޮޅަށް 19 ލަނޑު ވަނެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަޝްރަތު ރަންގަސާލާ ސްޓޭޑިއަމްގައި މިއަދު މެންދުރު ފަހު ކުޅުނު މެޗުގައި ޕާކިސްތާންގެ ނާދިއާ ޚާން ހަތަރު ލަނޑު ޖެހި އެވެ. އެ ހަތަރު ލަނޑު ވެސް އޭނާ ޖެހީ ދެވަނަ ހާފުގަ އެވެ.

އަނެއް ތިން ލަނޑު ޖެހީ ރަމީން ފަރީދު އާއި ޕެނަލްޓީ އަކުން ލަނޑު ޖެހި ހަދީޖާ ކަޒްމީ އަދި އަންމޯލް ހީރާ އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާ ދެކޮޅަށް މިއަދު ހަވީރު ކުޅެ ބަންގްލަދޭޝްއިން ވަނީ 3-0 ން މޮޅުވެފަ އެވެ. ކުޅުނު ތިން މެޗު ވެސް ބަންގްލަދޭޝް ކާމިޔާބު ކުރުމުން އެ ޓީމަށް ވަނީ ގުރޫޕްގެ އެއްވަނަ މަގާމު ހޯދާފަ އެވެ.

ސެމީ ފައިނަލުގައި ބަންގްލަދޭޝް ނުކުންނާނީ ގުރޫޕް ބީ އިން ދެވަނަ ހޯދި ބޫޓާން އާ ދެކޮޅަށެވެ. އިންޑިއާ ނުކުންނާނީ އެ ގުރޫޕްގެ އެއްވަނަ ހޯދީ ނޭޕާލާ ދެކޮޅަށެވެ. އެ ގުރޫޕްގެ ފުލަށް ދިޔަ ލަންކާ އަށް ވެސް އެންމެ ޕޮއިންޓެއް ވެސް ނުލިބެ އެވެ.