03 އޮކްޓޯބަރ 2022
އަމިއްލަ ވިޔަފާރިވެރިން ނުވަތަ ޕްރައިވެޓް ސެކްޓަރުން ތަރައްގީކުރާ ސިނާއަތްތަކަށް ސަރުކާރުން ނުވަދެ އަދި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާ މިއަދު ފެނިވަޑައިގަންނަވާ ކަމަށް ޓޫރިޒަމްގެ ރަންޔޫބީލް ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އަމިއްލަ ވިޔަފާރިވެރިން ނުވަތަ ޕްރައިވެޓް ސެކްޓަރުން ތަރައްގީކުރާ ސިނާއަތްތަކަށް ސަރުކާރުން ނުވަދެ އަދި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާ މިއަދު ފެނިވަޑައިގަންނަވާ ކަމަށް ޓޫރިޒަމްގެ ރަންޔޫބީލް ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރުމަށް، ސަރުކާރުން އިންތިޒާމުކޮށްގެން ރަސްމީކޮށް ބާއްވާ އެންމެ ފަހު ރަސްމިއްޔާތު މިރޭ އޮތީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިސޯޓު ކަމަށްވާ ކުރީގެ ވިހަމަނާފުށި "ކުރުނބާ ވިލެޖް" ނުވަތަ މިހާރު ކުރުނބާ މޯލްޑިވްސް ރިސޯޓްގަ އެވެ. އެ ރަސްމިއްޔާތުގައި، މިދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމަށް އެކި ރޮނގުރޮނގުން މަސައްކަތްކުރެއްވި ބޭފުޅުންނާއި ކުންފުނިތަކާއި އަދި އާންމުންގެ އަގުވަޒަންކުރައްވައި "ރަން އެވޯޑް" ދިނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގައުމީ ތަރައްގީއާ ގުޅިފައިވާ ސިނާއަތްތައް ތަރައްގީ ކުރުމުގައި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ދެމެދުގައި ރަނގަޅު ގުޅުމެއް އޮންނަން ޖެހޭ ކަމަށެވެ. ޕްރައިވެޓް ސެކްޓަރުން ތަރައްގީކުރާ ސިނާއަތްތަކަށް ސަރުކާރުން ނުވަދެ އަދި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާ މިއަދު ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރުމަށް ބޭއްވި "ގޯލްޑެން އިޔާ ގާލާ އިވެންޓް" ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
"ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ސިނާއަތަކަށް ދިވެހި ޓޫރިޒަމް ވެގެންދިޔައީ، ފުރިހަމަ މިނިވަންކަމާ އެކު އެކަން ކުރުމުގެ އިހުތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުން. ސަރުކާރުގެ ދައުރަކީ ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި، ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމްގެ ސިނާއަތުގައި މިދިޔަ 50 އަހަރު ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކުރެއްވުމަށް، ޓޫރިޒަމް މިނިސްޓްރީން ވަރަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސެވި ކަމަށެވެ. ނަމަވެސް، އެހާ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ބޭފުޅުންތަކެއްގެ އަގުވަޒަންކުރާއިރު، ފަހަރެއްގައި ބޭފުޅެއްގެ ނަން އުނިވެފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންވެ، އެ ހުރިހާ ބޭފުޅުން ވެސް ހިމެނޭ ގޮތަށް، ޓޫރިޒަމްގެ ދާއިރާ އަށް ހިދުމަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ޓޫރިޒަމް އުފަންކުރެއްވި ބޭފުޅުންގެ ވާހަކަ ވަރަށް ގިނައިން ދެކެވިއްޖެ ކަމަށާއި ދިވެހިންގެ ދޫދޫމަތިން ވެސް އެ ވާހަކަތައް ތަކުރާރުވާނެ ސަބަބަކީ، އިގުތިސާދީ ގޮތުން މިއަދު މި ރާއްޖެ ފޯރާފައި މިވާ އައްސޭރި އަށް، މި ގައުމާއިގެން ދިވެހިންނަށް އާދެވުނީ، އެ ބޭފުޅުން އެ ދުވަހު ކެރިވަޑައިގެން އެ ގޮންޖެހުންތަކާ ކުރިމަތިލެއްވީމަ ކަމަށް ރައީސް ވިދާޅުވި އެވެ.
