Roadha Mihaaru
ޓޫރިޒަމްގެ އެންމެ ބިޔަ އެއް މަޝްރޫއު ވ. އަތޮޅުގައި

ޓޫރިޒަމްގެ އެންމެ ބިޔަ އެއް މަޝްރޫއު ވ. އަތޮޅުގައި

17 ޖުލައި 2023

ޓޫރިޒަމްގެ އެންމެ ބޮޑު އެއް މަޝްރޫއު، ވ. އަތޮޅުގައި ހިންގާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓޫރިޒަމްގެ އެންމެ ބޮޑު އެއް މަޝްރޫއު، ވ. އަތޮޅުގައި ހިންގާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާންކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، ކެޔޮދޫ ބަނދަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވ. އަތޮޅުގެ އާބާދީ ކުޑަވިޔަސް އިގުތިސޯދީ ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ.

އެ ކަމުގެ އިތުރު ތަފްސީލް ފަހުން ހިއްސާކުރައްވާނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ޓޫރިޒަމްގެ އެންމެ ބޮޑު އެއް މަޝްރޫއު، 2،000 އެއްހާ މީހުން ދިރިއުޅޭ މި އަތޮޅުގައި ފަށާނެ ކަމަށެވެ. އެ މަޝްރޫއު ފެށިގެންދާއިރު، ވައިގެ މަގުން މި އަތޮޅު ގުޅިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އޭގެ އެއްބަސްވުމުގައި ސޮއިކޮށް، ދެން އޮތް ކަންތައްތައް އިކްނޮމިކް ކައުންސިލުން މާދަމާ ބާއްވާ ބައްދަލުވުމުގައި އޮންނާނެ ކަމަށެވެ.

"އެ ހުރިހާ ކަމެއް ނިމިގެންދާނެ މި އަތޮޅު ރައްޔިތުން ބޭނުންވި ކަމެއް ޕިކްނިކް އައިލެންޑް. އެކަން ވެސް ލިބިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމް ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް އަތޮޅަކީ މި އެވެ. އެކަމަކު، މި ރަށުގެ ކައުންސިލްތަކުގެ ޝަކުވާ އަކީ އެ ރަށްރަށަށް ސަރުކާރުން އަޅާނުލުމެވެ.