16 ޖެނުއަރީ 2020
އިމާރާތް ކުރުމުގެ މަސައްކަތުގައި ރާއްޖޭގައި އެންމެ މަޝްހޫރު އެއް ކުންފުނި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ން ހުޅުމާލޭގައި މިސްކިތެއް އަޅަން ނިންމައި އެ ތަނުގެ ބިންގާ މިއަދު އަޅައިފި އެވެ.
އިމާރާތް ކުރުމުގެ މަސައްކަތުގައި ރާއްޖޭގައި އެންމެ މަޝްހޫރު އެއް ކުންފުނި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ން ހުޅުމާލޭގައި މިސްކިތެއް އަޅަން ނިންމައި އެ ތަނުގެ ބިންގާ މިއަދު އަޅައިފި އެވެ.
އަމީން އެވެނިއު ފްލެޓްތަކުގެ ބިއްދޮށުން (އިރުދޭމާ ހިނގުން) ސެންޓްރަލް ޕާކް ކައިރީގައި އިމާރާތް ކުރާ ތިން ބުރީގެ މި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އާރުސީސީގެ ޗެއާމަން އަބްދުއްރަޝީދާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
އާރުސީސީން ބުނީ، މިއީ ހުޅުމާލޭގައި މިހާތަނަށް އިމާރާތް ކުރާ އެންމެ ބޮޑު މިސްކިތް ކަމަށެވެ.
އެއްފަހަރާ 1،300 މީހުންނަށް ނަމާދު ކުރެވޭ މި މިސްކިތުގައި އަންހެނުންނަށް ވެސް ޚާއްސަ ބައެއް ހުންނާނެ އެވެ.
އާރުސީސީން ބުނިގޮތުގައި، މިސްކިތް ހިމެނޭ ސަރަހައްދުގައި ހަދާ ހަތަރު ޕާކިން ޒޯނާ އެކު 150 އަށް ވުރެ ގިނަ ސައިކަލު އެ ތަނުގައި ޕާކް ކުރެވޭނެ އެވެ. މިއީ އެ މިސްކިތަށް ނަމާދަށް ދާ މީހުންނަށް ހާއްސަ ކޮށްގެން ހަދާ ހަތަރު ޕާކިން ޒޯނެކެވެ.
އާރުސީސީން ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ މިއަދު އަޅުއްވައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރު އަސްލަމް ވިދާޅުވީ ހުޅުމާލޭގެ އެ ސަރަހައްދުގައި މިހާރު ދެ މިސްކިތް ހުރި ނަމަވެސް އެ ސަރަހައްދުގެ އެންމެންނަށް ނަމާދު ކުރެވޭ ޖާގަ އެ މިސްކިތްތަކުގައި ނެތް ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ، އާރުސީސީގެ މި މިސްކިތުގެ ސަބަބުން އެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށެވެ.
"މި ނެއިބާ ހުޑްގައި ގާތްގަޑަކަށް 20،000 މީހުން ދިރިއުޅޭ. އެހެން ކަމުން މި ސަރަހައްދުގައި ދެ މިސްކިތް ހުރި ނަމަވެސް އެންމެންނަށް ނަމާދު ކުރެވޭ ޖާގައެއް އެ މިސްކިތްތަކުގައި ނެތް. ހަމަ ޔަގީނުން ވެސް މި މިސްކިތް ވާނީ މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ނަމާދަށް އެރުމުގައި ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް." އަސްލަމް ވިދާޅުވި އެވެ.
މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު (މ) އާއި އާރުސީސީގެ ޗެއާމަން (ކ) އަދި އެމްޑިީ (ވ) ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ:: ނިޝާން އަލީ/ މިހާރު
އާރުސީސީގެ އެއް ޑިރެކްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވީ، ރާއްޖޭގައި މިސްކިތެއް ބިނާކުރުމަކީ އެ ކުންފުނީގެ ޗެއާމަން އަދި އޭނާގެ ބައްޕަ އަބްދުއްރަޝީދާއި އެމްޑީ އަދި ބޮޑުބޭބެ އިބްރާހިމް ރަޝީދުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަން ނުވެ ދިޔައީ އެ ފުރުސަތު ނުލިބުމުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އިރުގެ ހަކަތަ ބޭނުންކޮށްގެން މިސްކިތުގެ ބޮޑު ބައެއްގެ ކަރަންޓު އުފެއްދޭ ގޮތަށް ބިނާކުރުން. އެހެންކަމުން ދައުލަތަށް މި މިސްކިތަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުތަނުން ކުޑަވާނެ،" ނާޒިމް
ދަނގެތި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި ގޮތުގައި، މިއީ ޒަމާނީ ފެންވަރަށް ހަދާ މިސްކިތަކަށް ވެފައި ދައުލަތުން އެ މިސްކިތަށް ކުރަން ޖެހޭ ހަރަދު ވެސް ކުޑަ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން، އެ މިސްކިތުގައި، އިރުގެ ހަކަތަ އިން ކަރަންޓު އުފެއްދުމަށް ސޯލާ ޕެނަލްތައް ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާރުސީސީން ހުޅުމާލޭގައި އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ބައެއް އިސްވެރިންނާއި އާއިލާގެ ބައެއް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އަޅުގަނޑުމެންގެ އަމާޒަކީ އިރުގެ ހަކަތަ ބޭނުންކޮށްގެން މިސްކިތުގެ ބޮޑު ބައެއްގެ ކަރަންޓު އުފެއްދޭ ގޮތަށް ބިނާކުރުން. އެހެންކަމުން ދައުލަތަށް މި މިސްކިތަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުތަނުން ކުޑަވާނެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ، މި މިސްކިތުގެ މަސައްކަތް ފެށުމަށް އިސްލާމިކް މިނިސްޓްރީ އާއި އެޗްޑީސީގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. އަދި މިސްކިތުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފަށައި 2022 ގައި އެއްކޮށް މަސައްކަތް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި މިހާރު ހަތް މިސްކިތެއްގައި ނަމާދުކުރެ އެވެ.
އާރްސީސީން ހުޅުމާލޭގައި އަޅައިދިން މިސްކިތް ހުޅުވައިފި
އާރުސީސީގެ މިސްކިތް ހޮނިހިރު ދުވަހު ހުޅުވަނީ
ސިފައިން/ފުލުހުންގެ ފްލެޓްތައް އާރުސީސީއާ ހަވާލުކުރަނީ
ދިވެހިންނަށް ތަރާވީސްކޮށްދޭ ޕާކިސްތާނުގެ ޑޮކްޓަރު
ނަމާދަށް ހުރި އިމާމަށް ހަމަލާދޭން އުޅެނިކޮށް ހައްޔަރު
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
ހުޅުމާލެ 3 ގެ ފުރަތަމަ މިސްކިތް އަޅަން ބިން ދީފި
އާޒިމް އެދުނީ މިސްކިތްތައް ދިވެހިންގެއަތުން ސާފުކުރުމަށް
ފޭސް2ގައި 100 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް
މުނި ހޯމްއިން ހުޅުމާލެ 2ގައި އެޅި މިސްކިތް ހުޅުވައިފި