ކަންވީގޮތް ތެދުބަހުން ލިޔެ، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން އެބަޖެހޭ. -- ރައީސް
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޓޫރިޒަމްގެ ސިނާއަތް އުފަންކުރުވި ޕައިނިއަރުން ކަމަށްވާ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި މުހައްމަދު އުމަރު މަނިކު އަދި ޗަމްޕާ ހުސައިން އަފީފް، އެ މަސައްކަތް ފެށްޓެވި ގޮތާއި އެކަމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއި އަދި ވަކި ހިސާބަކުން ސީދާ އެ ބޭފުޅުންނަށް ޕާސަނަލީ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހުރަސްތައް ސާފުކޮށް ލިޔެ، ތާރީހަށްޓަކައި ރައްކާކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރުމަށް ބޭއްވި "ގޯލްޑެން އިޔާ ގާލާ އިވެންޓް" ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
"ކަންވީގޮތް ތެދުބަހުން ލިޔެ، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ ރިސޯޓާ އެކު، މަދުން ނަމަވެސް ސަފާރީ އުޅަނދުފަހަރާއި ގެސްޓްހައުސްތަކާއި ޑައިވިން ސެންޓަރުތައް މާލެއާ ކައިރި ބައެއް ރަށްރަށުގައި ހުޅުވިގެންދިޔަ ކަމަށާއި އޭގެ ތެރޭގައި، މާލެ އަތޮޅު ހުރާ، ހިންމަފުށި، ތުލުސްދު އަދި ތަންކޮޅެއް ދުރުން ނަމަ، ނ. އަތޮޅު ވެލިދޫ ފަދަ ބައެއް ރަށްރަށުގައި މިފަދަ ސިނާއަތްތައް ފެށުނު ކަމަށް ރައީސް ވިދާޅުވި އެވެ. މިއަދު ވެސް ވެލިދުއާ ޓޫރިޒަމާ ދެމެދު އެ އޮތް ގާތް ކަމަކީ، އެ ރަށާއި ދިވެހިންނާ ފަތުރުވެރިކަމާ ދެމެދު އޮތް ޒަމާންވީ ގުޅުން ދޭހަކޮށްދޭ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުން މުޅިން ހުއްޓުމަކަށް އައިސް އޮތުމަށް ފަހު، އެ ވިޔަފާރި މުޅި ރާއްޖެ އަށް އަލުން ފެތުރިގެން ދިޔައީ، 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން، ސަރުކާރުގެ ސިޔާސަތަށް ގެންނެވި ބޮޑު ބަދަލާ ގުޅިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހި ޓޫރިޒަމުގެ ތާރީހުގައި އައި އަނެއް ބޮޑު ބަދަލު ފެންނަން ފެށީ، 1980ގެ މެދުތެރޭގެ އަހަރުތަކުގައި، މި ސިނާއަތާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ މިންނެތް މަސައްކަތުން. އޭގެ ތެރެއިން ވެސް ހާއްސަކޮށް އޮނަރަބަލް ގާސިމް އިބްރާހީމް، މި ސިނާއަތުގައި އިންވެސްޓް ކުރައްވަން ފެށްޓެވުމުން، މުޅި ސިނާއަތަށް އައި ހެޔޮ ބަދަލުތައް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. -- ރައީސް
"މިއަދު އެކަމުގެ ނަފާ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން އެދަނީ ފެންނަމުން،" ރައީސް ވިދާޅުވި އެވެ.
