Roadha Mihaaru
އެހެން ޕާޓީތަކުގެ މެމްބަރުން އެމްޑީޕީން ވަކިކުރަނީ

އެމްޑީޕީގައި ތިބި އެހެން ޕާޓީތަކުގެ މެމްބަރުން ވަކިކުރަނީ

30 މެއި 2022

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރަޖިސްޓްރީގައި ނެތް އެމްޑީޕީގެ 39،000 އަށް ވުރެން ގިނަ މެމްބަރުން ސައްހަކުރަން ނިންމައި އެހެން ޕާޓީތަކުގެ މެމްބަރުން އެމްޑީޕީން ވަކިކުރަން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރަޖިސްޓްރީގައި ނެތް އެމްޑީޕީގެ 39،000 އަށް ވުރެން ގިނަ މެމްބަރުން ސައްހަކުރަން ނިންމައި އެހެން ޕާޓީތަކުގެ މެމްބަރުން އެމްޑީޕީން ވަކިކުރަން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

އެމްޑީޕީން ބަލަހައްޓާ ދަފްތަރުގައި 94،000 އަށް ވުރެ ގިނަ މީހުން ތިއްބަސް އިލެކްޝަންސް ކޮމިޝަންގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ އިލެކްޝަންސުން އެންމެ ފަހުން އާއްމުކުރި ހިސާބުތަކުގައިވާ 54،782 މީހުންނެވެ.

ންގްރެސްގައި ބައިވެރިވެވޭނީ އީސީގެ ދަފްތަރުގައި ހިމެނޭ މީހުންނަށް އެކަނި، ގޮފިތައް އުފައްދާ އިރު، އޭގައި ވެސް ބައިވެރިވެވޭނީ އީސީގެ ރަޖިސްޓްރީގައި ހިމެނޭ ޕާޓީގެ މެމްބަރުންނަށް. -- އިބްރޭ

އީސީގެ ދަފްތަރުގައި ނުހިމެނޭ 39،911 މީހުންނަކީ ސައްހަ މެމްބަރުން ނޫން ކަމަށާއި އެއީ އެހެން ޕާޓީތަކުގައި ވެސް ރަޖިސްޓްރީވެފައިވާ މެމްބަރުން ކަމަށް ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭންގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ދަފްތަރު އޮތީ އެތެރޭގެ އިންތިހާބުތަކަށް އިދިކޮޅު ޕީޕީއެމަށް ނުފޫޒު ފޯރުވޭ ގޮތަށެވެ. ޕާޓީގެ ރައީސް ނުވަތަ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަން ވިޔަސް ޕީޕީއެމްގެ 20،000 މީހުންނަށް ވޯޓު ލެވޭ ކަމަށް ވިދާޅުވެފައިވެ އެވެ.

މަގާމާ ހަވާލުވެވަޑައިގެން ފައްޔާޒް ފުރަތަމަ ބޭއްވި ގައުމީ މަޖިލީހުގައި، އޭނާއާ ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | އެމްޑީޕީ

މަގާމާ ހަވާލުވެވަޑައިގެން ފައްޔާޒް ފުރަތަމަ ބޭއްވި ގައުމީ މަޖިލީހުގައި، އޭނާއާ ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | އެމްޑީޕީ

ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ބައްދަލުވުމުގައި ވަނީ އެމްޑީޕީގެ މެމްބަރުން ސައްހަކުރުމަށް ނިންމައިފަ އެވެ.

އޭނާގެ ކެމްޕޭން މެނޭޖަރު، އިބްރާހިމް ވަހީދު (އިބްރޭ) ހުށަހަޅުއްވައި، އުތުރު ޕްރޮވިންސްގެ ރައީސް ހުސެއިން އާދަމް ތާއީދުކުރެއްވި ގަރާރަށް ބަހުސްކޮށް އެގޮތަށް މެމްބަރުން ވަނީ އިއްތިފާގުވެފަ އެވެ.

އިބްރޭ ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހުން ނިންމީ އެމްޑީޕީގެ އެކި މަގާމްތަކުގައި ތިބި މީހުންގެ މެމްބަޝިޕް ވެސް ވަގުތުން ސައްހަ ކުރުމަށެވެ. އެއާއެކު 39،000 މީހުންގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ރަޖިސްޓްރީކޮށްފައިވާ ނަމަ އެ މީހަކު ވަގުތުން ވަކިކުރުމަށެވެ.

ބާކީ ތިބި މެމްބަރުންނަށް މެމްބަޝިޕް ސައްހަކުރަން ނުވަތަ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އީސީގެ ދަފްތަރުގައި ރަޖިސްޓްރީވާން ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރެއް ފާސްކުރަން މެމްބަރުން ވޯޓު ދެއްވަނީ. -- ފޮޓޯ | އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރެއް ފާސްކުރަން މެމްބަރުން ވޯޓު ދެއްވަނީ. -- ފޮޓޯ | އެމްޑީޕީ

"ކޮންގްރެސްގައި ބައިވެރިވެވޭނީ އީސީގެ ދަފްތަރުގައި ހިމެނޭ މީހުންނަށް އެކަނި، ގޮފިތައް އުފައްދާ އިރު، އޭގައި ވެސް ބައިވެރިވެވޭނީ އީސީގެ ރަޖިސްޓްރީގައި ހިމެނޭ ޕާޓީގެ މެމްބަރުންނަށް،" އިބްރޭ ވިދާޅުވި އެވެ.

މީގެ ކުރިން އަމަލުކުރަމުން އައީ، ކޮންމެ އިންތިހާބަކާ ދިމާކޮށް އަދި ކޮންގްރެސްއާ ދިމާކޮށް ހަދާ ގޮފިތަކަށް ވެސް ބައިވަރު މީހުންނަށް ޕާޓީއަށް ވަދެވޭ ގޮތަށެވެ. އެކަމަކު މިފަހަރުގެ ކޮންގްރެސްގައި ތިބޭނީ ޕާޓީގެ ސައްހަ މެމްބަރުން ކަމަށް އިބްރޭ ވިދާޅުވި އެވެ.