05 އޯގަސްޓް 2022
އަންނަ އަހަރު ޓެކްސް ބޮޑުކޮށްފި ނަމަ ޓޫރިޒަމް ދާއިރާ އަށް 10 ޕަސެންޓްގެ ދަށްވުމެއް އަންނާނެ ކަމަށް މަޓާޓޯއިން ބުނެފި އެވެ.
އަންނަ އަހަރު ޓެކްސް ބޮޑުކޮށްފި ނަމަ ޓޫރިޒަމް ދާއިރާ އަށް 10 ޕަސެންޓްގެ ދަށްވުމެއް އަންނާނެ ކަމަށް މަޓާޓޯއިން ބުނެފި އެވެ.
މަޓާޓޯއިން އާންމުކުރި ބަޔާނުގައިވާ ގޮތުން ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން ގެންނަ 300 އަށް ވުރެ ގިނަ އޮޕަރޭޓަރުން ހިމެނޭ ގޮތަށް ސާވޭއެއް ހިންގާފައިވާ ކަމަށެވެ. އެ ސާވޭއިން ދައްކާ ގޮތުން ޓެކްސް ބޮޑު ކުރުމާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުގެ އަގަށް ބަދަލު ގެނެސްފި ނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާނެ އެވެ.
ސަރުކާރުން ވަނީ އަންނަ އަހަރު ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކުރަން ނިންމައިފަ އެވެ. އެ ނިންމުމަށް އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވެސް އޮތީ މަރުހަބާ ކިޔައިފަ އެވެ.
އެކަމަކު މަޓާޓޯއިން ބުނީ 2020 ވަނަ އަހަރު ކޮވިޑަށް ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން، ރާއްޖެ އަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ޓޫރިސްޓުން އައި ނަމަވެސް، ޓެކްސް ބޮޑުކުރުމާ އެކު އަގުތަކަށް ބަދަލު ގެނެސްފި ނަމަ، ރާއްޖެ އަށް އަސަރު ނުކޮށް ނުހުންނާނެ ކަމަށެވެ. ސަބަބަކީ ރާއްޖެ ފަދަ ބީޗް ޑެސްޓިނޭޝަންތައް ކަމަށްވާ ތައިލެންޑް، ބޯރާ ބޯރާ، އިންޑޮނޭޝިޔާ ފަދަ ގައުމުތައް މިހާރު ހުޅުވާލައިފައި އޮތުމެވެ.
މަޓާޓޯ އިން ބުނީ ޓެކްސް ބޮޑު ކުރުމުން އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ޓޫރިޒަމް ދާއިރާގެ މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. އެގޮތުން ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބުނެފައިވެ އެވެ. އެހެންވެ، ޓެކްސް ބޮޑު ކުރުމާ ގުޅޭ ގޮތުން ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލު ކުރަން ވަނީ އެދިފަ އެވެ.
މަޓާޓޯއިން ވަނީ މިދިޔަ ހަފްތާގައި އައިއެމްއެފްގެ ޓީމަކާ ބައްދަލުކޮށް ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފަ އެވެ.
މަޓާޓޯއިން ބުނީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަން ޓޫރިޒަމް ދާއިރާއަށް ވަރަށް ބޮޑަށް ކުރަން ފަށާފައިވާ ކަމަށެވެ. އެ ޖަމިއްޔާ އިން ބުނީ، މި އަހަރުގެ ސަމާ ސީޒަނުގައި ވެސް 30 ޕަސެންޓާއި 40 ޕަސެންޓުގެ ޑިސްކައުންޓް ރޫމްތަކުން ދިން ކަމަށެވެ. އަދި ޓެކްސް ބޮޑު ކުރުމުން އެފަދަ ބޮޑު ޑިސްކައުންޓެއް ދޭން އުނދަގޫވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
މަޓާޓޯއިން ވަނީ ޓީޖީއެސްޓީ ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން އެހެން ފިޔަވަޅުތައް އަޅަން ސަރުކާރަށް އެދިފަ އެވެ.
"ޓީޖީއެސްޓީ ބޮޑުކުރީމަ 50 މިލިއަން ޑޮލަރު ގެއްލޭނެ"
ޓީޖީއެސްޓީ ބޮޑުކުރުމުން ޓޫރިޒަމްގެ ޑިމާންޑް ގެއްލިދާނެ
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
ޓޫރިސްޓުން މަދުވެ، ޓީޖީއެސްޓީ އާމްދަނީ ދަށަށް!
ޓެކްސްގެ ބާގަނޑުން ވަދެ ރިސޯޓްތަކުން ނާޖާއިޒު ފައިދާ
"ރިޒާވް ރަނގަޅުކުރުމުގެ ފިޔަވަޅަކީ ޓެކްސް ބޮޑުކުރުން"
ކޮވިޑް-19:ހާލަތު ދެނެގަންނަން މަޓާޓޯއިން ސާވޭއެއް ކުރަނީ
ޗައިނާގެ ޓުއާ އޮޕަރޭޓަރުންނަށް ރާއްޖޭން ފުރުސަތެއް ނެތް
ޓޫރިޒަމުން ޖީޑީޕީއަށް ހިއްސާކުރާ މިންވަރު ދަށްވެއްޖެ