މި އަހަރު އޭ ލެވެލް ނަތީޖާ ލިބުނު ދަރިވަރުންނަށް ހާއްސަކޮށް ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.
16 ޖެނުއަރީ 2025
މި އަހަރު އޭ ލެވެލް ނަތީޖާ ލިބުނު ދަރިވަރުންނަށް ހާއްސަކޮށް ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.
ވިލާ ކޮލެޖުން ވަނީ ޖެނުއަރީ އިންޓޭކުގެ އޮރިއަންޓޭޝަން މި މަހުގެ 19 ގައި ފަށަން ހަމަޖެހިފައިވާތީ އެ އިންޓޭކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ވީހާވެސް އަވަހަކަށް އެޕްލައިކުރަން އެދިފަ އެވެ. މި މަހު އެ ކޮލެޖުން ފުރުސަތު ހުޅުވާލާފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި، ޔޫކޭގެ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑުގެ ޕްރޮގްރާމްތަކާއި މެލޭޝިއާގެ ސައިބާޖާޔާ ޔުނިވާސިޓީ އާއި ޓޭލާސް ޔުނިވާސިޓީގެ އެކި ދާއިރާތަކުގެ ޕްރޮގްރާމުތައް ހިމެނެ އެވެ.
ވިލާ ކޮލެޖުން ފުރުސަތު ހުޅުވާލާފައިވާ ޕްރޮގުރާމުތަކުގެ ތެރޭގައި:
- އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް
- ޓީޗިން (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ، އިސްލާމް، ގުރުއާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް)
- ޝަރީއާ އެންޑް ލޯ
- ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ
- ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް
- އޭވިއޭޝަން މެނޭޖްމެންޓް
- އިންޓަނޭޝަނަލް ބިޒްނަސް
- މާކެޓިން، މާސް ކޮމިއުނިކޭޝަން
- އެސޯސިއޭޝަން އޮފް ސެޓިފައިޑް ޗާޓަޑް އެކައުންޓެންޓްސް (އޭސީސީއޭ) ގެ ކޯސްތައް
- ހިއުމަން ރިސޯސް
- އިންޖިނިއަރިން (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް، ސިވިލް އިންޖިނައރިން)
- ނާސިން
- ޕަބްލިކް ހެލްތު، ހެލްތު ސާވިސަސް މެނޭޖްމަންޓް
- އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ސައިކޮލޮޖީ އަދި ކައުންސެލިން
- ޑާޓާ ސައިންސް، ރިސާޗް
- ކަލިނަރީ އާޓްސް
ވިލާ ކޮލެޖުން ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކުގެ އިތުރު މައުލޫމާތު އެ ކޮލެޖުގެ ވެބްސައިޓުން ލިބޭނެ އެވެ.
އެ ކޮލެޖުގެ ޑިގްރީ ޕްރޮގްރާމްތަކަށް އޭ ލެވެލް ދެ ފާސް އޮތް ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ. އޭ ލެވެލް ދެ ފާހުގެ ގޮތުގައި އެސްއެސްސީ ފާސް ވެސް އެ ކޮލެޖުން ބަލައިގަނެ އެވެ.
އޭލެވެލް ދެ ފާސް ހަމަނުވާ ދަރިވަރުންނަށް އެ ކޮލެޖުގެ ފައުންޑޭޝަން ކޯހެއް ފުރިހަމަކުރުމަށް ފަހު ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ހޯދޭނެ އެވެ. ފައުންޑޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނީ އޯ ލެވެލްގެ ތިން މާއްދާއިން ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ.
ވިލާ ކޮލެޖުން ބުނީ ކިޔަވާނެ ވަކި ދާއިރާއެއް ހިޔާރުނުކުރާ ދަރިވަރުންނަށް ވަކި ދާއިރާއެއް ހިޔާރު ކުރުމަށް ބޭނުންވާ ކެރިއާ ގައިޑަންސްގެ ހިދުމަތް އެ ކޮލެޖުން ލިބެން ހުންނާނެ ކަމަށެވެ. އެ ހިދުމަތް ފޯނު މެދުވެރިކޮށް އަދި ކޮލެޖަށް ގޮސްގެން ހޯދޭނެ އެވެ.
ޓައިމްސް ހަޔާ އެޑިއުކޭޝަންއިން ވިލާ ކޮލެޖު ރޭންކްކޮށްފި
ވިލާ ކޮލެޖުގެ އޮރިއަންޓޭޝަން ވީކް ކުރިއަށް ދަނީ
ޔުނިވާސަލް ހަރަދުގައި 5 ދާއިރާއިން ކިޔެވުމުގެ ފުރުސަތު
ވިލާ ކޮލެޖުން އާ ކޯސްތަކެއް ތައާރަފްކޮށްފި
ވިލާ ކޮލެޖުން ހަތް ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ވިލާ ކޮލެޖުން ބިނާކުރަނީ ފައިނޭންސް ދާއިރާގެ މާހިރުން
ވިލާ ކޮލެޖުން ސައިބާ ސެކިއުރިޓީން މީހުން ބިނާކުރަނީ
މެއި އިންޓޭކަށް ވިލާ ކޮލެޖުގެ އާ ކޯސްތަކެއް
ވިލާ ކޮލެޖުން މެއި މަހުގެ އިންޓޭކަށް ހުޅުވާލައިފި
ވިލާ ކޮލެޖްގައި "ބްރެއިން ލެބް" ހުޅުވައިފި