ދައުލަތުގެ ވެލްފެއާ ނިޒާމު އެންސްޕާ މެދުވެރިވެގެން ތައިލެންޑުން ބޭސްފަރުވާ ހޯދުމަށް މި އަހަރުގެ މިހާތަނަށް 33 މީހަކަށް އެހީ ދީފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
06 ޖުލައި 2025
ދައުލަތުގެ ވެލްފެއާ ނިޒާމު އެންސްޕާ މެދުވެރިވެގެން ތައިލެންޑުން ބޭސްފަރުވާ ހޯދުމަށް މި އަހަރުގެ މިހާތަނަށް 33 މީހަކަށް އެހީ ދީފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި ސުވާލުތަކަށް އާސަންދައިން ދިން ޖަވާބުގައި ބުނީ ޔޫއޭއީ އަދި ތައިލެންޑުން ފަރުވާ ހޯދަން އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ. އެ އުސޫލުގެ ދަށުން އެކަކު މިހާރު ވެސް ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ފަރުވާ ހޯދަމުން ދާއިރު، އިތުރު ދެ މީހަކު ފަރުވާއަށް އެ ގައުމަށް ފޮނުވަން ވަނީ ހަމަޖެހިފަ އެވެ.
އާސަންދައިން ބުނިގޮތުގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް ބެންކޮކުން ފަރުވާ ހޯދަން 33 މީހަކަށް އެހީ ދިނީ އެންސްޕާއިންނެވެ. އެ މީހުންގެ ފަރުވާއަށް 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.
އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި ޔޫއޭއީ އިން ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ހިދުމަތް ފެށީ މިދިޔަ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.
ތައިލެންޑަށް ފޮނުވުމުގައި މިވަގުތު އިސްކަން ދޭނީ ގިނަ ދުވަސްތަކެއް ވަންދެން އެއް ބައްޔަކަށް އިންޑިއާ އަދި ލަންކާއިން ވެސް ފަރުވާކޮށް، އެ ބައްޔަށް ފަރުވާ ނުލިބި ތިބި މީހުންނެވެ. އަދި މިވަގުތު ޔޫއޭއީ އަށް ފޮނުވަނީ ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ މީހުން އެކަންޏެވެ.
އާސަންދައިން ކުރިން ބުނެފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓަށް ޔޫއޭއީއަށް ފޮނުވަން ނިންމީ އެ ގައުމުގެ ހެލްތު ކައުންސިލުން ކަނޑައަޅާފައި އޮންނަ ހާއްސަ މިންގަނޑެއްގެ ތެރެއިން ފަސްޓް ޑިގްރީ ޑޯނާ ނޫނަސް، ދިވެއްސެއް ނުވަތަ މުސްލިމަކު ކަމުގައިވާނަމަ އާއިލީ ގޮތުން ދުރު މީހުންނަށް ވެސް ކިޑްނީ ހަދިޔާ ކުރުމުގެ ހުއްދަ އެ ގައުމުން ދޭތީ އެވެ.
އާސަންދައިން ބުނީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ދެ މީހަކު ޔޫއޭއީއަށް ފޮނުވުމަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށެވެ.
އާސަންދައިގެ ހިދުމަތް ދިނުމަށް ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ތައިލެންޑުގެ ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލާއި ބެންކޮކް ހޮސްޕިޓަލާއެކު ކުރިން އޮތީ ސޮއިކޮށްފަ އެވެ.
ރާއްޖެ އިން ބޭރަށް އާސަންދަ ފުޅާކުރުމުގެ ބަހުސް
ޔޫއޭއީއަށް ފޮނުވަނީ ކިޑްނީ ޓްރާންސްޕްލާންޓަށް
ބޭހަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން ފަށައިފި
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބުމާ ގާތަށް!
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވަން ތައްޔާރުވަނީ
ޔޫއޭއީ، ތައިލެންޑަށް އާސަންދަ ފުޅާކުރަން ތައްޔާރުވަނީ
އައިޖީއެމްއެޗުގެ ކިއޫގައި 10،000 މީހުން
ފަރުވާއަށް ބޭރަށް ނުދެވޭ މައްސަލަ މަޖިލީހަށް