Roadha Mihaaru
ބޮމެއް އޮތްކަމަށް ބުނި ދެ މީހުން ދޫކޮށްލައިފި

ބޮމެއް އޮތްކަމަށް ބުނެ އިންޒާރު ދިން ދެ މީހުން ދޫކޮށްލައިފި

23 ސެޕްޓެމްބަރ 2022

ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކުރި ދެ މީހުން ދޫކޮަށްލައިފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކުރި ދެ މީހުން ދޫކޮަށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެ ދެ މީހުން ދޫކޮށްލިކަން "މިހާރު" ކަށަވަރުކޮށްދެއްވައިފަ އެވެ.

ބޮމެއް ކަމަށް ބުނީ އެ އެއާޕޯޓަށް ފުރަން ދިޔަ ދެ ފަސިންޖަރުންނެވެ. އެގޮތަށް ބުނުމުން އެއާޕޯޓް ކުއްލި ހާލަތަށް ގެނެސް، އެ މީހުން ގެނައި ތަކެތި ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައެއް ނުވެ އެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުރުން 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީގެ ކުރިން ވެސް މަޖަލަކަށް ހަދައިގެން ބޮމުގެ އިންޒާރު ދިނުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ރާއްޖޭގައި ހިނގަ އެވެ. އެފަދަ މައްސަލަތަކުގައި މިހާތަނަށް ޖިނާއީ ދައުވާއެއް ނުކުރެ އެވެ. އެކަމަކު ޓެރަރިޒަމްގެ ގާނޫނު އޮންނަ ގޮތުން އެފަދަ ބިރުވެރިކަމެއް ފެތުރުމަކީ ވެސް ބޮޑު އަދަބު ލިބޭ ކުށެކެވެ.