10 ސެޕްޓެމްބަރ 2022
ރާއްޖޭގެ އިގްތިސާދަށް މި ވަގުތަށް ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތަސް ދައުލަތުގެ ހަރަދުތައް ހުރީ އިންތިހާ އަށް މަތީގައި ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ އިގްތިސާދަށް މި ވަގުތަށް ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތަސް ދައުލަތުގެ ހަރަދުތައް ހުރީ އިންތިހާ އަށް މަތީގައި ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
އެ ބޭންކުން ނެރުނު "މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު" ގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދަށް މިހާރުން މިހާރަށް ބޮޑު ނުރައްކަލެއް ނެތް ނަމަވެސް ހިންގުމުގެ ހަރަދު ބޮޑު ވެފައިވާތީ އާމްދަނީ އިތުރު ކުރަން މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ،
އެ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުގެ ތިންބައިކުޅައެއްބައި މުވައްޒަފުންގެ މުސާރަ އަށް ހޭދަކުރަމުން އަންނައިރު ދައުލަތުން ކަނޑައެޅި މިނިމަމް ވޭޖާއި މުސާރަ އެއް ހަމައަކަށް ގެނައުމަށް ކުރާ މަސައްކަތުގެ ސަބަބުން ކުރިމަގުގައި މުސާރަ އަށް މިހާރަށް ވުރެ ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭނެ އެވެ. ތަރައްގީގެ މަޝްރޫއުތައް އިތުރު ކުރާއިރު، ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުން އިތުރުވެ، ޕެންޝަންގެ ގޮތުގައި ހޭދަކުރަން ޖެހޭ ވަރު ވެސް އިތުރުވާނެ ކަމަށް ރިޕޯޓުގައި ބުނެ އެވެ.
ވޯލްޑް ބޭންކުން ބުނީ، ދައުލަތުގެ ހަރަދާއި އާމްދަނީގެ ބޮޑު ފަރަގެއް ހުރުމުން އޭގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ކޮވިޑްގެ ކުރިން ވެސް ދައުލަތުން ހަރަދުތައް ކުރީ މެނޭޖް ކުރަން ވެސް އުނދަގޫވާ ވަރަށް ކަމަށް ރިޕޯޓުގައިވެ އެވެ.
ރާއްޖެ އިން 2014 އިން 2019 ވަނަ އަހަރާ ހަމައަށް ހަރަދުތައް ކުރަމުން އައި ވަރު ގައުމުގެ އުފެއްދުންތެރިކަން ކުރިއަރަމުން އައި ވަރަށް ވުރެ ދެގުނަ އިތުރުވި ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އެއާއެކު އެއް އަހަރުން އަނެއް އަހަރުގެ ބަޖެޓު ޑެފިސިޓް ބޮޑުވެ، ދަރަނި ހޯދަން ޖެހުނު ކަމަށް ރިޕޯޓުގައި ވެ އެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ދަރަނި މިހާރު ހުރީ 100 ބިލިއަން ރުފިޔާ އަށް ވުރެ މަތީގަ އެވެ.
ވޯލްޑް ބޭންކްގެ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ދަރަނި އެހާ ބޮޑަށް އިތުރުވާން ދިމާވި މައިގަނޑު ސަބަބަކީ ބޯހިޔާވަހިކަމާއި ސިއްހީ ދާއިރާގެ މަޝްރޫއުތައް ހިންގުން އިތުރުވުމެވެ. އެ ދެ ދާއިރާ އަށް އެހާ ބޮޑަށް ހަރަދު ކުރަމުން އައި ނަމަވެސް ހުރި މައްސަލަތައް އަދިވެސް ހައްލު ނުވާ ކަން ރިޕޯޓުގައި ފާހަގަކުރި އެވެ.
ވޯލްޑް ބޭންކުން ބުނީ މި މައްސަލަތަކަށް ހައްލެއް ހޯދުމަށް އާމްދަނީ އިތުރު ކުރާނެ ގޮތްތައް ވަރަށް މުހިއްމު ކަމަށެވެ. އާމްދަނީ އިތުރު ކުރުމަށްޓަކައި ޖީއެސްޓީ ބޮޑު ކުރުމަކީ މުހިއްމު އަދި ރަނގަޅު ނިންމުމެއް ކަމަށް އެ އިދާރާ އިން ބުންޏެވެ. އިންކަމް ޓެކްސް ނަގަން ކަނޑައަޅާފައިވާ ތްރެޝްހޯލްޑް ކުޑަކުރަންޖެހޭ ކަމަށް ވެސް ރިޕޯޓުގައި ރިކޮމެންޑް ކުރި އެވެ.
ވޯލްޑް ބޭންކުން ވަނީ ސިއްހީ ދާއިރާ އާއި ބޯހިޔާވަހިކަމަށް ދައުލަތުން ކުރާ ހޭދަ ރީފޯމު ކުރަން އެދިިފަ އެވެ. އަދި އާސަންދަ ސްކީމުން ހޭދަކުރުމުގައި އެންމެ ބޭނުންތެރި މީހުންނަށް އިސްކަން ދީގެން ހަރަދުކުރެވޭނެ ނިޒާމެއް އެކުލަވައިލުމަށް އެދުނެވެ.
ވޯލްޑް ބޭންކުން ވަނީ ދައުލަތުން އާންމުންނަށް ދޭ އެހީ އާއި ޕެންޝަން ސްކީމުގެ ތެރެއިން ބައެއް ފަރާތްތަކަށް "ޑަބަލް ޕެންޝަން" ދިނުން ހުއްޓާލުމަށް އެދިފަ އެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި
ރޭޓިން ދަށްކުރިޔަސް ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
ދައުލަތުގެ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް!
ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ:ސައީދު