Roadha Mihaaru
މެންޓަލް ހެލްތު ފެސްޓިވަލުގައި އައިސީޕީގެ ސްޓޯލެއް

މެންޓަލް ހެލްތު ފެސްޓިވަލުގައި އައިސީޕީގެ ހާއްސަ ސްޓޯލެއް

07 އޮކްޓޯބަރ 2022

ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ ކުރުމަށް ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ފެސްޓިވަލުގައި ހާއްސަ ހަރަކާތްތަކެއް އައިސީޕީގެ ސްޓޯލުގައި ކުރިއަށް ގެންގޮސްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ ކުރުމަށް ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ފެސްޓިވަލުގައި ހާއްސަ ހަރަކާތްތަކެއް އައިސީޕީގެ ސްޓޯލުގައި ކުރިއަށް ގެންގޮސްފި އެވެ.

އެ ހަރަކާތްތަކަކީ ނަފްސާނީ ދުޅަހެޔޮކަން ޕްރޮމޯޓު ކުރުމުގެ ހަރަކާތްތަކެކެވެ. އެގޮތުން ކުޑަކުދިންނަށް އަމާޒު ކޮށް ސެންސަރީ ގިނަ ކުޅިވަރުތަކެއް ވަނީ ބާއްވައިފަ އެވެ. އަދި ބޮޑެތި މީހުންނަށް "ހެޕިނަސް ސްކޭލް" ގެ ނަމުގައި ގޭމެއް ކުރިއަށް ގެންދިޔަ އެވެ. އޭގެ އިތުރުން އެ ސްޓޯލުގައި ތެރަޕިސްޓުންނާއި ސުވާލުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލާފަ އެވެ.

އައިސީޕީގެ ސްޓޯލުގައި ސެންސަރީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފވޭ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިސީޕީގެ ސްޓޯލުގައި ސެންސަރީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފވޭ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިސީޕީން ބުނީ އެެ ހަރަކާތްތަކުގެ މަގުސަދަކީ ނަފްސާނީ ދުޅަހެޔޮކަން ދެނެގަނެ، ނަފްސާނީ އެކި މައްސަލަތަކަށް އަހުލުވެރި ކުރުވާ ހޭލުންތެރިކުރުވުން ކަމަށެވެ. އެގޮތުން މި މަހަކީ ނަފްސާނީ ދުޅަހެޔޮ ކަމުގެ މަސްކަން ފާހަގަކޮށް އައިސީޕީން ބުނީ މި މަހުގެ ތެރޭގައި ހާއްސަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ.

އައިސީޕީން ބުނީ އުއްމީދަކީ އެ ފަދަ ހަރަކާތްތަކުގެ ސަބަބުން ނަފްސާނީ މައްސަލަކުގެ ވާހަކަތައް ދެއްކޭނެ މުޖުތަމައެއް ބިނާ ވެގެން ދިޔުން ކަމަށެވެ.

އެ ސްޓޯލުގައި ނަފްސާނީ ބައްޔާއި ދުޅަހެޔޮކަމުގެ ގިނަ މައުލޫމާތުތަކެއް ދީފައިވޭ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ސްޓޯލުގައި ނަފްސާނީ ބައްޔާއި ދުޅަހެޔޮކަމުގެ ގިނަ މައުލޫމާތުތަކެއް ދީފައިވޭ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިސީޕީ އަކީ ސިމްޑީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮންނަ ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ސެންޓަރެކެވެ. އެ ސެންޓަރުން ކައުންސިލިންގެ ހިދުމަތް ވެސް ދެ އެވެ.

ނަފްސާނީ ދުޅަހެޔޮކަން ޕްރޮމޯޓު ކުރުމަށް ބޭއްވި ފެސްޓިވަލުގައި އެ ދާއިރާގެ ގިނަ ޖަމިއްޔާތަކުން ބައިވެރިވި އެވެ.