01 މެއި 2022
ނޯރިޗް (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް މޮޅުވެ، ވާދަވެރިކަން އިތުރަށް ބޮޑު ވެއްޖެ އެވެ.
ނޯރިޗް (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް މޮޅުވެ، ވާދަވެރިކަން އިތުރަށް ބޮޑު ވެއްޖެ އެވެ.
އެން ފުލުގައި އޮތް ނޯރިޗް ސިޓީ ރެލިގޭޓް ވީ އެވެ.
މިއީ ނޯރިޗް ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ފުލަށް ގޮސްގެން އެންމެ ފަހު ތިން ސީޒަނުގައި ރެލިގޭޓް ވި ދެވަނަ ފަހަރެވެ.
ނޯރިޗް ރެލިގޭޓް ވީ މިރޭ ލީގުގައި އެސްޓަން ވިލާ އަތުން 2-0 އިން ބަލިވެގެންނެވެ. އެސްޓަން ވިލާގެ ލަނޑުތައް ޖަހައިދިނީ އޮލީ ވަޓްކިންސް އާއި ޑެނީ އިންގްސް އެވެ. މި ނަތީޖާއާއެކު ނޯރިޗް ސިޓީ އަށް ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު އެޓީމު ފުލުގައި އޮތީ 21 ޕޮއިންޓާ އެކު އެވެ. އެ ޓޓިމަށް މޮޅު ވެވުނީ ފަސް މެޗުންނެވެ. ވަ މެޗުގައި އެއްވަރު ކުރި އެވެ.
މާޔޫސް ވެފައި ދަނޑުގައި ތިބި ނޯރިޗުގެ ބައެއް ސަޕޯޓަރުން.-- ފޮޓޯ: އޭއެފްޕީ
ލީގު 17 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑާއި 16 ވަނައިގައި އޮތް ބާންލީ އަށް ވެސް ބާކީ ހަތަރު މެޗު އޮތްއިރު ދެ ޓީމަށް ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. ނޯރިޗުގެ ބާކީ ހަތަރު މެޗު ކާމިޔާބު ކޮށްގެން ވެސް އެޓީމަށް ހަމަކުރެވޭނީ 33 ޕޮއިންޓެވެ.
ނޯރިޗާ އެކު ރެލިގޭޝަނުގައި އޮތީ 19 ވަނައިގައި އޮތް ވަޓްފޯޑާއި 18 ވަނައިގައި އޮތް އެވަޓަން އެވެ. އެވަޓަން މާދަމާ ރޭ ޗެލްސީއާ ދެކޮޅަށް ކުޅޭނެ އެވެ. ވަޓްފޯޑް ވަނީ މިރޭ އަމިއްލަ ދަނޑުގައި ބާންލީ އަތުން ފަހު ވަގުތު 2-1 އިން ބަލި ވެފަ އެވެ. މެޗުގެ އަށްވަނަ މިނެޓުގައި ބާންލީ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑަކުން ވަޓްފޯޑަށް ލީޑު ލިބިފައި ވަލިކޮށް ބާންލީން ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗު ކާމިޔާބުކުރީ ފަހު 10 މިނިޓު ތެރޭގަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ވިލްފްރެއިޑް ޒާހާ ޖެހި ގޯލުން ކްރިސްޓަލް ޕެލަސް އިން ފަހަތުން އަރައި 2-1 އިން ސްއުތެމްޓަން ބަލި ކުރި އެވެ. ބްރައިޓަން އިން ވަނީ ރަށުން ބޭރުގައި 3-0 އިން ވުލްވްސް ބަލި ކޮށްފަ އެވެ.
އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އިން މިރޭ ލީޑްސް ޔުނައިޓެޑް ބަލިކުރީ 4-0 އިންނެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ ރޮޑްރީ އާއި ނަތަން އަކޭ އަދި ގެބްރިއެލް ޖެސޫސް އާއި ކެޕްޓަން ފެނާންޑީނިއޯ އެވެ.
ފެނާންޑީނިއޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
މިރޭގެ މެޗުން ސިޓީ ހޯދި ތިން ޕޮއިންޓާއެކު ޖުމުމަ 83 ޕޮއިންޓް ވަނީ ހޯދައިފަ އެވެ. ދެވަނައިގައި އޮތް ލިވަޕޫލުން ވެސް ވަނީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ ނަބީ ކެއިޓާ އެވެ. މި މޮޅާ އެކު ލިވަޕޫލަށް ވަނީ 82 ޕޮއިންޓް ލިބިފަ އެވެ.
ސިޓީ އާއި ލިވަޕޫލަށް ވެސް ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ. ސިޓީ ދެން ކުޅޭނީ ނިއުކާސަލް އާއި ވުލްވްސްއާ ދެކޮޅަށެވެ. އެއަށް ފަހު ވެސްޓް ހޭމް ޔުނައިޓެޑާ ކުޅެ، ފަހު މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.
ލިވަޕޫލަށް އެންމެ އަވަހަށް އޮތީ ގަދަ ހަތަރަކަށް ވާދަކުރާ ޓޮޓެންހަމް ހޮޓްސްޕާސްއާ ވާދަކުރާ މެޗެވެ. އެއަށް ފަހު އެސްޓަން ވިލާ އާއި ސައުތެމްޓަންއާ ދެކޮޅަށް ކުޅޭނެ އެވެ. ފަހު މެޗު އަމިއްލަ ދަނޑު، އެންފީލްޑުގައި ކުޅޭނީ ވުލްވްސްއާ ދެކޮޅަށެވެ.
ލިވަޕޫލްގެ ހަމައެކަނި ލަނޑު ޖެހުމަށް ފަހު ނަބީ ކެއިޓާ (ވ-2)، އާއި ޓީމު ބައެއް ކުޅުންތެރިން އުފާ ފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ލީގުގައި މެޗެއް ކުޅުމުގެ ކުރިން ދެ ޓީމުން ވެސް މި ހަފްތާ ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގު މެޗު ކުޅޭނެ އެވެ. ސިޓީ އިން ރަށުން ބޭރުގައި ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭނެ އެވެ. އެޓީމު ވަނީ އަމިއްލަ ދަނޑުގައި ފުރަތަމަ ލެގު 4-3 އިން ކާމިޔާބު ކޮށްފަ އެވެ.
ލިވަޕޫލުން ނުކުންނާނީ ސްޕެއިންގައި، އެގައުމުގެ ވިޔަރެއާލާ ދެކޮޅަށެވެ. ލިވަޕޫލުން ފުރަތަމަ ލެގު ކާމިޔާބުކުރީ 2-0 އިންނެވެ.
ރެއާލް މެޑްރިޑުން ވަނީ ސެމީ ފައިނަލް ދެވަނަ ލެގުގެ ކުރިން މިރޭ ލަ ލީގާ ގައި އަމިއްލަ ދަނޑުގައި 4-0 އިން އެސްޕަނިޔޯލް ބަލިކޮށް 35 ވަނަ ފަހަރަށް ލަ ލީގާ ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ވިޔަރެއާލް ވަނީ ރެލިގޭޝަނުގައި އޮތް އަލަވޭޒް އަތުން 2-1 އިން ބަލި ވެފަ އެވެ.
ވިޔަރެއާލް ލީގުގައި އޮތީ ވެސް އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތެއްގެ ޖާގައަކަށް ވުރެ ފަހަތުގައި، ލީގުގެ ހަތްވަނައިގަ އެވެ.
ގްރިލީޝްގެ ގޯލުން ސިޓީ އަށް މޮޅެއް
ނޯވިޗް އަތުން ސިޓީ ބަލިވުމުން ލިވަޕޫލަށް ލީޑެއް
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ލިވަޕޫލް ސަޕޯޓަރުންނަށް ގާޑިއޯލާ ރައްދުދިނީ ނަމްބަރުން
ސިޓީ އާއި އާސެނަލަށް ވުރެ ކުރީގައި އަދިވެސް ލިވަޕޫލް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ލިވަޕޫލަށް މަގާމު ގެއްލިއްޖެ، ތަށި ނަގަނީ އާސެނަލްތަ؟
ގާޑިއޯލާ ވަރުގެ ކޯޗެއް އަހަރެން ނުދެކެން: ކްލޮޕް
ސިޓީއަށް ތިންގަޑިއިރު، ލިވަޕޫލް އަލުން އެއްވަނައަށް