16 އެޕްރީލް 2022
މަސްޖިދުލް އަގްސާއަށް އިޒްރޭލްގެ ސިފައިން ވަދެ، ހިންގި ހަމަނުޖެހުންތައް ރާއްޖެއިން މިރޭ ކުށްވެރިކޮށްފި އެވެ.
މަސްޖިދުލް އަގްސާއަށް އިޒްރޭލްގެ ސިފައިން ވަދެ، ހިންގި ހަމަނުޖެހުންތައް ރާއްޖެއިން މިރޭ ކުށްވެރިކޮށްފި އެވެ.
މުސްލިމުންގެ ތިން ހަރަމްގެ ތެރޭގައި ހިމެނޭ ފަލަސްތީނުގެ އަގްސާ މިސްކިތަށް އިއްޔެ އިޒްރޭލްގެ ސިފައިން ވަދެ ހަމަނުޖެހުން ހިންގައި، ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެހެންވެ، ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްްގައި ވަނީ އިޒްރޭލުގެ އެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާ ޚިލާފަށް ހިންގާ އަމަލުތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން މެދު އިރުމަތީގައި ހަމަޖެހުން ގާއިމުކުރަން ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ބަޔާނުގައި ވެ އެވެ.
ދިވެހި ސަރުކާރުން ބުނީ، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރަން ކުރާ މަސައްކަތަށް ރާއްޖޭގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ. އަދި މެދުއިރުމަތީގައި ހިންގާ ހަމަނުޖެހުންތައް ހައްލު ކުރެވެން އޮތް ހަމައެކަނި ގޮތަކީ ވެސް 1967 ވަނަ އަހަރު ކަނޑައަޅާފައިވާ ފަދައިން އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހިމެނޭ ގޮތަށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރުމުން ކަމަށް ވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.
އިޒްރޭލްގެ ސިފައިން ފަލަސްތީނަށް ދޭތެރެދޭތެރެއިން ހަމަލާތައް ދެމުން ގެންދެ އެވެ. މިދިޔަ އަހަރު ވެސް ވަރުގަދަ ހަމަލާތަކެއް ދީ، ފަލަސްތީނުގެ އެތައް ބަޔަކު މަރާލާފައިވެ އެވެ.
އދ. ގެ އޮފީސް އިޒްރޭލުން އަތުލުން ކުށްވެރިކޮށްފި
ފަލަސްތީނު ރައްޔިތުންގެ ހައްގެއް ނިގުޅައެއް ނުގަނެވޭނެ
އިޒްރޭލު ހުއްޓުވަން މުޅި ދުނިޔެ ތެދުވަން ގޮވާލައްވައިފި
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރަނީ
އިޒްރޭލު ޕާސްޕޯޓް ބިލުގެ މަސައްކަތް ކުރިއަށް ދާނެ
އިޒްރޭލްގެ ޕާސްޕޯޓް ބިލް ފެބްރުއަރީގެ ކުރިން ނުނިމޭނެ
އިޒްރޭލަށް ހަތިޔާރު ދެމުން ސުލްހައަށް ގޮވައެއް ނުލެވޭނެ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރާ ބިލްގެ މަސައްކަތް ފަށަނީ
އިޒްރޭލް ޕާސްޕޯޓާ ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތް!