16 ޖޫން 2022
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ މުހައްމަދު ނާޒިމް، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ ލިޔުންތަކެއް ގެންގުޅުނު ކަމަށް ބުނެ ކުރާ ދައުވާ އަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ މުހައްމަދު ނާޒިމް، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ ލިޔުންތަކެއް ގެންގުޅުނު ކަމަށް ބުނެ ކުރާ ދައުވާ އަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.
މިދިޔަ އަހަރުގެ މޭ ހަ ވަނަ ދުވަހުގެ ރޭ ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާގައި ބައިވެރިވި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ ޅ. މާޅޮހު އަސަރީގޭ، ނާޒިމްގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ ދައުލަތުން ކުރަނީ އެ އަހަރުގެ މޭ މަހު އޭނާ ހުޅުމާލޭގައި ދިރިއުޅުނު ފްލެޓް ފާސް ކުރިއިރު، އައިއެސް އަށް ތާއީދުކުރާ ލިޔުންތަކާއި ފޮޓޯތަކެއް ހިމެނޭ ޕެންޑްރައިވެއް ފެނިފައިވާތީ އެވެ.
އައިއެސްއަކީ ރާއްޖެއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެކެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނިގޮތުގައި އެ ޕެންޑްރައިވުން ފެނުނީ އައިއެސް ޖަމާއަތަށް ތާއީދުކުރާ ކަން ދައްކުވައިދޭ ލިޔުންތަކެއް ކަން އެނގޭނެ ގޮތަށް އިސްލާމިކް މިނިސްޓްރީން ރިޕޯޓެއް ވަނީ ހުށަހަޅައިފަ އެވެ.
ދައުލަތުން ދައުވާ އިއްވުމުން ނާޒިމްގެ ވަކީލު ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. ދައުލަތުން ނާޒިމާ ދެކޮޅަށް އަށް ހެކިވެރިއަކާއި ކިތާބީ ހެކި ހުށަހެޅި އެވެ. އެއީ ބައެއް ރިޕޯޓްތައް ތައްޔާރުކުރި ފުލުހުންނާއި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފެކެވެ.
ނާޒިމްގެ ފަރާތުން ދައުވާ އަށް އިންކާރު ކުރިޔަސް، ގާޒީ ހަސަން ސައީދު ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ދިފާއީ ހެކި ހުށަހެޅުމަށާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ނާޒިމްގެ ވަކީލުންނަށް ފުރުސަތު ދެއްވި އެވެ.
ހަމަލާއަށް ފަންޑުކޮށްފައިވާ ނަމަ އެކަން ހޯދޭނެ: ޕޮލިސް
ޝައްކުވާ ހަތަރު މީހަކު އެބަތިބި: ފުލުހުން
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ
ޓެރަރިޒަމްގެ ފޮޓޯ އާއި ވީޑިއޯ ގެންގުޅުން ސާބިތެއް ނުވި
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު
"ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލެއް ފެނުނު"
ޓޫރިސްޓުންތަކަކަށް ހަމަލާދިނީ ބަދަލު ހިފަން: ހެކި
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ
"ފަހުން ލިބޭ ހެކިން އިތުރު ބަޔަކަށް ދައުވާކުރެވިދާނެ"
ފާތިހު ހައްޔަރު ކުރިއިރު އެއީ ފުލުހެއް ނޫން: ޕޮލިސް