26 ޖުލައި 2022
މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ހެއްކާ ބެހޭ ގާނޫނަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑު ނުރައްކަލެއް ބުނެ، އެ ގާނޫނު އިސްލާހުކުރަން ރާއްޖެ އާއި ބޭރުގެ 10 ޖަމިއްޔާއަކުން އިއްޔެ ގޮވާލައިފި އެވެ.
މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ހެއްކާ ބެހޭ ގާނޫނަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑު ނުރައްކަލެއް ބުނެ، އެ ގާނޫނު އިސްލާހުކުރަން ރާއްޖެ އާއި ބޭރުގެ 10 ޖަމިއްޔާއަކުން އިއްޔެ ގޮވާލައިފި އެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގުކުރެއްވި ގާނޫނަށް ފާޑުކީ ޖަމިއްޔާތަކުގެ ތެރޭގައި ރިޕޯޓާސް ވިތައުޓް ބޯޑާސް އާއި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓާއި ހިއުމަން ރައިޓްސް ވޮޗާއި އެމްނެސްޓީ އިންޓަނޭޝަނަލް ހިމެނެ އެވެ. އަދި ރާއްޖޭގެ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް ވެސް ބައިވެރިވި އެވެ.
އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނީ އާ ގާނޫނުގެ 136 ވަނަ މާއްދާގައި ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އަމުރުކުރެވޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެ މައްސަލަތަކަކީ ކޮބައިކަމެއް ތަފްސީލްކޮށްދީފައި ނުވާ ކަމަށެވެ.
ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅޭ ކަންކަން ބަހަނާއަކަށް ދައްކައި ރާއްޖޭގެ ތާރީހުގައި މީގެ ކުރިން ނޫސްވެރިން ބަންދުކުރުމާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ނޫސްވެރިން ޖަލަށްލުން ފަދަ ކަންތައްތައް ކޮށްފައިވާތީ ކަންބޮޑުވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ހެއްކާ ބެހޭ ބިލުގައިވާ ގޮތުން ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރަން ކޯޓުތަކަށް އެންގިދާނެ އެވެ. އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ ނޫސްވެރިޔާ ތިން މަހަށް ޖަލަށް ލާން ނުވަތަ ޖޫރިމަނާކުރަން ކޯޓަށް އަމުރުކުރެވޭނެ އެވެ.
މަޖިލީހުން އެ ބިލް ފާސްކުރި ފަހުން، އެ ތަސްދީގުނުކުރުމަށް ގޮވާލައި 150 އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ރައީސް އެއިން އެއްވެސް ކަމަކަށް ޖަވާބު ނުދެއްވައި ބިލް ތަސްދީގުކުރެއްވީ އެވެ.
ޖަމިއްޔާތަކުގައި ބަޔާނުގައި ބުނީ މަސްދަރު ހާމަކުރަން މަޖުބޫރުކުރުމުގެ ސަބަބުން ބޮޑެތި މައްސަލަތަކުގައި މައުލޫމާތު ދިނުމަށް މީހުން ފަސްޖެހޭނެ ކަމަށެވެ. އަދި މަސްދަރު ހާމަކުރަން އެންގުމަކީ ހިޔާލުފާޅުކުރުމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"މީގެ އަސަރު އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ކޮރަޕްޝަނާއި އިދާރާތަކުން ނަހަމަގޮތުގައި ބާރު ބޭނުންކުރުން ފަދަ ދާއިރާތަކުން ތަހުގީގީ ނޫސްވެރިކަން ކުރާ މީހުންނަށް ވަރަށް ބޮޑަށް ކުރާނެ،" ބަޔާނުގައި ބުންޏެވެ.
އެހެންވެ، ބަޔާނުގައި ވަނީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނާއި މިންގަނޑުތަކާ އެއް ގޮތަށް ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރަން ނުވަތަ ނުވަތަ އެ ގާނޫނު އުވާލުމަށް ގޮވާލައިފަ އެވެ. އަދި ހަ މަސް ފަހުން އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުންނާ މަޝްވަރާކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
ޖަމިއްޔާތަކުން ބުނި ގޮތުގައި އެ ބިލް ދިރާސާކުރަމުން ދިޔައިރު އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހުށަހެޅި ކަންބޮޑުވުންތައް ބަލައި ނުގަތް ކަމަށާއި އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އެދުނު ކަންކަމަށް ވެސް މަޖިލީހުން ދިނީ ބީރު ކަންފަތެއް ކަމަށެވެ.
ހެއްކާ ބެހޭ ބިލް ތަސްދީގުކުރުމުން ސަރުކާރަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކުން ދިފާއުވެ، ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ ހެއްކާ ބެހޭ ބިލް މަޖިލީހުން ފާސްކުރީ ގިނަ ދުވަސްތަކެއް ވަންދެން ދިރާސާކޮށް، އަދި ގިނަ ބައެއްގެ ހިޔާލު ހޯދުމަށް ފަހު ކަމަށެވެ.
އެ ގާނޫނު އޮތްގޮތުން މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވޭނީ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި އަދި ވަކި ހާއްސަ ކަންތައްތަކެއް ފުރިހަމަވެގެން ކަމަށާއި އަދި މަސްދަރު ހާމަކުރަން އެންގިޔަސް، އެ ނިންމުން އިސްތިއުނާފް ކުރެވިދާނެ ކަމަށް ބުންޏެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށާއި އަދި ނޫސްވެރިކަން ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން އަބަދުވެސް ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
ބައެއް މައްސަލަތަކުގައި މަސްދަރު ހާމަކުރެވޭ ގޮތަށް މަޖުބޫރުކޮށްފި
މަސްދަރު ހާމަކުރަންޖެހޭ މައްސަލާގައި އެއްމޭޒަކަށް
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރަން މަސައްކަތްކޮށްދޭނަން"
ނޫސްވެރިކަމަށް ހުރަހެއް ނާޅާނަން: ސަރުކާރު
މަސްދަރު ހާމަނުކޮށްފިއްޔާ ނޫސްވެރިން ޖަލަށް!
މީޑިއާގެ މިނިވަންކަމުގައި ރާއްޖެ 15 ދަރަޖަ ފަހަތަށް!
ނޫސްވެރިކަމަށް މިނިވަންކަން ލިބުމުން އުފާކުރަން: ރައީސް
މަސްދަރު ހާމަ ކުރުމާ ބެހޭ މާއްދާ އުނިކުރަން ގޮވާލައިފި