"ދިވެހި ޓޫރިޒަމުގެ ތާރީހުގައި އައި އަނެއް ބޮޑު ބަދަލު ފެންނަން ފެށީ، 1980ގެ މެދުތެރޭގެ އަހަރުތަކުގައި، މި ސިނާއަތާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ މިންނެތް މަސައްކަތުން. އޭގެ ތެރެއިން ވެސް ހާއްސަކޮށް އޮނަރަބަލް ގާސިމް އިބްރާހީމް، މި ސިނާއަތުގައި އިންވެސްޓް ކުރައްވަން ފެށްޓެވުމުން، މުޅި ސިނާއަތަށް އައި ހެޔޮ ބަދަލުތައް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،"
"...ސަން ޓްރެވަލް ސިޔާމް އަދި ސަން ލޭން ގްރޫޕް ފަދަ، މިތަނުން ފެންނަން އެބަ ތިއްބެވި އޭގެ ބައެއް ބޭފުޅުން. އެ ބޭފުޅުން ކުރެއްވި އަގުހުރި، ބުރަ މަސައްކަތް އަޅުގަނޑު ފާހަގަކޮށް، އެބޭފުޅުންނަށް ވެސް ވަކިވަކިން އަޅުގަނޑު މިރޭ ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
President @ibusolih also presents ‘The President’s Tourism Gold Awards’ to recipients who have made outstanding contributions to the advancement of tourism in the Maldives over the last 50 years. pic.twitter.com/STPaqJHSfq
— The President's Office (@presidencymv) October 3, 2022
ރާއްޖޭގެ ޓޫރިޒަމް، ދުނިޔޭގެ އެންމެ ލަގްޒަރީ ޕްރޮޑަކްޓަކަށް ހެއްދެވުމަށްޓަކައި އިނގިރޭސި އިންވެސްޓަރު ސޯނޫ ޝިވްދަސާނީ ފަދަ ބޭރުގެ ބައެއް އިންވެސްޓަރުން ކުރެއްވި މަސައްކަތް ވެސް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެ އަކީ ލަގްޒަރީ ހޮޓާ ރިސޯޓްތަކުން ފެށިގެން ހުރިހާ ފަންތިއެއްގެ ޓުއަރިޒަމަށް ހުޅުވިފައި އޮތް އަދި މުޅި ދުނިޔެ ވެސް މިހާރު ބަލައިގެންފައިވާ މަންޒިލަކަށް ވެއްޖެ ކަމަށެވެ.
އެކަމަށްޓަކައި ރިސޯޓް އޯނަރުންނަށާއި އޮޕަރޭޓަރުންނަށާއި އަދި ގެސްޓްހައުސް ހިންގަވާ ބޭފުޅުންނަށާއި ސަފާރީ އުޅަނދުތައް ދުއްވާ ބޭފުޅުންނަށާއި ޑައިވިން ސެންޓަރުތައް ހިންގަވާ ބޭފުޅުންނަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ. އަދި ދިވެހި ޓްރެވަލް އޭޖެންޓުންނަށާއި އެއާލައިންތަކަށާއި ފަތުރުވެރިންނަށް ހިދުމަތް ދެއްވާ ފަންނާނުންނަށާއި އެ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.
