Roadha Mihaaru
މާލެއަށް ނާޒިމްގެ އިންގިލާބީ ތަސައްވަރެއް

މާލެ އަށް ނާޒިމްގެ ތަސައްވަރު: ރޭލް، ޝޮޕިން މޯލްތައް، ތީމް ޕާކްތައް

20 އޯގަސްޓް 2023

ރޭލްވޭ އާއި ސިނަމާތަކާއި ޝޮޕިން މޯލް އަދި އިންޓަނޭޝަނަލް ތީމް ޕާކެއް ހިމެނޭ ގޮތަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް، މާލެ ސަރަހައްދަށް ގެންގުޅުއްވާ ތަސައްވަރު ރޭ އާންމުކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރޭލްވޭ އާއި ސިނަމާތަކާއި ޝޮޕިން މޯލް އަދި އިންޓަނޭޝަނަލް ތީމް ޕާކެއް ހިމެނޭ ގޮތަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް، މާލެ ސަރަހައްދަށް ގެންގުޅުއްވާ ތަސައްވަރު ރޭ އާންމުކުރައްވައިފި އެވެ.

"އުޖާލާ ޒަމާން"ގެ ނަމުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނގެތި ދާއިރާގެ މެމްބަރު ނާޒިމްގެ ވެރިކަމެއްގައި މާލޭގައި ހިންގަން ވިސްނާފައިވާ ބިޔަ 16 ޕްރޮޖެކްޓެއްގެ މައުލޫމާތު އޭނާގެ ކެމްޕެއިންގެ ޓީމުން ރޭ ހާމަކުރި އެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓެއްގެ ގޮތުގައި އޮތީ މޮނޮރެއިލް ނުވަތަ އެކްސްޕްރެސް ރެއިލް ޕްރޮޖެކްޓެވެ. މީގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އަދި މާލެ އާއި ވިލިމާލެ ގުޅާލާނެ އެވެ. މޮނޮރެއިލް ޓާމިނަލްތަކާއި އޯވާލެޕް ބްރިޖް ކަނެކްޝަންތައް ހަދަން ވަނީ ނިންމައިފަ އެވެ.

ބޯހިޔާވަހިކަމުގެ މެގަ ޕްރޮޖެކްޓެއް ވެސް ނާޒިމްގެ ޕްލޭންގައި އެބަ އޮތެވެ. އެ ޕްރޮޖެކްޓްގެ ދަށުން މާލެ އަދި ދަފްރަތުގައި ތިބި މީހުންނަށް ގޯތި ނުވަތަ ފްލެޓް ދިނުމަށް ހިމެނުއްވި އެވެ. ހިއްކައިގެން ގޯތި ދޭ ތަންތަނުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ޒަމާނީ ސިޓީތަކެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ވެސް ނާޒިމްގެ ތަސައްވުރުގެ ބައެކެވެ.

ދެން އެ ތަސައްވުރުގައި އޮތޯ ގޯތިގެދޮރުގެ ވާހަކަ އެވެ. ގޯތި އޮވެ، އެ ތަނުގައި ގެދޮރު ނޭޅިފައި ތިބި މީހުންނަށް ސަރުކާރުން ސޮވަރެންޓީ ގެރެންޓީ ދީގެން ގޯތި ހަދައިދިނުމާއި ހަދަން ފަށައި ނުނިމި ހުރި ހައުސިން މަޝްރޫއުތައް ނިންމައިދޭނެ އެވެ.

މާލެ ސަރަހައްދަށް ނާޒިމް ގެންގުޅުއްވާ ތަސައްވަރު ދައްކުވައިދޭ ކުރެހުމެއް

މާލެ ސަރަހައްދަށް ނާޒިމް ގެންގުޅުއްވާ ތަސައްވަރު ދައްކުވައިދޭ ކުރެހުމެއް

ދެން ޕްލޭންގައި އޮތީ ދަރުބާރުގެ ހުރި ކޮށްޓަށް ގެންނަ ބިޔަ ޕްރޮޖެކްޓެކެވެ. އެއީ ކޮންވެންޝަން ޓޫރިޒަމް ޕްރޮޖެކްޓެކެވެ. މީގެ ދަށުން 25 ބުރީގެ ދެ އިމާރާތް ހަދައި، އެ ތަން ތަރައްގީކުރާނެ އެވެ.

- ކޮންވެންޝަން ފްލޯސް

- ޝޮޕިން މޯލް.

- ސިޓީ ހޮޓެލް.

- ޕާކިން ބިލްޑިންގް.

- އޮވާލެޕް ބްރިޖް.

