09 އޯގަސްޓް 2022
އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރޭގައި އާއްމުކޮށް ފެތުރެމުންދާ މަންކީ ޕޮކްސް އަށް ޓެސްޓުކުރުމަށް އައިޖީއެމްއެޗްގެ ލެބޯޓްރީ ތައްޔާރުކުރަމުން އަންނަ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރޭގައި އާއްމުކޮށް ފެތުރެމުންދާ މަންކީ ޕޮކްސް އަށް ޓެސްޓުކުރުމަށް އައިޖީއެމްއެޗްގެ ލެބޯޓްރީ ތައްޔާރުކުރަމުން އަންނަ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ ގައިންގަޔަށް އަރާ ބަލިތަކަށް ޓެސްޓު ކުރެވޭނީ އެކަމަށް އެކަށީގެންވާ ފެންވަރުގައި ހުންނަ ލެބުތަކުގައި ކަމަށެވެ.
މަންކީޕޮކްސް އަށް ޓެސްޓު ކުރަން ސެޓަޕް ހަދަން މި ވަގުތު ރާވާފައި ވަނީ އައިޖީއެމްއެޗްގައި ކަމަށާއި ޓެސްޓް ކިޓް ހޯދުމުގެ އިތުރުން ޓެސްޓިން ސެޓަޕް ކުރުމަށް އިތުރު ތަކެއްޗާއި ކަންކަން ބޭނުންވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހުރިހާ ކަމެއް ފުރިހަމަވުމުން މަންކީޕޮކްސް އަށް ޓެސްޓު ކުރަން ފެށޭނެ ކަމަށެވެ. ނަމަވެސް އެކަން ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ.
އެކި ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ މަންކީޕޮކްސްއާ ގުޅިގެން ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ މިދިޔަ މަހުގެ 23 ގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.
މިހާތަނަށް 345 ގައުމަކުން 30،000 އަށްވުރެ ގިނަ މީހުން ވަނީ މަންކީޕޮކްސް ޖެހިގެން ރިޕޯޓުކޮށްފަ އެވެ.
މަންކީޕޮކްސްއަށް ޓެސްޓުކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ 250 ޓެސްޓު ކިޓް ވެސް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
ރާއްޖޭގައި ވެސް މަންކީޕޮކްސް އަށް ޝައްކުކުރެވޭ ފިރިހެނަކު ފެނިގެން މި ފަހުން ރާއްޖެ އިން ބޭރަށް ފޮނުވައިގެން ޓެސްޓުކުރި އެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
"ބްލެކް ފަންގަސް" އަށް ދޭނެ ބޭހެއް ރާއްޖެއަކު ނެތް
ކޮވިޑްގެ ކޭސްތައް އެންމެ ގިނައީ މާފަންނުގައި
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
ކޮވިޑުގައި އެޑްމިޓްކުރާ މީހުން ގިނަވެ އެނދުތައް ފުރެނީ
ބަލި ފެތުރުން ބާރުވެއްޖެ، އޮގަސްޓުގައި ދުވާލަކު 170
އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަނަށް
ހާލަތު ބިރުވެރި: ހޮސްޕިޓަލްތައް ފުރި ފަރުވާނުދެވިދާނެ!
ނުތަކާ ވަރަށް ފަރުވާދޭން ޖެހިދާނެތީ ބިރުއެބައޮތް: މޫސަ
ރާއްޖެއަކީ އޭނާގެ ނަސީބު: އިޓަލީ މީހާގެ ލޮލުން ކަރުނަ
ފަސް ސަރަހައްދެއްގައި ކޮވިޑަށް ޓެސްޓުކުރެވޭނެ ގޮތްހަދަނީ