މާޒިޔާގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ލައްވާ އަންނަ ސީޒަނުގައި ކުޅުވަން އެ ކްލަބުންނާއި އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓުން މަޝްވަރާކުރަމުން އެބަދެ އެވެ.
03 ޖެނުއަރީ 2017
މާޒިޔާގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ލައްވާ އަންނަ ސީޒަނުގައި ކުޅުވަން އެ ކްލަބުންނާއި އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓުން މަޝްވަރާކުރަމުން އެބަދެ އެވެ.
ދަގަނޑޭ ނިއު އަށް ސޮއިކޮށްފައިވާ ކަމަށް ބުނެ އިއްޔެ ފެތުރުނު ހަބަރެއް ދޮގުކޮށް ދަގަނޑޭ ރޭ ބުނެފައިވާ ގޮތުގައި އޭނާ އަންނަ ސީޒަނުގައި ކުޅޭނެ ކްލަބެއް އަދި ނުނިންމަ އެވެ. ދަގަނޑޭ ބުނެފައިވާ ގޮތުގައި އޭނާ އަންނަނީ ބައެއް ކްލަބްތަކާ ވާހަކަދައްކަމުންނެވެ.
"ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އަހަރެން ކުޅޭނެ ކްލަބެއް ނިންމާނަން،" ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖުގައި ލިޔެފައިވެ އެވެ.
މާޒިޔާގެ ސީނިއާ އޮފިޝަލަކު ވަނީ ދަގަނޑޭއާ މަޝްވަރާކުރަމުން އަންނަކަން ޔަގީންކޮށްދީފަ އެވެ. މީގެ އިތުރުން ނިއު އިން ވަނީ ދަގަނޑޭ ގެންދަން އޭނާއާ އެކު ވާހަކަތައް ބާއްވަމުން އަންނަކަން ކަށަވަރުކޮށްދީފަ އެވެ.
ދަގަނޑޭ މާޒިޔާއާ ގުޅުނީ މެލޭޝިއާގެ ޕީޑީއާރްއެމްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު މިދިޔަ މޭ މަހު އެވެ. އޭނާ ވަނީ މާޒިޔާއާ އެކު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ މި އަހަރު އެނބުރި މެލޭޝިއާ ލީގަށް ބަދަލުވާނެ ކަމަށް ވެސް ވާހަކަދެކެވުނެވެ. އެކަމަކު މިހާރު ބެލެވޭ ގޮތުގައި އޭނާ ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ މާޒިޔާ ނުވަތަ ނިއު އިންނެވެ.
ދަގަނޑޭ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނިއު އަށް ކުޅެފަ އެވެ. އެންމެ ފުރަތަމަ 2006-2007 އަށް ނިއު އަށް ކުޅެ އެ ޓީމާ އެކު ދިވެހި ލީގު ކާމިޔާބުކޮށް އަދި އެފްއޭ ކަޕް މިލްކުކުރި އެވެ. އޭގެ ފަހުން ވީބީ އަށް ކުޅުމަށް ފަހު 2012 އަދި 2013 ގައި ނިއު ކުޅުނެވެ. ފަހު އަހަރު އޭނާ ވަނީ ނިއު އިން ރާއްޖޭގެ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ދަގަނޑޭ ކެރިއަރުގައި 400 ލަނޑު ހަމަކޮށްފި!
ދަގަނޑޭގެ ލަނޑާ އެކު މާޒިޔާ އަލުން އެއް ވަނަ އަށް
ފައިނަލުގައި މާޒިޔާއާ ވާދަކުރުމުގެ ފުރުސަތު އޮޑިއަށް
ލީގު ކަޕް ސެމީގައި މާޒިޔާ-ޓީސީ އަދި ނިއު-އޮޑި
އަނިޔާ އިން ސަލާމަތްވެ ދަގަނޑޭ އެނބުރި ނިއު އަށް
މާޒިޔާ މަގާމް ދެމެހެއްޓިއިރު، ނިއު އަށް ފުރަތަމަ މޮޅު
ފުޓްބޯޅަ އެނބުރިއައުން؛ ގެންޖެހުންތަކާއި ހިތްހަމަޖެހުން
ހަމްޕްގެ ހެޓްރިކުން މާޒިޔާއިން ނިއު ކޮޅަށް ފަސް ލަނޑު
ދަގަނޑޭ އަނިޔާގައި، މާޒިޔާއާ ދެކޮޅަށް ނުކުޅޭނެ
ނިއު އިން ދަގަނޑޭ އަށް އޮފާކޮށް، އިންތިޒާރުގައި