މި ތަނުން 100 ވިޔަފާރީގެ ފުރުސަތު ފަހިކޮށް 20 ޒުވާނަކަށް ވިޔަފާރިވެރިން އަދި 10 އަންހެން ވިޔަފާރިވެރިންނަށް ފުރުސަތު ދޭނެ ކަމަށް ޕްލޭނުގައި ހިމަނާފައި ވެ އެވެ.

ނާޒިމްގެ ޕްލޭންގައި މިހާރުގެ ކޮމާޝަލް ހާބަރު ހުރި ސަރަހައްދަށް ވެސް ޕްރޮޖެކްޓެއް ވަނީ ރާވައިފަ އެވެ. އެއީ ފެރީ އެރައިވެލް އަދި ޑިޕާޗާ ހާބަ ޕްރޮޖެކްޓެވެ. އެ ޕްރޮޖްކެޓްގައި ޓާމިނަލްތަކާއި އޮވަލެޕް ބްރިޖް ކަނެކްޝަންރަކާއި އެލެވޭޓާސް އަދި އެސްކަލޭޓާސްތައް ގާއިމްކުރާނެ އެވެ.

ބާޒާރު މަތީގައި ހުންނަ އަތޮޅު ފިހާރަތައް ހިމެނޭ ސަރަހައްދަށް ކަނޑައަޅާފައި ވަނީ ޝޮޕިން ސެންޓަ ޕްރޮޖެކްޓެކެވެ. މި ޕްރޮޖްކްޓްގައި ހިމެނޭ ބައިތަކަކީ:

- ޕާކިން ފްލޯސް.

- ހައިޕަ މާކެޓް ފްލޯސް.

- ސިނަމާ.

- ފުޑް ކޯޓްސް.

- އޮވަލެޕް ބްރިޖް ކަނެކްޝަން.

- އެލަވޭޓާސް، އެސްކަލޭޓާސް.

އެމްއެންޕީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާ: މާލެއަށް ވިސްނާފައިވާ ތަސައްވަރު ހާމަކުރި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާ: މާލެއަށް ވިސްނާފައިވާ ތަސައްވަރު ހާމަކުރި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހަމައެއާއެކު، ޒަމާނީ މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހެދުމުގެ ޕްރޮޖެކްޓް ވެސް ހިމަނާފައިވެ އެވެެ. މި ތަން ތަަރައްގީ ކުރާނީ މިހާރު ރޯމަސްމާރުކޭޓް ހުރި ތަނުގަ އެވެ. އަދި މިހާރުގެ ލޯކަލް މާރުކޭޓް ވެސް ނަގައި، ފަޅުން ބަޔަކާ އެކު ޒަމާނީ މާރުކޭޓެއް އަޅާނެ އެވެ.

ނާޒިމްގެ ޕްލޭންގައި ދެން އޮތީ ހުޅުމާލޭގައި މިހާރު ހަދަން ފަށައި ހުއްޓިފައިވާ ވޯޓާ ޕާކް ސަރަހައްދު ތަރައްގީ ކުރުމުގެ ތަސައްވަރެވެ. ތީމް ޕާކް ޕްރޮޖެކްޓްގެ ގޮތުން، އެ ތަނުގައި އިންޓަނޭޝަނަލް ތީމް ޕާކްކަކާ އެކު ސޮޕިން ސެންޓަރުތަކާއި ޕާކިން ބިލްޑިން އަދި ޓްވަރިސްޓް ރޫމްތައް ހަދާނެ އެވެ.

އަދި، ސެންޓްރަލް ޕާކް ސަރަހައްދުގައި އެކުއޭރިޔަމް މޯލް ޕްރޮޖެކްޓެއް ހިންގަން ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އެތަނުގައި ޑްބާއީ މޯލްގައި ހުންނަ ފަދަ އެކުއާރިޔަމްއެއް ތަރައްގީކުރާނެ އެވެ. އަދި ސޮޕިން މޯލްރަކާއި ފުޑް ކޯޓްސް އަދި އެންޓަޓައިމެންޓް ފްލޯސް ހަދާނެ އެވެ.

ޓެކްނޮލޮޖީ ޕާކެއް ވެސް ހަދަން ނާޒިމް ބޭނުންވެ އެވެ. އެ ޕްރޮޖެކްޓްގެ ދަށުން ސައިންސް ސެންޓަރާއި ލައިބްރަރީ އާއި އައިޓީ ކިޔަވައިދޭ ކްލާސްރޫމްތަކާއި ސޯޓްސޭ އެކަމަޑޭޝަނާއި އައިޓީ ފެއާ ބޭއްވޭނެ ހޯލްތަކާއި އިންޓަނޭޝަނަލް ކޯލްސެންޓަރުތައް ގާއިމްކުރަން ވަނީ ރާވައިފަ އެވެ.

