Roadha Mihaaru
ނާޒިމްގެ މާލޭގެ ތަރައްގީގެ ޕްލޭން އާންމުކުރަނީ

ނާޒިމްގެ މާލޭގެ ތަރައްގީގެ ޕްލޭން ހޮނިހިރު ދުވަހު އާންމު ކުރަނީ

16 އޯގަސްޓް 2023

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް، މާލެ އަށް ގެންނަން ނިންމާފައިވާ ތަރައްގީގެ ޕްލޭން އަންނަ ހޮނިހިރު ދުވަހުގެ ރޭ އާންމުކުރަން ނިންމައިފި އެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް، މާލެ އަށް ގެންނަން ނިންމާފައިވާ ތަރައްގީގެ ޕްލޭން އަންނަ ހޮނިހިރު ދުވަހުގެ ރޭ އާންމުކުރަން ނިންމައިފި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް އަންނަނީ "އުޖާލާ ޒަމާނެއް"ގެ ނަމުގައި އޭނާގެ ސިޔާސަތުތައް ހާމަކުރައްވަމުންނެވެ.

ކުޜީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ކެމްޕެއިން އޮފީހުން ބުނީ، އޭނާގެ ވެރިކަމެއްގައި މާލެ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭން އާންމު ކުރާނީ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި ބިލަންބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގައި ބާއްވާ ހާއްސަ ހަފުލާއެއްގައި ކަމަށެވެ.

"މި ޕްލޭނަކީ ނާޒިމްގެ ވެރިކަމުގައި، މާލެ, ހުޅުމާލެ، ވިލިނގިލި، ގުޅިފަޅު, އަދި ގިރާވަރުފަޅު ސަރަހައްދު ތަރައްގީ ކުރާނެ ގޮތް މި ޒަމާނުގެ ތަރައްގީގެ ފަލްސަފާތަކާ އެއްގޮތަށް ރޭވުންތެރިކަމާ އެކު ތަރައްގީ ކުރުމަށް އެކުލަވައިލެވޭ ޕްލޭނެއް،" ނާޒިމްގެ ކެމްޕޭން މެނޭޖަރު، އަދި އެ ޕާޓީގެ ނާއިބު ރައީސް ހުސައިން އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނާޒިމްގެ ކެމްޕެއިންގެ ސިޔާސަތުތަކާއި މަޝްރޫއުތައް އެކުލަވާލާފައި ވަނީ ތަފާސްހިސާބުތަކާއި ހަގީގަތްތަކުގެ މައްޗަށް ބަލައިގެން ކަމަށެވެ. އެ ޕްލޭންގައިވާ ހުރިހާ ކަންތައްތައް ވެސް ނާޒިމްގެ އިގްތިސޯދީ ސިޔާސަތުތަކުގެ ތެރެއިން، ހާސިލް ކުރެވޭނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

ނާޒިމަކީ މި ފަހަރުގެ ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ އަމަލީ ގޮތުން ކެމްޕެއިން ފެއްޓެވި ކެންޑިޑޭޓެވެ. މެނިފެސްޓޯ ވެސް އެންމެ ފުރަތަމަ އާންމު ކުރެއްވީ އޭނާ އެވެ. މިހާރު ވެސް ގެންދަވަނީ އެކި ރަށްރަށުގައި އެ މެނިފެސްޓޯގެ ސިޔާސަތުތައް ހާމަކުރައްވަމުންނެވެ.