12 މެއި 2022
ފްލޭނިން މިނިސްޓްރީން ތިން ރަށެއްގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ފްލޭނިން މިނިސްޓްރީން ތިން ރަށެއްގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެމްޓީސީސީއާ ހަވާލުކުރީ އއ. އުކުޅަހު ބަނދަރު އަޕްގްރޭޑް ކުރުމާއި އދ. ދިގުރަށު ބަނދަރު އަޕްގްރޭޑް ކުރުމާއި ށ. މާއުނގޫދޫ ބަނދަރު ހެދުމަށެވެ.
އއ. އުކުޅަހުގެ ބަނދަރުގެ މަސައްކަތް ހަވާލު ކުރީ 37 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އެއް އަހަރެވެ. އދ. ދިގުރަށުގެ ބަނދަރުގެ މަސައްކަތަށް 53 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ. އެ މަޝްރޫއު ނިންމަން ޖެހެނީ 19 މަސް ތެރޭގަ އެވެ. ށ. މާއުނގޫދޫގެ ބަނދަރުގެ މަސައްކަތަށް 60 މިލިއަން ރުފިޔާ ހޭދަކުރާ އިރު 16 މަސް ތެރޭ އެ މަސައްކަތް ނިންމަން ކަނޑައަޅާފައިވެ އެވެ.
މި ޕްރޮޖެކްޓްތަކުގައި އެ ތިން ރަށުގެ ނެރު ފުންކުރުމާއި ބޮޑު ހިލަ ޖެހުމާއި ރިވެޓްމެންްޓް ޖެހުމާއި އެއްގަމު ތޮށި ލުމާއި މަގު ބައްތި ޖެހުމަށް ހަމަޖެހިފައިވެ އެވެ.
އެ ތިން ރަށުގެ ބަނދަރު ހެދުމުގެ އިތުރުން ތ. ދިޔަމިގިއްޔާއި ތ. ވިލުފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް ވަނީ އެމްޓީޓީސީސީއާ ހަވާލުކޮށްފަ އެވެ. ދިޔަމިގިލީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 23 މިލިއަން ރުފިޔާ ހޭދަކުރާ އިރު ވިލުފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރަން ދައުލަތުގެ ބަޖެޓުން 11 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.
ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން އެމްޓީސީސީއަށް
ހިތާދު އާއި ތިނަދޫގެ މަޝްރޫއެއް އެމްޓީސީސީއަށް
ބިލެއްފަހީގެ ބޭރު ތޮށިލުމުގެ މަސައްކަތް ފަށައިފި
ކުރިނބީ ރައްޔިތުން ނިކުމެ ޖެޓީ ސަރަހައްދު ކޮނެފި
ސާމާނު ލިބުމުން ފާލަމުގެ މަސައްކަތް އަވަސްވާނެ
މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
"މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް"
އެމްޓީސީސީ ފަދަ އިތުރު ކުންފުންޏެއް އުފައްދަނީ
ހަވާލުވިއިރު 64 މަޝްރޫއެއް އޮތީ ހުއްޓިފައި:މިނިސްޓަރު