Roadha Mihaaru
ގޯތި ބަހުސްގައި އަސްލަމް ގަދަކޮށް "މާލެ މީހާއާ އެކު"

ފާޑުކިޔަސް "މާލެ މީހާ އަށް ގޮތެއް" ހޯދައިދިނުން ނުހުއްޓާނަން: އަސްލަމް

21 އޯގަސްޓް 2022

މާލޭގެ މީހުންނަށް ހިލޭ ބިން ދޫކުރުމަކީ އިންސާފެއް ނޫނެވެ؛ އަހަރުތަކަކަށް ފަހު މާލެ އިން ގޯތި ދޭން ހުޅުވާލުމާ އެކު އުފެދުނު މި ހިޔާލުތަފާތުވުންތައް އަދިވެސް ވަރަށް ހޫނެވެ. މި ބަހުސްގެ ތެރެއަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވަދެވަޑައިގެން "ގަދަކޮށް މާލެ މީހުންނާ އެކު ހުންނެވި" ކަމުގެ ޔަގީންކަން ދެއްވި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ މީހުންނަށް ހިލޭ ބިން ދޫކުރުމަކީ އިންސާފެއް ނޫނެވެ؛ އަހަރުތަކަކަށް ފަހު މާލެ އިން ގޯތި ދޭން ހުޅުވާލުމާ އެކު އުފެދުނު މި ހިޔާލުތަފާތުވުންތައް އަދިވެސް ވަރަށް ހޫނެވެ. މި ބަހުސްގެ ތެރެއަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވަދެވަޑައިގެން "ގަދަކޮށް މާލެ މީހުންނާ އެކު ހުންނެވި" ކަމުގެ ޔަގީންކަން ދެއްވި އެވެ.

އެގޮތުގައި އޭނާ ހުންނެވި ބައިވަރު ސަބަބުތަކެއް ދައްކަވަމުން ތަކުރާރު ކުރެއްވީ ޒަމާނުއްސުރެ ރާއްޖޭގައި ގޯތި ދިނުމުގައި އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން މާލޭގެ މީހުން ބާކީވެފައިވާ ކަމަށް ކުރާ ޝަކުވާ އެވެ.

އެހެންވެ، ރަށްރަށުގައި ގޯތި ދޫކުރާއިރު އެ ރަށެއްގެ މީހުންނަށް އިސްކަންދޭ އުސޫލު، މާލޭގެ މީހުންނަށް ނުހިނގަންވީ ސަބަބެއް އޮވެގެން ވާނެ ކަމަކަށް މިނިސްޓަރު ގަބޫލެއް ނުކުރައްވަ އެވެ.

އަސްލަމް ވިދާޅުވިގޮތައި ބޯދާ ޒަމާނުއްސުރެ ވެސް ރާއްޖޭގައި އޮންނަ ގޮތަކީ އާއިލާއެއް އުފެދުނީމާ ދައުލަތުން ގޯއްޗެއް ހޯދައިދިނުމެވެ. އެގޮތަށް އެކަން ކުރަމުން އައީ އޭރު ގޯތި ދޭން ބިން އޮތުމުން ކަމަށާއި މިހާރު ދަތިތަކެއް އެކަމުގައި އެބަހުރި ކަން ވެސް ފާހަގަކުރެއްވި އެވެ.

"މި ވަގުތަށް އެބަޖެހޭ ހަމަ އަސްލުގައި ވެސް މާލޭގެ ރައްޔިތުންނަށް ލިބެން ހުރި މިންވަރަކުން ގޯތި ދޭން. އަދި އެދޭ ގޯތީގައި ތަންތަން ބިނާކޮށްގެން ކުރިއަށް ގެންގޮސްދާނެއޭ، އެ ވަރުގެ މީހުން އެބަތިއްބޭ،" އަސްލަމް ވިދާޅުވި އެވެ.

ކޮންގްރެސްގެ އިއްޔެގެ ބައްދަލުވުމުގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.

ކޮންގްރެސްގެ އިއްޔެގެ ބައްދަލުވުމުގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.

މި ވިސްނުމުގައި ސަރުކާރުން ދޫކުރަން ނިންމި 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށް ކުރިމަތިލާން އޮތީ ހުޅުވާލައިފަ އެވެ. ސެޕްޓެމްބަރު 26 އަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނެ އެވެ.

އަސްލަމް ވިދާޅުވީ މިހާތަނަށް އައިއިރު 10،000 އަށް ވުރެން ގިނަ މީހުން ވަނީ ގޯއްޗަށް އެދިފައި ކަމަށެވެ. މި އަދަދަކީ ޝައުގުވެރިކަން ހުރި ވަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑާ ދިމާލަށް ވަރަށް އެއްޗެހި ވެސް އެބަކިޔާ މާލޭގެ ރައްޔިތުންނަށް ދޭތީ. އަޅުގަނޑު ގަބޫލުކުރަނީ އަސްލުގައި މާލޭގެ ރައްޔިތުންނަށް މާލެ އިން ގޯތި ދިނުމުގައި އިސްކަމެއް ގެންގުޅެން ޖެހެއޭ،" އަސްލަމް ވިދާޅުވި އެވެ.