ހެޕިނަސް ސިޓީ ޕްރޮޖެކްޓްގެ ނަމުގައި ވެސް މަޝްރޫއުއެއް ހިންގަން ޕްލޭންގައި އެބަ އޮތެވެ. އެ ޕްރޮޖެކްޓްގެ ދަށުން ރާވާފައިވަނީ މޯލްޑިވިއަން ސެންޓަރަކާއި، އިންޑޯ ކުޅިވަރު އެކުވެންޏަކާއި އައިސް ސްކޭޓް ޕާކަކާއި މިޔުޒިކް ހޯލަކާއި ތިއޭޓަރެއް އަދި ބޯލިން ހޯލެއް ގާއިމް ކުރާށެވެ. އޭގެއިތުރުން، އިންޑޯ ސާފިން ޕޫލް، ޖިމް އަދި ޑޭކެއާ ސެންޓަރެއް ވެސް ޕްލޭންގައި ހިމަނާފައިވެ އެވެ.

ޕާކިން ބިލްޑިން ޕްރޮޖެކްޓްގެ ދަށުން މާލެ އަދި ހުޅުމާލޭގައި ޕާކިން ބިލްޑިންގްތަކެއް ގާއިމް ކުރަން ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އަދި، ޕެޓް ހަބް ޕްރޮޖެކްޓްގެ ދަށުން ޕެޓަށް ފަރުވާދޭނެ ޕެޓް ކެއާ ސާވިސް ސެންޓަރުތަކެއް ގާއިމްކުރާނެ އެވެ.

ނާޒިމްގެ ޕްލޭންގައި ރޯޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓެއް ވެސް ހިމަނާފައިވެ އެވެ. އޭގެ ހިމެނޭ ބައިތަކަކީ:

- މާލޭ ހުރިހާ މަގެއް ރީ ޑިޒައިން ކުރުން.

- ފެން ހިންދާނެ ނިޒާމެއް ގާއިމް ކުރުން.

- މަގު ބައްތިތައް ސޯލާ ކުރުން.

- ސްމާޓް ސިޓީއަކަށް ބޭނުންވާނެ ވަސީލަތްތައް ގާއިމްކުރުން.

- ފަޔާ ހައިޑްރަންޓް މަގުތަކުގައި ހަރުކުރުން.

- ޑިވޯޓަރިން ކުރެވޭނެ ނިޒާމް މަގުތަކުގައި ހުރުން.

- ޒަމާނީ ޓްރެފިކް ލައިޓް ހަރުކުރުން.

އެމްއެންޕީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާ: މާލެއަށް ވިސްނާފައިވާ ތަސައްވަރު ހާމަކުރި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެންޕީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާ: މާލެއަށް ވިސްނާފައިވާ ތަސައްވަރު ހާމަކުރި - ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންޑަސްޓްރިއަލް ވިލެޖް ޕްރޮޖެކްޓެއް ވެސް ރާވާފައިވާއިރު މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ރި-ޑިޒައިން ކުރަން ވަނީ ހިމަނާފަ އެވެ. އަދި ލޭބާ ޕާކެއް ހެދުމާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ޑިޓެންޝަން ސެންޓަރެއް ހަދާނެ އެވެ.

ނާޒިމްގެ ޕްލޭންގައި ދެން އޮތީ މެޑިކަލް ޓުއަރިޒަމް ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓްގައި އާ ހޮސްޕިޓަލަކާއި ބަލިމީހުންނަށް ހާއްސަ އިމާރާތަކާއި ހޮޓެލްރޫމްސް އިމާރާތެއް ގާއިމް ކުރަން ނިންމާފައި ވެ އެވެ. އެއާ އެމްބިއުލާންސް ހިދުމަތް ފަށަން ނިންމާފައިވެ އެވެ.

ހަޔާ އެޑިއުކޭޝަން ޓޫރިޒަމް ތައާރަފްކޮށް، ޕްރޮޖެކްޓެއް ހިންގަން ވެސް ރާވާފައިވެ އެވެ. ޕްރޮޖެކްޓްގެ ދަށުން ބޭރުގެ ޔުނިވާސިޓީތައް ރާއްޖެ އަށް ތައާރަފު ކުރުމާއި ދަނާލުތައް އިމާރާތް ކުރުމާއި ބޭރުގެ ދަރިވަރުންނަށް ސްޓޫޑެންޓް ވިސާ ރާއްޖެ އިން ހަމަޖައްސައިދިނުން ހިމަނާފައިވެ އެވެ.