22 އޯގަސްޓް 2022
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހުޅުވާފައިވާ ފުރަތަމަ ކްލިނިކަށް އާސަންދައިގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހުޅުވާފައިވާ ފުރަތަމަ ކްލިނިކަށް އާސަންދައިގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
ލައިފް ސަޕޯޓު މެޑިކަލް ސާވިސަސްއިން ހިޔާގެ 12 ވަނަ ޓަވަރުގައި ހިންގާ "ހިޔާ މެޑިކަލް ސެންޓަރު" ހުޅުވީ މިދިޔަ ޖޫން 15 ގަ އެވެ. ނަމަވެސް އެތައް ހާސް ބަޔަކު ދިރިއުޅޭ ސަރަހައްދުގައި ހުންނަ ކްލިނިކުން އާސަންދަ ނުލިބި ދިގުލައިގެން ދާތީ ކަންބޮޑުވުން ފާޅުކުރި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މައުމޫން ވިދާޅުވީ ހާއްސަ އިސްކަމެއްދީ ހިޔާ މެޑިކަލް ސެންޓަރަށް އާސަންދަ ދޭން ފަށާފައިވާ ކަމަށެވެ. އެކަމުގެ ފަސޭހަ ގިނަ ބަޔަކަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކްލިނިކްގެ ހުރިހާ ހިދުމަތެއް ކަހަލަ ގޮތަކަށް ކަނޑައަޅާފައި ވަނީ އާސަންދައިގެ އަގުތަކަށެވެ. އެހެންވެ، އަމިއްލަ ޖީބުން ހަރަދެއް ނުކޮށް ފަރުވާ ހޯދޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ހިޔާ މެޑިކަލް ސެންޓަރު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"މި ތަނުގައި ތިބޭނެ ޕްރައިމަރީ ހުރިހާ ސްޕެޝަލިސްޓުން. އަދި ޓެސްޓާއި ސްކޭންތައް ވެސް ހެދޭނެ. ބޮޑެތި އޮޕަރޭޝަންތައް ކުރުން ނޫނީ ހުރިހާ ހިދުމަތެއް ހިޔާ މެޑިކަލް ސެންޓަރުން ލިބޭނެ،" މައުމޫން ވިދާޅުވި އެވެ.
އާސަންދަ ކުންފުނީގެ އޮފިޝަލަކު ކުރިން ވިދާޅުވީ، ކްލިނިކް ނުވަތަ ހޮސްޕިޓަލްތަކަށް އެ ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް އެއްފަހަރާ ހަމައަށް ހުށަހަޅާނަމަ ރަސްމީ 45 ދުވަހުގެ ތެރޭގައި އެ ނިޒާމުގެ ދަށުން ފަރުވާ ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީގައި ވެންޑާ ރަޖިސްޓްރީކުރަން 15 ވަރަކަށް ދުވަސް ނަގަ އެވެ.
ބޭނުންވާ ލިޔެކިޔުން ހަމަނުކޮށް ބައިބަޔަށް ހުށަހަޅާނަމަ އެއަށްވުރެ ދިގު މުއްދަތެއް ނަގާ ކަމަށް އާސަންދަ އިން ބުންޏެވެ. ހިޔާގެ ހަތަރު ފްލެޓުގެ ބޮޑު މިން ހުންނަ މެޑިކަލް ސެންޓަރުގައި ފަސް ކޮންސަލްޓޭޝަން ރޫމް ހުންނާނެ އެވެ. އޭގެ އިތުރުން އެކްސްރޭ، ސްކޭން، ޑެންޓަލް އަދި ކުދި ޕްރޮސީޖާތަކާއި އޮބްޒަވޭޝަންތައް ގެންދާނެ އެވެ.
ހުޅުމާލެ 2 ގެ ކްލިނިކަށް އާސަންދަ ލިބޭނެ
އީވް ކްލިނިކުން އަލުން އާސަންދަ ހިދުމަތް ދޭން ފަށައިފި
މިލިއަނުން ނަގައިގެން ކްލިނިކްތަކުން ހިންގަނީ ސްކޭމެއް
އާސަންދަ ރިފޯމްވީމަ އަމިއްލައަށް ކުރާ ހޭދަ ކުޑަވާނެ
ފަރުވާގެ އަގު ކޮންޓްރޯލްކުރަން އެބަޖެހޭ: އާސަންދަ
އާސަންދައާ ގުޅިފައިވާ ތަންތަނަށް ފައިސާގެ ދަތިކަން
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބުމާ ގާތަށް!
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"