ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އެއީ ބަޔަކު ފަންޑުކޮށްގެން ދިން ހަމަލައެއް ނަމަ، އެ ބަޔަކު ހޯދޭނެ ކަމުގެ ޔަގީންކަން ފުލުހުން މިއަދު ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އެއީ ބަޔަކު ފަންޑުކޮށްގެން ދިން ހަމަލައެއް ނަމަ، އެ ބަޔަކު ހޯދޭނެ ކަމުގެ ޔަގީންކަން ފުލުހުން މިއަދު ދީފި އެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ 8:30 ވާން އުޅެނިކޮށް، ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، އައިއީޑީއެއް ގޮއްވައިލި ދިން ޓެރަރިސްޓް ހަމަލާ އަށް މަހެއް ވުމާ ދިމާކޮށް، ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ބުނީ މިހާތަނަށް ލިބިފައިވާ ސީސީޓީވީ ފުޓޭޖްތަކުން މުހިންމު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަފުސީލްތައް އަދި ހާމަނުކުރެވެން ނެތީ ތަހުގީގު ބައްޓަން ކޮށްފައިވާ ގޮތުން ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގުގައި އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް އާއި އެމެރިކާގެ މިކަމުގެ ފަންނީ މާހިރެއް އެހީ ވެސް އަންނަނީ ލިބެމުން. އަދި މި ތަހުގީގަށް ބޭނުންވާ ފޮރެންސިކް ތަހުލީލުތައް ކުރުމުގައި ވެސް އެ ފަރާތްތަކުގެ އެހީ އަންނަނީ ލިބެމުން،" މި ހަމަލާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ތަހުގީގަށް އެއްކޮށްފައިވާ ފޮރެކްސިކް ހެކިތަކުން ވެސް މުހިންމު ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އެއީ، އިންސާފަށް ވާސިލުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ހެކިތަކަކަށް ވާތީ އޭގެ މައުލޫމާތު އާންމު ނުކުރަން ނިންމާފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.
މި ތަހުގީގުގެ މައިގަނޑު މަގުސަދަކީ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ހަމަލާ ރޭވުމުގައި އުޅުނު މީހުންނާއި އަދި މި ހަމަލާ ދިނުމަށް އެއްވެސް ގޮތަކުން މާލީ އެހީތެރިކަން ބަޔަކު ފޯރުކޮށްދީފައިވާ ނަމަ އެ ބަޔަކު ހޯދުން ކަމަށް ފުލުހުން ބުނާ ބުނުން މިއަދު ވެސް ތަކުރާރު ކުރި އެވެ.
ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ފަރާތުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: ޕޮލިސް
"ޓެރަރިޒަމް ފައިނޭންސިންގެ [ހަމަލާއަށް ހަރަދުކުރުމުގައި] ކުށްތައް ތަހުގީގު ކުރުމުގެ ދާއިރާ އިން ދިވެހި ފުލުހުންގެ ގާބިލުކުރަން އިތުރު ކުރުމަށް އެމެރިކާގެ ސަރުކާރާ ގުޅިގެން، އެމެރިކާގެ މިކަމުގެ ފަންނީ މާހިރެއްގެ ލަފަ އާއި އި އިރުޝަދާ އެކީ މި ވަގުތު މަސައްކަތް ކުރެވެމުން އެބަދޭ،" ޝިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސީދާ މި ހަމަލަ އަށް ބަޔަކު ފަންޑު ކޮށްފައި ވޭތޯ ބެލުމަށް ކުރާ ތަހުގީގުގައި ވެސް އެމެރިކާގެ ފަންނީ މާހިރުގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ.
މި ހަމަލާ އަށް ފަންޑުކުރި ބަޔަކު ތިބި ނަމަ އެ ބަޔަކު ހޯދުމުގައި ކުރިއެރުން ލިބިފައިވޭތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ފުލުހުން ބުނީ އެފަދަ ކަމެއް ހިނގާފައިވާ ނަމަ، ތަހުގީގަށް މިހާރު ލަފާދޭ ތަޖުރިބާކާރުންގެ އެހީއާ އެކު އެކަން ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިކަމުގައި ކުރިއެރުންތައް ލިބިފައި ވިޔަސް، މިކަމާ ބެހޭގޮތުން އެއްވެސް ތަފްސީލް ނުދެވެނީ، މި ތަހުގީގާ ގުޅޭ ގޮތުން ކުރިއަށް ހުރި ކަންކަމަށް ހުރަސްއެޅިދާނެތީ ކަމަށް ބުންޏެވެ.
- މި ހަމަލާގެ ތަހުގީގަށް އެކި ގޮތްގޮތުން 150 އަށް ވުރެ ގިނަ މީހުން މައުލޫމާތު ދީފައިވޭ.
- އާންމު ރައްޔިތުންނާއި ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި 25 ތަނެއް ބަލާ ފާސްކޮށްފައިވޭ.
- ހަމަލާއާ ގުޅުން ހުރި ކަމަށް ތުހުމަތުވާ ހަތަރު މީހެއް ހައްޔަރުކޮށްފައިވޭ.
- ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން ހިންގި ހަރުކަށި ފިކުރާ ދެކޮޅު ޚާއްސަ އޮޕަރޭޝަންގައި ތުހުމަތުކުރެވޭ 10 މީހަކު ހައްޔަރުކޮށްފައިވޭ.
- އާންމު ރައްޔިތުންނާއި ފުލުހުންގެ ސީސީޓީވީ ފުޓޭޖުތައް ހިމެނޭ ގޮތަށް 200 އަށް ވުރެ ގިނަ ޕުޓޭޖުތައް ބަލައި، އެނަލައިޒްކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުން.
މި ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އެވެ. ފުލުހުން ބުނީ މީގެ އިތުރުން ހައްޔަރުކޮށްފައިވާ މީހުންނާ ހަމަލާއާ ގުޅުން ހުރިތޯ މިހާރުވެސް ބަލަމުން އަންނަ ކަމަށާއި ތަހުގީގަށް ފަހު އެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.
ޝައްކުވާ ހަތަރު މީހަކު އެބަތިބި: ފުލުހުން
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު
ނާޒިމް ދައުވާއަށް އިންކާރު،މައްސަލަ ކުރިއަށް ގެންދެެވޭނެ
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ
"ފަހުން ލިބޭ ހެކިން އިތުރު ބަޔަކަށް ދައުވާކުރެވިދާނެ"
ފާތިހު ހައްޔަރު ކުރިއިރު އެއީ ފުލުހެއް ނޫން: ޕޮލިސް
ހަމަލާއަށް ފަންޑުކުރިތޯ ބަލަން ތަހުގީގުކުރީ ރަނގަޅަށް
އަދުހަމް 23 އަހަރަށް ޖަލަށް، މާފަށް އެދުނު!
ބޮމުގެ ހަމަލާގެ ތަހުގީގަށް ނަޝީދު ބަޔާން ދެއްވައިފި
ދެން އޮތީ ފައިސާ ހަރަދުކުރި ގޮތް ބެލުން: އައްބާސް