19 އޯގަސްޓް 2022
ކޮލަމްބޯ (އޯގަސްޓް 19) - އިދިކޮޅު މުޒާހާރަތައް ވަރުގަދަވުމުން ގައުމު ދޫކޮށް ވަޑައިގެންނެވި ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އެނބުރި ގައުމަށް ވަޑައިގަތުމަށް ބޭނުންފުޅުވާތީ އޭނާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ލަންކާގެ މިހާރުގެ ސަރުކާރުގެ ކިބައިން އެދިވަޑައިގެންފި އެވެ.
ކޮލަމްބޯ (އޯގަސްޓް 19) - އިދިކޮޅު މުޒާހާރަތައް ވަރުގަދަވުމުން ގައުމު ދޫކޮށް ވަޑައިގެންނެވި ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އެނބުރި ގައުމަށް ވަޑައިގަތުމަށް ބޭނުންފުޅުވާތީ އޭނާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ލަންކާގެ މިހާރުގެ ސަރުކާރުގެ ކިބައިން އެދިވަޑައިގެންފި އެވެ.
އޭނާގެ ވެރިކަމުގައި އިގްތިސާދީ ގޮތުން ތަދު ހާލަތަކަށް ލަންކާ ވެއްޓުމުން އާންމުން، ރިޔާސީ ގަނޑުވަރަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ސިފައިންގެ އެހީ ތެރިކަމާ އެކު ގޮޓާބޭ މިދިޔަ މަހު ދިވެހިރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު މިހާރު ހުންނެވީ ތައިލެންޑުގަ އެވެ. މަގާމުން އިސްތިއުފާ ދެއްވިކަން ގޮޓާބޭ އިއުލާން ކުރެއްވީ ގައުމުން ބޭރުގައި ހުންނަވަ އެވެ.
ގޮޓާބޭ ކޮއްކޯފުޅު އަދި ކުރީގެ ފިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސާ ވަނީ ލަންކާގެ ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހަ އާ ބައްދަލުކުރައްވައި، ގޮޓާބޭ ލަންކާ އަށް ވަޑައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
"ރައީސް [ރަނިލް] ގެ އަރިހުގައި ބާސިލް ރާޖަޕަކްސަ އެދިވަޑައިގަތީ ކުރީގެ ރައީސް ގައުމަށް ވަޑައިގަތުމަށް އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް،" ގޮޓާބޭ ނިސްބަތްވެ ވަޑައިގަންނަވާ ސްރީ ލަންކާ ޕޮޑޫޖާނާ ޕެރަމުނާ ޕާޓީ (އެސްއެލްޕީޕީ) އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ލަންކާ ސަރުކާރުން އެކަމާ މެދު އަމަލުކުރާނެ ގޮތެއް އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.
ލަންކާގެ ކުރީގެ ރައީސުންނަށް ބޮޑީގާޑުންނާއި ކާރާއި ދިރިއުޅޭނެ ގެކޮޅެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ލަންކާގެ ގާނޫނުގައި ބުނެ އެވެ.
ލަންކާގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 21 ގައި
ވެރިކަން ވައްޓާލީ ޗައިނާއާ ހެދި: ގޮޓާބަޔަ
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
ލަންކާގެ ކުރީގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންފި
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ލަންކާއަށް އައިއެމްއެފްގެ އެހީ ދިނުން ފަސްކޮށްފި
ސިންގަޕޫރުން ގޯޓާބޭ އަށް އިތުރު 14 ދުވަހުގެ ވިސާ
ގޯޓާބޭ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