ޓެކްނޮލޮޖީގެ ތަރައްގީއާ އެކު މުޅި ދުނިޔެ ޑިޖިޓަލައިޒްވެ އޮންލައިން މުއާމަލާތްތަކަށް ބަރޯސާވެފައި އޮތް އިރު, ސައިބާ ހަމަލާތަކާއި ޑޭޓާ ވަގަށް ނެގުމާއި އޮންލައިންކޮށް މަކަރާ ހީލަތުން ފައިސާ ހޯދުން ފަދަ މައްސަލަތައް ރާއްޖޭގައި ވެސް ދަނީ ކުރިމަތިލަމުންނެވެ. ރާއްޖޭގައި ވެސް ގިނަ މުއާމަލާތްތަކަކާއި ހިދުމަތްތަކެއް އޮންލައިންވެފައި ހުރި އިރު, ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން އެ ދާއިރާއަށް އިލްމީ މީހުން ބޭނުންވެ އެވެ. އެކަމަށް މިހާރު ވެސް ކުންފުނިތަކުގެ ޑިމާންޑު އެބަ އޮތެވެ. މިކަންތައްތައް ދެނެގަނެ އެ ދާއިރާއަށް ހާއްސަ، ވިލާ ކޮލެޖުގެ ސްކޫލް އޮފް ކޮމްޕިއުޓާ ސައިންސްއިން ވަނީ ބެޗްލާ އޮފް ސައިންސް އިން ސައިބާ ސެކިއުރިޓީގެ ނަމުގައި ޑިގްރީ ޕްރޮގުރާމެއް ލޯންޗުކޮށްފަ އެވެ.
ޓެކްނޮލޮޖީގެ ތަރައްގީއާ އެކު މުޅި ދުނިޔެ ޑިޖިޓަލައިޒްވެ އޮންލައިން މުއާމަލާތްތަކަށް ބަރޯސާވެފައި އޮތް އިރު, ސައިބާ ހަމަލާތަކާއި ޑޭޓާ ވަގަށް ނެގުމާއި އޮންލައިންކޮށް މަކަރާ ހީލަތުން ފައިސާ ހޯދުން ފަދަ މައްސަލަތައް ރާއްޖޭގައި ވެސް ދަނީ ކުރިމަތިލަމުންނެވެ. ރާއްޖޭގައި ވެސް ގިނަ މުއާމަލާތްތަކަކާއި ހިދުމަތްތަކެއް އޮންލައިންވެފައި ހުރި އިރު, ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން އެ ދާއިރާއަށް އިލްމީ މީހުން ބޭނުންވެ އެވެ. އެކަމަށް މިހާރު ވެސް ކުންފުނިތަކުގެ ޑިމާންޑު އެބަ އޮތެވެ. މިކަންތައްތައް ދެނެގަނެ އެ ދާއިރާއަށް ހާއްސަ، ވިލާ ކޮލެޖުގެ ސްކޫލް އޮފް ކޮމްޕިއުޓާ ސައިންސްއިން ވަނީ ބެޗްލާ އޮފް ސައިންސް އިން ސައިބާ ސެކިއުރިޓީގެ ނަމުގައި ޑިގްރީ ޕްރޮގުރާމެއް ލޯންޗުކޮށްފަ އެވެ.
ސައިބާ ސެކިއުރިޓީގެ ދާއިރާގައި ހުރި އެކި މައްސަލަތައް ދެނެގަނެ, އެ ކަންކަމަށް ބޭނުންވާ އަމަލީ, ޒަމާނީ ހައްލުތައް ހިމަނައިގެން ތިއަރީ އާއި އަމަލީ ތަޖުރިބާތަކާ އެކު ފަރުމާކޮށްފައިވާ އެ ކޯހަކީ ތިން އަހަރުގެ ކޯހެކެވެ. އެ ޕްރޮގްރާމު ފަރުމާކޮށްފައި ވަނީ ދަރިވަރުންނަށް ނެޓްވޯކްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ސައިބާ ހަމަލާތަކުން ދިފާއުވުމާއި ޑިޖިޓަލް ފޮރެންސިކް އަދި ސެކިއުރިޓީ އޮޑިޓްކުރުން ފަދަ މުހިންމު ދާއިރާތައް ހިމަނައިގެންނެވެ.
ވިލާ ކޮލެޖުގެ ސައިބާ ސެކިއުރިޓީ ޕްރޮގުރާމާއި ގުޅޭ ޕޯސްޓެއް.
