ވިލާ ކޮލެޖުގެ ސްކޮލަޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖުގެ ސްކޮލަޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މީގެ ތިން އަހަރު ކުރިން ފެށިގެން ދެމުން އަންނަ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދީފަ އެވެ.
ވިލާއިން ހުޅުވާލާފައިވާ ސްކޮލަޝިޕްގެ ތެރޭގައި ހިމެނެނީ ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕާއި ވިލާ ކޮލެޖު/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕާއި ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕް އަދި ވިލާ ކޮލެޖު ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕެވެ.
މި ކެޓަގަރީން ހުޅުވާލާފައިވަނީ ތިން ސްކޮލަޝިޕެވެ. އެއީ ފައުންޑޭޝަނާއި ޑިގްރީ އަދި މާސްޓާސް ފެންވަރުން ސްކޮލަޝިޕެވެ. އެ ފުރުސަތުތަކަށް ދަރިވަރުން ހޮވުމުގައި ބަލާނީ އެންމެ މަތީ ފާސް ހޯދާފައިވާ ދަރިވަރުންނަށް ކަމަށް ކޮލެޖުން ބުންޏެވެ.
ހައި ސްކޫލުން އޭ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް ވިލާ ކޮލެޖުގައި ޑިގްރީއަށް ކިޔެވޭނެ އެވެ. މި ސްކޮލަޝިޕަށް ކުރިމަތިލެވޭނީ ވިލާ ހައި ސްކޫލުން އޭ ލެވެލް ނިންމިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްނުވާ ދަރިވަރުންނަށް އެކަންޏެވެ.
ވިލާ ކޮލެޖުން ކިޔެވުން ނިންމާފައިވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މި ފުރުސަތުގައި މާސްޓާސް އާއި ޑިގްރީ ފެންވަރަށް ކިޔެވުމަށ،ް ކޮންމެ ކެޓަގަރީއަކުން ފުރުސަތެއް ލިބޭނެ އެވެ. އެގޮތުން ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ އެންމެ މަތީން ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ.
ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕް ދެނީ ރަށްރަށުގައި ހުންނަ ކެމްޕަސްތަކަށް ހާއްސަކޮށްގެންނެވެ. ވިލާއިން ބުނިގޮތުގައި އެ ސްކޮލަޝިޕް ދޭނީ ދަރިވަރުން ތިބޭ ނިސްބަތަށެވެ.
މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ކުރިމަތިލެވޭ ވިލާ ކޮލެޖު ސްކޮލަޝިޕްތައް ހާއްސަކޮށްފައިވަނީ ޖެނުއަރީ އިންޓޭކަށް އެކަންޏެވެ.
ވިލާ ކޮލެޖުގެ މޭ އިންޓޭކާއި ސްކޮލަޝިޕަށް ހުޅުވާލައިފި
ވިލާ ކޮލެޖުން ހަތް ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ސްޓެލްކޯގެ ހަރަދުގައި އިންޖިނިއަރިން ކިޔަވައިދެނީ
ވިލާ ކޮލެޖުން މެއި މަހުގެ އިންޓޭކަށް ހުޅުވާލައިފި
ޕެންޝަން އޮފީހުން ސްކޮލާޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފި
އެގްރިކަލްޗާގެ ދާއިރާތަކުން ކިޔަވަން ސްކޮލާޝިޕްތަކެއް
މި އަހަރު 138 ދަރިވަރަކަށް ސްކޮލަޝިޕް ދީފި
ޔުނިވާސަލްގެ ހަރަދުގައި ސްޕެޝަލައިޒް ވުމުގެ ފުރުސަތު
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ހުޅުވާލައިފި