ވިލާ ކޮލެޖުގެ ސްކޮލަޝިޕް ސްކީމުގެ ދަށުން މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގައި ސްކޮލަޝިޕު ކާމިޔާބު ކުރި ހަތް ދަރިވަރުން ކަނޑައަޅައި އެކަމާ ގުޅޭ ލިޔުން ހަވާލުކޮށްފި އެވެ.
22 އެޕްރީލް 2025
ވިލާ ކޮލެޖުގެ ސްކޮލަޝިޕް ސްކީމުގެ ދަށުން މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގައި ސްކޮލަޝިޕު ކާމިޔާބު ކުރި ހަތް ދަރިވަރުން ކަނޑައަޅައި އެކަމާ ގުޅޭ ލިޔުން ހަވާލުކޮށްފި އެވެ.
އެ ކޮލެޖުގެ ކެމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދަރިވަރުންނާ ސްކޮލާޝިޕް ހަވާލުކޮށްދެއްވީ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ.
ވިލާ ކޮލެޖުން ކޮންމެ އަހަރަކު ވެސް ހުޅުވާލާ ސްކޮލަޝިޕް ސްކީމުގެ ދަށުން މިދިޔަ އަހަރު ސްކޮލަޝިޕް ދީފައި ވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ ވިލާ ކޮލެޖް އޯޕަން ސްކޮލަޝިޕާއި ވިލާ ކޮލެޖް އެލަމްނައި ސްކޮލަޝިޕާއި ވިލާ ކޮލެޖް / ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕް އަދި ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިސްއެބިލިޓީސް އެވެ.
އެ ކޮލެޖުގެ މިދިޔަ އަހަރުގެ އޯޕަން ސްކޮލަޝިޕް ދެ ދަރިވަރަކު ކާމިޔާބު ކުރި އެވެ. އެއީ މުހައްމަދު ހަމްދޫނާއި އުމަރު ސާލިމް މުހައްމަދު އެވެ. އެލަމްނައި ސްކޮލަޝިޕް ލިބުނީ އަހުމަދު ހަނޫޝް އަލީ އާއި އަރީބް ހުސެއިން އަށެވެ. ވިލާ ކޮލެޖް / ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލަޝިޕް ކާމިޔާބު ކުރީ މުހައްމަދު ނައުފް ނިޒާރު އާއި އިސްމާއިލް ހޫދު ރިޒްވީ އެވެ. އަދި ސްކޮލަޝިޕް ފޯ އިންޑިވިޖުއަލްސް ވިތު ޑިސްއެބިލިޓީސް ސްކޮލާޝިޕް ކާމިޔާބު ކުރީ އިރުޝާދު ގާސިމެވެ.
ވިލާ ކޮލެޖުގެ ސްކޮލަޝިޕް ސްކީމްގެ ބޭނުމަކީ އެ ކޮލެޖުން ހިންގާ ފުލް-ޓައިމް ކޯސްތަކުގައި، ފުރިހަމަ މާލީ އެހީތެރިކަމާ އެކު މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިނުމެވެ. ވިލާ ކޮލެޖުން ބުނީ އެއީ ދަރިވަރުންގެ ހުނަރުތައް ތަރައްގީކޮށް، އެ ދަރިވަރުންގެ ކުރިމަގު އުޖާލާ ކޮށްދިނުމަށް މަސައްކަތް ކުރާ ކޮލެޖެއް ކަމަށާއި އެ ސްކީމަކީ އެ މަގުސަދުގައި ހިންގާ ސްކީމެއް ކަމަށެވެ.
ވިލާ ކޮލެޖުން ކޮންމެ އަހަރަކު ވެސް ސްކޮލަޝިޕް ފުރުސަތަށް ހުޅުވައިލަ އެވެ. އެއީ އަމިއްލަ ޕްރޮގުރާމުތަކާއި ބޭރުގެ އެކި ޔުނިވާސިޓީތަކާ ގުޅިގެން ވެސް އެކި ޕްރޮގުރާމުތައް ހިންގާ ކޮލެޖެކެވެ.
ޓްރީޓޮޕް ނާސިން ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ވިލާ ކޮލެޖުގެ މޭ އިންޓޭކާއި ސްކޮލަޝިޕަށް ހުޅުވާލައިފި
ވިލާ ކޮލެޖުގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ފުރުސަތު ހުޅުވާލައިފި
ވިލާ ކޮލެޖުން އާ ކޯސްތަކެއް ތައާރަފްކޮށްފި
ވިލާ ކޮލެޖުން ބިނާކުރަނީ ފައިނޭންސް ދާއިރާގެ މާހިރުން
ޒަކާތު ފަންޑުން ސްކޮލަޝިޕަށް ހުޅުވާލަނީ
ވިލާ ކޮލެޖުން ސައިބާ ސެކިއުރިޓީން މީހުން ބިނާކުރަނީ
މެއި އިންޓޭކަށް ވިލާ ކޮލެޖުގެ އާ ކޯސްތަކެއް
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕަށް މިހާރު ކުރިމަތިލެވޭނެ