ބެޗްލާ އޮފް ސައިންސް އިން ސައިބާ ސެކިއުރިޓީ ޕްރޮގްރާމަކީ އިންޑަސްޓްރީގައި ގަބޫލުކުރެވޭ ސިސްކޯ ސީސީއެންއޭ ސެޓިފިކޭޝަންތަކުގެ ތެރޭގައި ހިމެނޭ ރޫޓިން އެންޑް ސްވިޗިން، ވަޔަލެސް އެސެންޝަލްސް، އެންޓަޕްރައިޒް ނެޓްވޯކިން، އިންޓްރޮޑަކްޝަން ޓު ނެޓްވޯކްސް، އަދި ސެކިއުރިޓީ އެންޑް އޮޓޮމޭޝަންއަށް ދަރިވަރުން ތައްޔާރުކޮށްދޭ ޕްރޮގްރާމެކެވެ. މިއީ ވަޒީފާގެ މައިދާނަށް ނުކުންނަ އިރު, އެ ދާއިރާއަށް އިތުރަށް އަހުލުވެރިކޮށް, ދަރިވަރުންގެ ގާބިލުކަން އިތުރުކޮށްދޭނެ ކަމެކެވެ.
އެ ޕްރޮގުރާމާއި ގުޅޭ ގޮތުން ވިލާ ކޮލެޖުގެ ސްކޫލް އޮފް ކޮމްޕިއުޓާ ސައިންސްގެ ހެޑް އުދުމާ އަބްދުލް ލަތީފް ވިދާޅުވީ އެ ޕްރޮގުރާމް ފަރުމާކޮށްފައި ވަނީ އެ ދާއިރާ އިން ބޭނުންވާ އަމަލީ ފަހުމާއި ފުޅާ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ބޮޑު ސަމާލުކަމެއް ދީގެން ކަމަށެވެ. އަދި އެ ޕްރޮގްރާމަކީ އިންޑަސްޓްރީގެ ބޭނުންތައް ދެނެގަނެ ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ ހަމައެކަނި އެކަޑެމިކް ޕްރޮގްރާމެއް ނޫން. މިއީ އިންޑަސްޓްރީގެ ބޭނުންތަކަށް ބަލައި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އަދި ޕްރޮފެޝަނަލް ސެޓިފިކޭޝަން އިމްތިހާނުތަކަށް ދަރިވަރުން ތައްޔާރުކޮށްދޭ ޕްރޮގްރާމެއް. އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ، މި ޕްރޮގްރާމުން ދަސްވެނިވާއިރު، ރާއްޖެ އާއި ބޭރުގެ ވަޒީފާގެ ބާޒާރުގައި ވާދަކުރެވޭނެ ފެންވަރުގެ، ގާބިލް ޒުވާނުންތަކެއް އުފެއްދުން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިބާ ސެކިއުރިޓީއާ ގުޅޭ ކޯހެއް ތައާރަފްކުރުމާއި ގުޅިގެން އެ ދާއިރާގެ ތަޖުރިބާކާރަކު ވަނީ އެފަދަ ކޯހެއްގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.
"މިއަދު ރާއްޖެއަށް ބަލާއިރު ވެސް، ސަރުކާރާއި ކުންފުނިތަކާއި އަދި އާންމު ފަރުދުންނަށް ވެސް ސައިބާ ހަމަލާތަކުގެ ނުރައްކާ އެބައޮތް. މިކަމުން ރައްކާތެރިވުމަށްޓަކައި ހަމައެކަނި ޓެކްނޮލޮޖީއެއް ނުފުދޭ. އަމަލީ ހުނަރާއި މައްސަލަ ހައްލުކުރުމުގެ ގާބިލްކަމާއި އެންމެ ފަހުގެ އިންޑަސްޓްރީ މިންގަނޑުތަކަށް އަހުލުވެރިވެފައިވާ މީހުން ބޭނުންވޭ. ސީސީއެންއޭ ފަދަ ސެޓިފިކޭޝަންތަކާ އެކު މިފަދަ ޑިގްރީއެއް ފުރިހަމަކުރާ ދަރިވަރުންނަށް ވަޒީފާގެ ބާޒާރުގައި ވަރަށް ބޮޑު ތަރުހީބެއް ލިބޭނެކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.
އެ ޕްރޮގުރާމުގެ ކަރިކިއުލަމް ފަރުމާ ކުރުމުގައި ދުނިޔޭގައި އެ ދާއިރާއިން ގަބޫލުކުރެވޭ އެންމެ ފަހުގެ މިންގަނޑުތަކަށް ހާއްސަ ސަމާލުކަމެއް ވަނީ ދީފަ އެވެ. އެގޮތުން އެ ޕްރޮގުރާމު ފަރުމާކޮށްފައި ވަނީ އެސޯސިއޭޝަން ފޯ ކޮމްޕިއުޓިން މެޝިނަރީ (އޭސީއެމް) އާއި އައިއީއީއީ ކޮމްޕިއުޓިން ސޮސައިޓީގެ ކަރިކިއުލަމް ގައިޑްލައިންތަކާއި ޔޫކޭގެ ބްރިޓިޝް ކޮމްޕިއުޓިން ސޮސައިޓީ (ބީސީއެސް)ގެ ކޮމްޕިއުޓިން ކަރިކިއުލަމްތަކާ އަޅާ ކިޔައި, އެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. އަދި ދުނިޔޭގެ މަޝްހޫރު ޓެކްނޮލަޖީ ކުންފުންޏެއް ކަމަށްވާ ވާވޭގެ އެކަޑަމީގެ ކޯސްތަކާ ވެސް އެ ޕްރޮގުރާމުގެ މުހިއްމު ބައިތައް ވަނީ ގުޅުވާލައިފަ އެވެ.
އެ ޕްރޮގުރާމާ ގުޅުމުގެ ޝައުގުވެރިކަން އެތައް ދަރިވަރުންނެއް ފާޅުކޮށްފައިވާ އިރު, އެތަނުން އެއް ދަރިވަރަކު ބުނީ ސައިބާ ސެކިއުރިޓީގެ މުހިއްމުކަން މިހާރު ވަރަށް ބޮޑަށް އިހުސާސް ކުރެވޭ ކަމަށެވެ. އަދި އެ ޕްރޮގުރާމަކީ ސިސްކީ ސެޓިފިކޭޝަން ހިމެނޭ ޕްރޮގުރާމަކަށްވުމުން އެ ޕްރޮގުރާމަކީ ވަޒީފާގެ މައިދާނުގައި ބޭނުންތެރި މައުލޫމާތުތަކެއް ލިބޭނެ ޕްރޮގުރާމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ބުންޏެވެ.
މި ޕްރޮގުރާމާ އެކު ރާއްޖޭގެ ސައިބާ ސެކިއުރިޓީގެ ދާއިރާއަށް ގާބިލު ބަޔަކު ތަމްރީނުކުރެވޭނެ އެވެ. މިއީ ސަރުކާރުގެ އެކި އިދާރާތަކުން ދެމުންދާ އޮންލައިން ހިދުމަތްތަކާއި އެކި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުގެ އޮންލައިން މުއާމަލާތްތައް ރައްކާތެރިކުރަން ހުނަރުވެރި ޒުވާނުންތަކެއް ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ޕްރޮގުރާމެކެވެ. ރާއްޖެއަށް ބޭނުންތެރި މިފަދަ އެކި ދާއިރާތަކުގެ ޕްރޮގުރާމުތައް ވިލާ ކޮލެޖުން ދަނީ ތައާރަފްކުރަމުންނެވެ.
ނޯޓު: މިއީ، ވިލާ ކޮލެޖުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
ވިލާ ކޮލެޖުން ބިނާކުރަނީ ފައިނޭންސް ދާއިރާގެ މާހިރުން
މެއި އިންޓޭކަށް ވިލާ ކޮލެޖުގެ އާ ކޯސްތަކެއް
ވިލާ ކޮލެޖުން މެއި މަހުގެ އިންޓޭކަށް ހުޅުވާލައިފި
ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގެ ފުރުސަތު އިތުރުކުރަނީ
ވިލާ ކޮލެޖްގައި "ބްރެއިން ލެބް" ހުޅުވައިފި
ވިލާ ކޮލެޖުގެ ކޯސްތަކުން ސްކޮލަޝިޕް ދެނީ
ވިލާ ކޮލެޖުން އަންނަ ޖެނުއަރީ އިންޓޭކަށް ހުޅުވާލައިފި
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
"މަތީ ތައުލީމުގެ ޓްރެންޑު ސެޓު ކުރަނީ ވިލާ ކޮލެޖުން"
ވިލާ ކޮލެޖުން މަތީ ވަނަ ހޯދި ދަރިވަރުންނަށް އެވޯޑްދީފި