Roadha Mihaaru
ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން ބަޔަކު ހައްޔަރު

ބޮމެއް އޮތް ކަމަށް ބުނެ އައްޑޫ އެއާޕޯޓުގައި އިންޒާރުދިން ދެ މީހަކު ހައްޔަރުކޮށްފި

22 ސެޕްޓެމްބަރ 2022

ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި ދެ މީހަކު ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި ދެ މީހަކު ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހައްޔަރުކޮށްފި އެވެ.

ބޮމެއް ކަމަށް ބުނީ އެ އެއާޕޯޓަށް ފުރަން ދިޔަ ފަސިންޖަރެކެވެ. އޭނާ އެގޮތަށް ބުނުމުން އެއާޕޯޓް ކުއްލި ހާލަތަށް ގެނެސް، އެ މީހުން ގެނައި ތަކެތި ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައެއް ނުވެ އެވެ.

އެ މައްސަލާގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އުމުރުން 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީގެ ކުރިން ވެސް މަޖަލަކަށް ހަދައިގެން ބޮމުގެ އިންޒާރު ދިނުމުގެ މައްސަލަތައް ދޭތެރެދޭތެރެއިން ރާއްޖޭގައި ހިނގަ އެވެ. އެފަދަ މައްސަލަތަކުގައި މިހާތަނަށް ޖިނާއީ ދައުވާއެއް ނުކުރެ އެވެ.

އެކަމަކު ޓެރަރިޒަމްގެ ގާނޫނު އޮންނަ ގޮތުން އެފަދަ ބިރުވެރިކަމެއް ފެތުރުމަކީ ވެސް ބޮޑު އަދަބު ލިބޭ ކުށެކެވެ.