"އާކިޓެކްޓުން، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުން އަދި ހިދުމަތް ދެއްވަން ތިއްބެވި ކަސްޓަމްސް، އިމިގްރޭޝަން، އެއާޕޯޓުގެ މުވައްޒަފުންގެ ދައުރު ވެސް އަޅުގަނޑު މިރޭ ފާހަގަކުރަން. ދިވެހި އެމްބަސީތަކާއި ހައިކޮމިޝަންތަކާއި ޑިޕްލޮމެޓިކް ކޮމިއުނިޓީގެ އެހީތެރިކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ލިބެމުންދާކަން ވެސް އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ކުރާ މަސައްކަތް ވެސް ފާހަގަކުރައްވާ ރައީސް ޝުކުރު ދެންނެވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭ ޓޫރިޒަމުން ލިބިދޭ އަނެއް ފިލާވަޅަކީ، ބަޔަކު ދުވަހަކު ހިޔާލަށް ވެސް ނުގެންނަ އަދި އެއްގޮތަކަށް މި ރާއްޖޭގައި ނެތް ކަމެއް ވެސް، އަޅުގަނޑުމެންގެ ތެރޭގައި ތަރައްގީކޮށް ކާމިޔާބު މަސައްކަތަކަށް ހެދިދާނެ ކަމެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރުމަށް ބޭއްވި "ގޯލްޑެން އިޔާ ގާލާ އިވެންޓް" ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
ބޭނުންވަނީ ނަސީމްގެ އެ ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުން. އެމްޔޫ މަނިކުގެ ދެގޮތެއް ނުވާ އަޒުމާއި، ސާބިތުކަން ހުރި، ދިވެހި ދަރިން. ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބު ހޯދުމުގައި އަފީފްގެ އެ ހުރި ފަންވަރާއި ބުންވަރު ހުރި ދިވެހި ޒުވާނުން. -- ރައީސް
"ބޭނުންވަނީ ނަސީމްގެ އެ ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުން. އެމްޔޫ މަނިކުގެ ދެގޮތެއް ނުވާ އަޒުމާއި، ސާބިތުކަން ހުރި، ދިވެހި ދަރިން. ގޮންޖެހުންތަކާ ކުރިމަތިލައި ކާމިޔާބު ހޯދުމުގައި އަފީފްގެ އެ ހުރި ފަންވަރާއި ބުންވަރު ހުރި ދިވެހި ޒުވާނުން،" ރައީސް ވިދާޅުވި އެވެ.
އެފަދަ ކިތަންމެ ދިވެހި ޒުވާނުންނެއް މިހާރު ވެސް ތިބޭނެ ކަމަށާއި ބޭނުންވަނީ ހާސިލްކުރާ އިލްމުގެ އަލީގައި، ތިމާގެ ސިކުނޑީގައި އީޖާދީ ވިސްނުން އުފަންކުރުވުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެދިވަޑައިގަތީ ކަންކަމާ މެދު ދެކޭ ގޮތާއި ވިސްނާ ގޮތް ވެސް ބަދަލުކުރުމަށެވެ.
"ރާއްޖޭގެ ޒުވާން ޖީލަށް އަޅުގަނޑު މިއަދު ބުނެލަން ބޭނުންވަނީ، ރާއްޖެ އަށް އައު ކޮންމެ ވެސް ސިނާއަތެއް، އާ އުފެއްދުމެއް ނުވަތަ އާ އީޖާދެއް އުފަންކުރުމަށް މަސައްކަތް ކުރައްވާށޭ. މުޅި ގައުމަށް ބޭނުންހިފޭ ފަދަ މުޅިން އާ ކަމަކާ މެދު ވިސްނުން ހިންގަން ފަށާށޭ. އިރާދަކުރެއްވިއްޔާ ކާމިޔާބީގެ މަގު ފެންނާނެ،" ރައީސް ވިދާޅުވި އެވެ.
"ބޮޑު ގޮންޖެހުމަކީ އެމްއެމްޕީއާރުސީން ދޫކުރި ރަަށްތައް"
ޓޫރިޒަމްގެ ސިނާއަތް ބަލައިގަތީ މި ސަރުކާރުން: އެމްޔޫމަނިކު
"ޓޫރިޒަމްގައި ދިވެހިން އުފެއްދީ އަމިއްލަ ކޮންސެޕްޓެއް"
ޓޫރިޒަމް ދަމަހައްޓަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ
އިންޑިއާގެ ޓޫރިސްޓުން މަދުވެ ބޮޑު ގެއްލުމެއް: އިބޫ
ޓޫރިޒަމްގެ މީހުންނަށް 2ދުވަހުގެ ޗުއްޓީ ލިބޭގޮތް ހަދަނީ
ޓޫރިޒަމް ދާއިރާގެ ޖަމިއްޔާ ޓީމުގެ ތާއީދު ރައީސަށް
ރައީސްގެ އަމާޒަކީ ފަސް މިލިއަން ޓޫރިސްޓުން
ޓޫރިޒަމްގެ އެންމެ ބިޔަ އެއް މަޝްރޫއު ވ. އަތޮޅުގައި
ޖާބިރަށް ދިން ފަޅުގައި ލަގްޒަރީ ރިސޯޓެއް ހަދަނީ