Roadha Mihaaru
ނާޒިމްގެ ފަހު މަންޒިލަކަށް ދަނގެތި

ނާޒިމްގެ ކެމްޕެއިންގެ ފަހު މަންޒިލަކަށް ދަނގެތި

07 ސެޕްޓެމްބަރ 2023

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފަހު މަންޒިލަކަށް އޭނާގެ ދާއިރާގައި ހިމެނޭ އެންމެ ބޮޑު ރަށް އދ. ދަނގެއްޗަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިއަދު ވަޑައިގެންފި އެވެ.

ދަނގެތި ދާއިރާގެ މެމްބަރު ނާޒިމްގެ ކެމްޕެއިން ޓީމުން ކުރި ޓުވީޓެއްގައި ބުނީ، ދަނގެތި އަދި މުޅި ދަތުރުން ވެސް ފެނުނީ އުންމީދީ މަންޒަރުތަކެއް ކަމަށެވެ،

ނާޒިމަށް ގިނަ ބަޔަކު މިއަދު މަރުހަބާ ކިޔަނީ

ނާޒިމަށް ގިނަ ބަޔަކު މިއަދު މަރުހަބާ ކިޔަނީ

"ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި އުޖާލާ ޒަމާނަކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓް ނާޒިމަށް ވޯޓު ދެއްވާ،" ޓުވީޓުގައި ވެ އެވެ.

ނާޒިމް މިއަދު ދަނގެއްޗަށް ވަޑައިގަތުމުން ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިޔަނީ

ނާޒިމް މިއަދު ދަނގެއްޗަށް ވަޑައިގަތުމުން ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިޔަނީ

ނާޒިމަކީ މި އިންތިހާބަށް އެންމެ ފުރަތަމަ ކެމްޕެއިން ފެއްޓެވި އަދި އެންމެ ފުރަތަމަ މެނިފެސްޓޯ ވެސް އާންމު ކުރެއްވި ކެންޑިޑޭޓެވެ.