02 ޖުލައި 2022
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން ހުޅުމާލޭގައި އަޅައިދިން މިސްކިތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ހުޅުއްވައި ދެއްވައި، އެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރަން ފަށައިފި އެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން ހުޅުމާލޭގައި އަޅައިދިން މިސްކިތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ހުޅުއްވައި ދެއްވައި، އެ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރަން ފަށައިފި އެވެ.
އާރުސީސީން ހިލޭ ބިނާކޮށްދިން "މަސްޖިދުއް ރަޝީދު" މިރޭ ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ އިޝާ ނަމާދުގެ ޖަމާއަތުގެ ބައިވެރިވެ ވަޑައިގެންފަ އެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ވެސް ބައިވެރިވެ ވަޑައިގަތެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) އަށް މިސްކިތުގެ މޮޑެލްއެއް ހަދިޔާކުރަނީ. --- ފޮޓޯ/ރައީސް އޮފީސް
މަސްޖިދުއް ރަޝީދަކީ 1،200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތުގައި އަންހެނުން ވަކިން ނަމާދުކުރާ ބައެއް ވެސް ހުރެ އެވެ.
ހުޅުމާލޭ އަމިން އެވެނިއު ކައިރީގައި އިމާރާތްކުރި މި މިސްކިތް ހުޅުވުމާ އެކު، އެ ސަރަހައްދުގައި ހުރި ވަގުތީ މިސްކިތް މަސްޖިދުލް ފިތުޔާ ގައި ނަމާދުކުރުން ހުއްޓާލާނެ އެވެ. އެއީ މަސްޖިދުއް ރަޝީދަކީ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މިސްކިތަކަށް ވާތީ އާއި ކައިރި ކައިރީގައި ދެ މިސްކިތް ހުރުމުންނެވެ.
އާރުސީސީން ހުޅުމާލޭގައި މިސްކިތެއް އިމާރާތް ކުރަނީ
އާރުސީސީގެ މިސްކިތް ހޮނިހިރު ދުވަހު ހުޅުވަނީ
ހުޅުމާލޭގައި އިމާރާތްކުރި މިސްކިތް ރައީސް ހުޅުވައިފި
ކިންގް ސަލްމާން މިސްކިތް ވަގުތީ ގޮތުން ހުޅުވަނީ
މާދަމާ ޖަމާއަތުގައި ނަމާދުކުރަން ފަށަނީ
ދިވެހިންނަށް ތަރާވީސްކޮށްދޭ ޕާކިސްތާނުގެ ޑޮކްޓަރު
ނަމާދަށް ހުރި އިމާމަށް ހަމަލާދޭން އުޅެނިކޮށް ހައްޔަރު
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
ހުޅުމާލެ 3 ގެ ފުރަތަމަ މިސްކިތް އަޅަން ބިން ދީފި
އާޒިމް އެދުނީ މިސްކިތްތައް ދިވެހިންގެއަތުން ސާފުކުރުމަށް