ދ. ކުޑަހުވަދޫގައި ވިއްކާ ގޮތަށް އާރުސީސީން ފުރަތަމަ ފަހަރަށް އިމާރާތްކުރާ ފްލެޓުތަކުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
ދ. ކުޑަހުވަދޫގައި ވިއްކާ ގޮތަށް އާރުސީސީން ފުރަތަމަ ފަހަރަށް އިމާރާތްކުރާ ފްލެޓުތަކުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
މިއީ ރާއްޖޭގައި އެންމެ ފުޅާކޮށް އިމާރާތްކުރުމުގެ ވިޔަފާރިކުރާ އެއް ކުންފުނި އާރުސީސީން މާލެ އިން ބޭރުގައި ހިންގާ ފުރަތަމަ ހައުސިން ޕްރޮޖެކްޓު ވެސް މެ އެވެ. އަދި މާލެ އިން ބޭރުގައި ވެސް ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކުން ހިންގާ ގެދޮރުވެރިކަމުގެ ފުރަތަމަ މަޝްރޫއު އެވެ.
އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ރަސްމިއްޔާތުގައި މުއްތަލިބާއި އާރުސީސީގެ ޗެއާމަން މުހައްމަދު ނާޒިމާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަދި ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު ވަނީ "މާވޭރު" ގެ ނަން ދީފައިވާ ޓަވަރުގެ ބިންގާ އަޅުއްވައި ދެއްވައިފަ އެވެ.
ކުޑަހުވަދޫގައި އާރުސީސީން އިމާރާތްކުރާ ފްލެޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއްތަލިބު އިއްޔެ ވާހަކަ ދައްކަވަނީ.
އާރުސީސީން ކުޑަހުވަދޫގައި އިމާރާތް ކުރަނީ ތިން ކޮޓަރީގެ އެޕާޓުމަންޓް ހިމެނޭ ދެ އިމާރާތެވެ. އެ ޕްރޮޖެކްޓުގެ ދަށުން ހަދާނީ ޖުމުލަ 160 އެޕާޓުމަންޓް ކަމަށް އެ ކުންފުނިން ބުންޏެވެ. ކޮންމެ އިމާރާތެއްގައި ހުންނާނީ 80 އެޕާޓުމަންޓެވެ. ދެ ލިފްޓާ އެކު ޒަމާނީ ވަސީލަތްތައް ވެސް އެ ތަންތަނުގައި ގާއިމް ކޮށްފައި ހުންނާނެ ކަމަށް އާރުސީސީން ވަނީ ބުނެފަ އެވެ.
އާރުސީސީގެ ޗެއާމަން ނާޒިމް ވިދާޅުވީ، އިއްޔެ ފެށީ 80 އެޕާޓުމަންޓު ހިމެނޭ ފުރަތަމަ އިމާރާތުގެ މަސައްކަތް ކަމަށެވެ. އެއީ ދޮޅު އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
"އެ އިމާރާތް ނިމުމާ އެކު، ދެވަނަ އިމާރާތުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ނާޒިމް ވިދާޅުވި އެވެ.
ކުޑަހުވަދޫގައި އާރުސީސީން އިމާރާތްކުރާ ފްލެޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބާއި އާރުސީސީގެ ބައެއް އިސްވެރިން އަދި ބައެއް އެހެން މީހުން އިއްޔެ ބައިވެރިވަނީ.---ފޮޓޯ: އާރުސީސީ
"މާވޭރު" ޕްރޮޖެކްޓުގެ ފްލެޓްތައް ވިއްކަނީ ބޭންކު މެދުވެރިކޮށް ގަނެވޭ އުސޫލެއްގެ ދަށުންނެވެ. ޖުމުލަ 1.5 މިލިއަން ރުފިޔާ އަށް ވިއްކާ އެ ފްލެޓްތަކުގެ ބިންގާ އިއްޔެ އެޅިއިރު 50 ޕަސެންޓު ވިކިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ކުޑަހުވަދޫގައި އާރުސީސީން އިމާރާތްކުރާ ފްލެޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އާރުސީސީގެ ޗެއާމަން ނާޒިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އާރުސީސީ
"ބިންގާ އެޅުމާ އެކު ވެސް ވަރަށް ގިނަ ފަރާތްތަކުން އިތުރަށް ޝައުގުވެރިކަން އެބަ ފާޅުކުރޭ. އަޅުގަނޑަށް ފާހަގަކުރެވެނީ ވަރަށް ތަރުހީބު ބޮޑު ކަމަށް،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، ކުޑަހުވަދުއަކީ ތަރައްގީ އަށް ވަރަށް ބޮޑަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއް ކަމަށާއި އެ ރަށުގެ އުމްރާނީ ތަރައްގީ ފެނިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، ހައުސިން ޕްރޮޖެކްޓުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.
ކުޑަހުވަދޫގައި އާރުސީސީން އިމާރާތްކުރާ ފްލެޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބާއި އާރުސީސީގެ ބައެއް އިސްވެރިން އަދި ބައެއް އެހެން މީހުން އިއްޔެ ބައިވެރިވަނީ.--- ފޮޓޯ: އާރުސީސީ
ކުޑަހުވަދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ކައުންސިލްގެ އަމާޒަކީ، އަލަށް ހިއްކި ސަރަހައްދުގައި 320 އެޕާޓްމަންޓް ތަރައްގީ ކުރުމެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޖާދުﷲ ވިދާޅުވެފައި ވަނީ އާރުސީސީގެ ހައުސިން ޕްރޮޖެކްޓު ނިމުމާ އެކު، އޭގެ ދެ ވަނަ ޕްރޮޖެކްޓެއް ވެސް ފަށާނެ ކަމަށެވެ.
ކުޑަހުވަދޫގައި އަޅާ ފްލެޓްތަކުގެ 50 ޕަސެންޓް ވިކިއްޖެ
ކުޑަހުވަދޫގައި 160ފްލެޓުގެ ދެ އިމާރާތް ހަދައި ވިއްކަނީ
މިނިސްޓަރުގެ އުންމީދަކީ އަގު ހެޔޮ ހައުސިން މާކެޓެއް
ސިފައިން/ފުލުހުންގެ ފްލެޓްތައް އާރުސީސީއާ ހަވާލުކުރަނީ
ޖާހުގެ އެޕާޓްމަންޓުތައް ނިންމަން އާރުސީސީއާ ހަވާލުކޮށްފި
މި ފަހަރު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު
ފުރަތަމަ އެންމެ ނިކަމެތި މީހުން ހޯދުން، ދެން ހައްލު!
ނާޒިމްގެ ވެރިކަމެއްގައި ގެދޮރު ހަދާނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު!
މާލެއަށް ނާޒިމްގެ އިންގިލާބީ ތަސައްވަރެއް
ގޯތިތައް އަތުނުލާނަން، ކޮށްދޭނީ އާބާދު: ނާޒިމް