"ހަގީގަތަކީ މިތާ [ކޮންގްރެސްގައި] މި ތިއްބެވި މަންދޫބުންނަކީ ވެސް ކޮންމެވެސް ރަށަކުން ވަޑައިގެން ތިއްބެވި ބޭފުޅުން. ތި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ތިއިން ކޮންމެ ރަށަކުން ގޯއްޗެއް ދިނަސް އެންމެ ފުރަތަމަ އިސްކަމެއް ދެެއްވަނީ އެ ރަށެއްގެ ރައްޔިތު މީހާއަށް ކަން. މާލެ މީހުންނަށް ވެސް އެބަ އޮންނަން ޖެހޭ ގޮތެއް."

މާލެ މީހުންނަށް ގޯތި ދޫކުރުމުގައި ހާއްސަ ކަމެއް މި ސަރުކާރުން ގެންގުޅުނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފާޑުކިޔަސް މާލެ ރައްޔިތުންގެ ހައްގުގެ ވާހަކަ ދައްކަން ޖެހެ އެވެ. މާލެ މީހަކަށް ނުވާތީ މާލެއިން ދޫކުރާ ގޯއްޗެއް އޭނާއަށް ލިބިވަޑައިނުންނަވާ ކަމަށާއި އެ ސަބަބަކީ މާލެ މީހާއާ އަށް ގޮތެއް އޮންނަން ނުޖެހޭ ކަމަށް ދެކިގެން ހުންނަވަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ސަރުކާރުން މާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓްތަކަށް އެހެން ރަށްރަށުގެ މީހުންނަށް ވެސް ކުރިމަތިލެވޭނެ އެވެ. މާލޭގައި 15 އަހަރަށް ވުރެން ދިގު މުއްދަތެއް ހޭދަވެ ޝަރުތު ހަމަވާނަމަ ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ގޯތި އެއީ ހާއްސަކޮށް މާލޭ މީހުންނަށް،" އަސްލަމް ވިދާޅުވި އެވެ.

ކޮންގްރެސްގެ އިއްޔެގެ ބައްދަލުވުމުގައި އަސްލަމް، ކޮންގްރެސްގެ ބައިވެރިންނާ މުހާތަބު ކުރައްވަނީ.

ކޮންގްރެސްގެ އިއްޔެގެ ބައްދަލުވުމުގައި އަސްލަމް، ކޮންގްރެސްގެ ބައިވެރިންނާ މުހާތަބު ކުރައްވަނީ.

ގިރާވަރު ފަޅު ހިއްކައިގެން އިތުރު 2،000 ގޯތި ދޫކުރުމުގެ ވައުދު ވެސް ތަކުރާރު ކުރައްވައި ވިދާޅުވީ އެކަން ވެސް މިި ވެރިކަމުގައި ކުރާނެ ކަަމަށެވެ.

މާލެއަށް ފަހު އަތޮޅުތަކުގެ ބޯހިޔާވަހިކަމުގެ ތަފްސީލްތައް ވެސް ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 14 ރަށެއްގައި 1،520 ހައުސިން ޔުނިޓު އަންނަނީ އިމާރާތްކުރަމުންނެވެ. އެންމެ ބޮޑަށް އަމާޒުވާ ސުވާލަކީ ރަށްތައް ފުރުނީމާ ބޯހިޔާވަހިކަމަށް އޮތް ހައްލަކީ ކޮބައިތޯ ކަމަށާއި އެކަމުގައި އޮތީ "އެންމެ ޖަވާބެއް ނޫން" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހޯދަން ޖެހެނީ ބައިވަރު ހައްލުތަކެއް. އެންމެންނަށް އެއް ހައްލަކުން ނުފުދޭނެ. ބައެއް މީހުންނަށް މާކެޓް ގެއެއް ގަނެވިދާނެ. އަނެއް ބައި މީހުންނަށް ލޯނެއް ނަގައިގެން ގެދޮރު ބިނާކުރުން، މަގުމަތިވަންޏާ ދައުލަތުގެ މައްޗަށް ބޯހޔާވަހިކަމެއް ދިނުން ލާޒިމު ވާނެ،" އަސްލަމް ވިދާޅުވި އެވެ.

އެއާއެކު މިލްކު ނުކުރެވޭ ގޮތަށް އަގު ހެޔޮކޮށް އުޅެވޭނެ ކައުންސިލް ހައުސިން ވެސް ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މާލެ ސަރަހައްދުގައި 10،627 ހައުސިން ޔުނިޓް އިމާރާތްކުރަމުން އަންނަ ކަަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ 5،445 ހައުސިން ޔުނިޓާއި 5،182 ހައުސިން ޔުނިޓް ކަަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތަރައްގީގެ ޕްލޭނުގައި ރާއްޖެ ގުޅާލާނެ އެވެ. ކޮވިޑާ އެކު ދެ އަހަރު ގެއްލުނަސް މަގު ހެދުމާއި ފެނާއި ނަރުދަމާ އާއި ދަތުރުފަތުރުން ގުޅާލުން ހުއްޓުމެއް ނެތި ބާރު ސްޕީޑުގައި ހިނގަމުން އަންނަ ކަމަަށް ވިދާޅުވި އެވެ.

މި ތަފްސީލުތައް ނުދެއްވަނީ އޭނާ ވިދާޅުވި ގޮތުގައި، ޕްލޭން ނިންމައި އަމަލީ މަސައްކަތް ފެށުމާ މެދު މާ ގިނަ ވާހަކަތަކެއް ދެއްކުން ފަހަރެއްގައި ރަނގަޅު ކަމަކަށް ނުވެދާނެތީ އެވެ.