އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަދި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން، ރަސްމީކޮށް ނިއު ރޭޑިއަންޓާ މިރޭ ގުޅިއްޖެ އެވެ.
26 އޯގަސްޓް 2025
އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަދި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން، ރަސްމީކޮށް ނިއު ރޭޑިއަންޓާ މިރޭ ގުޅިއްޖެ އެވެ.
ދަގަނޑޭ އާއި ސެންޓޭ އަދި ސުޒޭންއާ އެކު ވެސް ނިއު އިން ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ދިވެހި ޕްރިމިއާ ލީގުން ވަކިވާން ނިންމުމުން، އެ ޖާގަ ލިބޭނީ ނިއު އަށެވެ. އެކަމަކު އެކަން ކަށަވަރު ވާނީ އެފްއޭއެމްގެ އެކްސްކޯއިން ފާސް ކުރުމުންނެވެ. މާލީ ގޮތުން އަޑިގަނޑަށް ވެއްޓިފައިވާ ކަމަށް ބުނެ ސަސް އިން ލީގު ވަކިވިޔަސް ބެލެވިފައިވާ ގޮތުގައި އެ ކްލަބުން އެގޮތަށް ނިންމީ ނިއުގެ މިހާރުގެ މެނޭޖްމެންޓާ އެކު ހެދި ޑީލެއްގެ ދަށުންނެވެ.
ސަސްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ނިޒާމް (ޕީކޭ) އާއި އަހްނަފް ރަޝީދު (އަހުއްކޮ) ވެސް ވަނީ މިރޭ ނިއު އަށް ސޮއިކޮށްފަ އެވެ.
ދެން އެ ޓީމަށް ސޮއި ކުރީ މާޒިޔާގެ ކެޕްޓަންކަން މިދިޔަ ދެ ސީޒަނުގައި ކުރި މުހައްމަދު އިރުފާން (އިރޭ) އެވެ. އަދި އެ ޓީމަށް މިދިޔަ ދެ އަހަރު ކުޅުނު ހަސަން ރާއިފް އަހްމަދު (ހަންނަ) ވެސް ނިއުއިން ސޮއި ކުރުވި އެވެ.
ނިޒާމް، އަހުއްކޮ، އިރޭ އަދި ހަންނައާ އެކު ނިއުއިން ހެދީ އެއް އަހަރުގެ އެއްބަސްވުމެކެވެ.
ދިމްޔާތު ސްޓޭގެ ކޮންފަރެންސް ރޫމުގައި ބޭއްވި ހަފުލާގައި މިރޭ ވަނީ އެއްބަސްވުންތަކުގައި ސޮއި ކޮށްފަ އެވެ.
ނިއުގެ ކޯޗުކަމަށް ސުޒޭން ހަމަޖައްސަނީ
ނިއުގެ ފައިސާއިން ބައެއް އިމްރާނާއި ދަގަނޑޭ ކުޑަކޮށްފި
ދަގަނޑޭ ކެރިއަރުގައި 400 ލަނޑު ހަމަކޮށްފި!
17،000 ޑޮލަރު ދައްކައި ނިއުގެ އަދަބު ފިލުވައިފި
މާޒިޔާގެ މަސައްކަތަށް ވާދަވެރި ޓީމުތަކުން ތައުރީފު
ނިއު އަށް ޖާގަ ދޭން މާޒިޔާގެ ކޮއްކީގެ ވޯޓު
ސަސް ޖޫރިމަނާކޮށް ނިއުއަށް އެއްވަނަ ޑިވިޝަނުން ޖާގަދީފި
ނިއުގެ ހަތުރުވެރިޔާ އެންމެ ފަހުން އެ ޓީމުގެ މިތުރަކަށް
ސެންޓޭ އެނބުރި ނިއު ރޭޑިއަންޓަށް
ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަގުވަޒަން ކުރަނީ