26 ޖޫން 2022
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް (އާރުސީސީ)ން ހުޅުމާލޭގައި އިމާރާތްކޮށްދިން މިސްކިތް އަންނަ ހޮނިހިރު ދުވަހު ހުޅުވަން ނިންމައިފި އެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް (އާރުސީސީ)ން ހުޅުމާލޭގައި އިމާރާތްކޮށްދިން މިސްކިތް އަންނަ ހޮނިހިރު ދުވަހު ހުޅުވަން ނިންމައިފި އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އާރުސީސީން އަޅާ "މަސްޖިދު ރަޝީދު" އަންނަ ހޮނިހިރު ދުވަހުގެ ރޭ އިޝާ ނަމާދަށް ހުޅުވައި، އެ މިސްކިތުގައި ނަމާދުކުރަން ފެށޭނެ ކަމަށެވެ. އަދި އެ މިސްކިތް ހުޅުވުމުން މިހާރު ނަމާދުކުރަމުން ގެންދާ ވަގުތީ މިސްކިތް ކަމަށްވާ "މަސްޖިދުލް ފިތުޔާ" ގައި ނަމާދުކުރުން ހުއްޓާލާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އެންގުމަށް މަސްޖިދުލް ފިތުޔާގައި ނަމާދުކުރުން ހުއްޓާލަން ނިންމާފައި ވަނީ އަލަށް ހުޅުވާ މިސްކިތަކީ އެއްފަހަރާ 1،200 މީހުންނަށް ނަމާދުކުރެވޭ ވަރުގެ ޖާގަ ބޮޑު މިސްކިތަކަށް ވެފައި، ކައިރިކައިރީގައި ދެ މިސްކިތް ހުރުމުން ކަމަށް އެ ބަޔާނުގައިވެ އެވެ.
ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ފަހަތުގައި އޮންނަ މަގުގައި އެ މިސްކިތް އަޅަން އާރްސީސީން ފެށީ 2020 ގަ އެވެ. ދެ ބުރީގެ އެ މިސްކިތަކީ މިހާރު ހުޅުމާލޭގައި ހުންނަ އެންމެ ބޮޑު އެއް މިސްކިތައް ވާނެ އެވެ.
އާރުސީސީގެ އެއް ޑިރެކްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ކުރިން ވިދާޅުވި ގޮތުގައި ރާއްޖޭގައި މިސްކިތެއް ބިނާކުރުމަކީ އެ ކުންފުނީގެ ޗެއާމަން އަދި އޭނާގެ ބައްޕަ އަބްދުއްރަޝީދާއި އެމްޑީ އަދި ބޮޑުބޭބެ އިބްރާހިމް ރަޝީދުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.
މިސްކިތުގެ ބިންގާ އެޅިތާ ދުވަސްކޮޅެއް ފަހުން އަބްދުއްރަޝީދު ވަނީ އަވަހާރަވެފަ އެވެ.
އާރުސީސީން ބުނި ގޮތުގައި، އެ މިސްކިތް ހިމެނޭ ސަރަހައްދުގައި ހަދާ ހަތަރު ޕާކިން ޒޯނާ އެކު 150 އަށް ވުރެ ގިނަ ސައިކަލު އެ ތަނުގައި ޕާކް ކުރެވޭނެ އެވެ. އެއީ އެ މިސްކިތަށް ނަމާދަށް ދާ މީހުންނަށް ހާއްސަކޮށްގެން ހެދި ޕާކިން ޒޯނުތަކެވެ.
ހުޅުމާލެ 3 ގެ ފުރަތަމަ މިސްކިތް އަޅަން ބިން ދީފި
ފޭސް2ގައި 100 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް
އާރްސީސީން ހުޅުމާލޭގައި އަޅައިދިން މިސްކިތް ހުޅުވައިފި
ހުޅުމާލޭގެ ބިމުގެ 33 ޕަސެންޓް އަސާސީ ހިދުމަތްތަކަށް
އާރުސީސީން ހުޅުމާލޭގައި މިސްކިތެއް އިމާރާތް ކުރަނީ
އެފްއޭއެމުން އަތުން އަތުލި ބިމާގުޅޭ ޝަކުވާ ބަލަނީ
ހުޅުމާލޭގެ ފިތުރޯނުގަސްތައް ހުރި ބިން ވިޔަފާރިތަކަށް
އެޗްޑީސީ އަށް 14 ބިލިއަން ރުފިޔާ ލިބެންޖެހޭ: ފަޒުލް
އެސްޖޭގެ ބިމާ ގުޅޭ ސުވާލުތައް ހޫނުވެއްޖެ
ހުޅުމާލެއިން ހިލޭދޫކުރި ގޯތިތަކުގެ އަގަށް 5.4ބިލިއަން