ޓްރީޓޮޕް ހޮސްޕިޓަލްގެ ނާސިން ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
30 ޖޫން 2022
ޓްރީޓޮޕް ހޮސްޕިޓަލްގެ ނާސިން ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓްރީޓޮޕާއި ވިލާ ކޮލެޖް ގުޅިގެން ކުރިއަށް ގެންދާ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ޑިޕްލޮމާ އަދި އަންޑަ ގްރެޑުއޭޓް ޑިގްރީ އަށް ހިލޭ ކިޔެވުމުގެ ފުރުސަތު، ޝަރުތުހަމަވާ ދަރިވަރުންގެ ތެރެއިން ހޮވާލެވޭ ހަތް ދަރިވަރަކަށް ލިބެ އެވެ.
އެ ސްކޮލަޝިޕްތަކުގެ މަގްސަދަކީ ދާއިރާގައި ދިވެހި ޒުވާން މަސައްކަތްތެރިން އުފެއްދުމާއި ތައުލީމީ ރޮނގުން ނަރުހުން ބާރުވެރިކޮށް، ހިދުމަތް ފުޅާކުރުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީޓޮޕުން ބުނީ އެއީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އެކަމަށް މަގުފަހިވާނެ ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
Tree Top Hospital is pleased to announce the TTH Nursing Scholarship 2022 for students pursuing Diplomas and Undergraduate Degrees in Nursing at Villa College
— Tree Top Hospital (@treetophospital) June 29, 2022
For more information: https://t.co/n8H8XfGSRG#treetophospital #nursing #nursingscholarship #undergraduatedegree pic.twitter.com/6HeZkk9GLT
ވިލާކޮލެޖުން ސެޕްޓެމްބަރު އިންޓޭކުގައި ކުރިމަތިލުމަށް ހުޅުވާލި ބީއެސްސީ (އޮނާސް) ނާސިން (އިންޓަނޭޝަނަލް) ޓޮޕް-އަޕް އަދި ޑިޕްލޮމާ އިން ނާސިން، މި ދެކޯހުގެ ބައިވެރިންގެ ތެރެއިން ޖުމަލް ހަތް ބައިވެރިއަކަށް ޓްރީޓޮޕް ސްކޮލަޝިޕް ލިބޭނެ އެވެ. އޭގެތެރޭގައި ހިމެނެނީ ބީއެސްސީގެ ދެ ޖާގަ އާއި ޑިޕްލޮމާ އަށް ފަސް ޖާގަ އެވެ.
ސްކޮލަޝިޕް ލިބޭނީ ވިލާ ކޮލެޖްގެ އެޑްމިޝަން ކަންތައް ނިމި، އެ ކޯހުން ޖާގަ ޔަގީން ކޮށްފައިވާ ދިވެހި ދަރިވަރުންނަށެވެ. އަދި އެހެން ސްކޮލަޝިޕެއްގައި ކިޔަވާ ނުވަތަ ވިލާ ކޮލެޖު ނޫން އެހެން ކޮލެޖެއްގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް އެ ސްކޮލަޝިޕެއް ނުލިބެ އެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ދަރިވަރުން، އަންނަ ސެޕްޓެމްބަރު މަހު 19 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން އެޕްލިކޭޝަން ފޯމާ އެކު ބޭނުންވާ ލިއުންތައް، education@treetophospital.com އަށް އީމެއިލް ކުރުމުން ރަޖިސްޓާ ވާނެ އެވެ. ޓްރީޓޮޕް ނާސިން ސްކޮލާޝިޕް ގެ ދަށުން މިހާރުވެސް ހަތް ދަރިވަރަކު އަންނަނީ އެ ހޮސްޕިޓަލުގެ ހަރަދުގައި ނަރުސްކަން ކިޔަވަމުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުމާއެކު ނަރުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ރަޖިސްޓާޑް ނަރުހުންނާއި މިޑް ވައިފްގެ އެހީތެރިކަން ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ނަރުހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ވިލާ ކޮލެޖުން ހަތް ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ނާސިން ކިޔަވާ ކުދިންނަށް ޓްރީޓޮޕުން ސްކޮލާޝިޕް ދެނީ
ވިލާ ކޮލެޖުގެ މޭ އިންޓޭކާއި ސްކޮލަޝިޕަށް ހުޅުވާލައިފި
ވިލާ ކޮލެޖުގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ޓްރީޓޮޕް އިން ކުޑަހުވަދޫގައި ހެލްތު ކޭމްޕެއް ބާއްވަނީ
ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ފުރުސަތު ހުޅުވާލައިފި
ޓްރީޓޮޕް ހޮސްޕިޓަލްގައި ހިތުގެ އާ ޕްރޮސީޖާއެއް ހަދައިފި
ވިލާ ކޮލެޖުން އާ ކޯސްތަކެއް ތައާރަފްކޮށްފި
އެސްތެޓިކް ހިދުމަތްތަކަށް ކްލަބް ޕްރިމިއާ ޑިސްކައުންޓު
ވިލާ ކޮލެޖުން ބިނާކުރަނީ ފައިނޭންސް ދާއިރާގެ މާހިރުން