02 އޮކްޓޯބަރ 2022
ރާއްޖޭގައި ޓޫރިޒަމް ތަރައްގީކޮށް، ފުޅާކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައިހުރި ރަށްތަކާއި ފަޅުތައް އަދިވެސް ތަރައްގީ ނުވެ ހުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ޓޫރިޒަމް ތަރައްގީކޮށް، ފުޅާކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައިހުރި ރަށްތަކާއި ފަޅުތައް އަދިވެސް ތަރައްގީ ނުވެ ހުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަކުރާ މި އަހަރުގެ ޓޫރިޒަމް ދުވަސް ނުވަތަ ޓޫރިޒަމްގެ ރަންޔޫބީލް ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކީ ރިސޯޓު ހަދަން ދޫކޮށްފައިވާ ބައެއް ތަންތަން އަހަރުތަކެއް ވެގެން ދިޔައިރު ވެސް ތަރައްގީ ނުކުރެވި އޮތް އޮތުން ކަމަށެވެ. އެއީ ދުރުރާސްތާގެ ރޭވުމެއް ނެތި، ދޫކޮށްފައި ހުރި ތަންތަން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"ހާއްސަކޮށް، އެމްއެމްޕީއާރުސީ މެދުވެރިކޮށް، މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައް. އެތައް ބިލިއަން ޑޮލަރެއްގެ އަގު ހުރި ރަށްތަކާއި ފަޅުތައް ބަޔަކަށް ވިއްކައިލިއިރު، އެ ތަންތަނުގެ އަގު ވެސް ދައުލަތަކަށް ނުލިބޭ،" ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ޝަރުއީ ކޯޓުތައް މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ. ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އަލަށް ހަދާ ރިސޯޓުތައް ތަރައްގީ ކުރުމަށް ބޭނުންވާނެ ފައިސާ ހޯދައިދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރާ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފުވިތާ މާދަމާ އަށް 50 އަހަރު ފުރޭއިރު، ރާއްޖޭގައި މިހާރު ހިނގަހިނގާ އޮތް 166 ރިސޯޓް އެބައޮތް. އަދިވެސް އިތުރު ރަށްތައް އެ އަންނަނީ ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރަމުން. އެ ރިސޯޓްތައް ހުޅުވުމުން، ރާއްޖޭގެ ރިސޯޓްތަކުގެ އަދަދު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދާ ދާދި އަވަހަށް އަރައި ހަމަކުރާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގެ އެތައް ފުރުސަތެއް ހުޅުވޭނެ ކަމަށެވެ. އެހެންކަމުން، އެ ކަމަށް އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ. އަދި ޓޫރިޒަމް ފުޅާވާއިރު، އެކަމުގެ ހަގީގީ މަންފާ ލިބޭނީ، ތައުލީމީ ދިވެހި ޒުވާނުންނާއި ޓޫރިޒަމާ ގުޅުން ހުރި ފަންނީ ދާއިރާތަކުން މީހުން އުފައްދައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ދުވަހުގެ ގައުމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާހަކަފުޅުގައި ވިދާޅުވީ، ޓޫރިޒަމް އަލަށް ތަރައްގީކުރާ ރަށްތަކުގައި ވެސް، އިޔާދަކުރަނިވި ހަކަތަ އަށް ހާއްސަ ސަމާލުކަމެއް ދިނުމަށް، ރިސޯޓުތަކުގެ ވެރިންނާއި އިންވެސްޓަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ވިދާޅުވި އެވެ.
ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ގައުމީ ވާޖިބެއް. އެއީ، ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުގުވެރިވާ ސިފަތައް އެގޮތުގައި ދެމެހެއްޓުން. މި ޖަޒީރާތަކަށް ފަތުރުވެރިން ޝައުގުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީ އާއި މި ރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަން،" ރައީސް ވިދާޅުވި އެވެ.
"އެ މަތިވެރި ޒިންމާއަށް ދިވެހި ހުރިހާ ރައްޔިތުން ވެސް ސަމާލުވެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން."
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
ރައީސަށް ކުރިން ތުހުމަތުކުރީ ފްރޭމްކުރި މީހުން ހޯދަން
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
ނިހާންގެ ދިފާއުގައި ރައީސް ހާޒިރެއްނުކުރެވޭނެ:ހައިކޯޓް
ހިޔާނާތުގެ ރަށްތައް އަތުލެވޭކަށް ނެތް, ހަމަ އަގު ހޯދޭނެ؟
ރައީސް، ކާމިޔާބީ ފާހަގަކުރަން އެމްއެމްޕީއާރުސީ އަށް
އަމިއްލަ ވިޔަފާރިތަކަށް ނުފޫޒުނުފޯރުވުމުން ނަތީޖާ ފެނޭ
ޓޫރިޒަމްގެ ސިނާއަތް ބަލައިގަތީ މި ސަރުކާރުން: އެމްޔޫމަނިކު
"ޓޫރިޒަމްގައި ދިވެހިން އުފެއްދީ އަމިއްލަ ކޮންސެޕްޓެއް"
ޓޫރިޒަމް ދަމަހައްޓަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