13 އެޕްރީލް 2022
ގއ. ކޫއްޑޫ ފަޅުގައި މަސްކިރަން ގޮސް އޮތް ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރާ ގޮތަށް ސަރުކާރުން މިރޭ ނިންމައިފި އެވެ.
ގއ. ކޫއްޑޫ ފަޅުގައި މަސްކިރަން ގޮސް އޮތް ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރާ ގޮތަށް ސަރުކާރުން މިރޭ ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ، މިފްކޯ އާ މަޝްވަރާކޮށް އިންތިޒާމުތަކެއް ހަމަޖައްސައި މިހާރު މަސްކިރަން ވެސް ފަށާފައިވާ ކަމަށެވެ.
"މި ވަގުތު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ މަސް ދޯންޏެއްގެ ހުރިހާ މަހެއް ކިރޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ،" ރައީސް އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވެ އެވެ.
ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ ކޮންމެ ދޯންޏަކުން ވެސް ގިނަވެގެން ފަސް ޓަނުގެ މަސް ކިރާ ގޮތަށް މިފްކޯ އިން ކޮންޓްރޯލް ކުރިތާ ހަފުތާއަކަށް ވުރެ ގިނަ ވެއްޖެ އެވެ. އެއީ، މަސްވެރިން ހިތްހަމަނުޖެހުން ވަރަށް ބޮޑުވި ކަމެކެވެ. އަދި އޭގެ އުދާސްތަކާ އެކު، މަސްވެރިން މިއަދު ވަނީ ކޫއްޑޫގައި ހަޅުތާލު ވެސް ކޮށްފަ އެވެ. އެހެންވެ، މިއަދު އެއްކޮށްހެން އެ ފެކްޓަރީ އަކަށް މަހެއް ނުކިރަ އެވެ.
މަސްވެރިންގެ ހަޅުތާލާ ގުޅިގެން މިފްކޯ އިން މިއަދު ހަވީރު ނިންމީ، އެ ވަގުތު އޮތް ދޯނިފަހަރުގެ ހުރިހާ މަހެއް ކިރާ ގޮތަށެވެ. އެކަމަކު، އޭގެ ފަހުން އައި ދޯނިތަކުން، އެ ދޯނީގެ ހުރިހާ މަހެއް ނުގަންނަން ނިންމުމުން އެކަން ބޮޑު ހައިޖާނަކަށް ބަދަލުވެ، މިފްކޯގެ ނިންމުން އަނބުރާ ގެންދިޔަ އެވެ.
ރައީސް އޮފީހުން ބުނީ އަލުން މަސްކިރަން ފށީ މަސްވެރިންނާ އެކު އެއްބަސްވެވޭ ގޮތަކަށް އިމްޕްލިމެންޓޭޝަން ޕްލޭނެއް ހެދުމަށް ފަހު ކަމަށެވެ.
"މަސްވެރިންނަށް ކިޔު އޯޑަރެއް ހަމަޖައްސައި އެ އޯޑަރާ އެއްގޮތަށް މަސް ކިރޭނެ އިންތިޒާމްތައް ކޫއްޑޫގައި މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މި ޕްލޭންގެ ދަށުން މަސް ކިރޭނެ ތަރުތީބާއި ދުވަސް އެ މަސްވެރިންނަށް ވަނީ އަންގައިފަ އެވެ،" ބަޔާނުގައި ވެ އެވެ.
ކޫއްޑޫ މަސް ފެކްޓަރީގެ އޮޕަރޭޝަންތައް އަލުން ފަށައިފި
މަސްވެރިންނަށް ނުދީ 300 މިލިއަން ރުފިޔާވަރުއެބައޮތް
މިފްކޯގެ ސައިޓުތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކަނީ
ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަހުން މިލިއަނެއްހާ ރުފިޔާ
ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖު އަވަހަށް ނިންމަން ގޮވާލައިފި
ފައިސާ ނުލިބި ލަސްވާތީ މަސްވެރިން މުޒާހަރާކޮށްފި
މަސްވެރިކަން ރަނގަޅުވެ، ކޫއްޑު އަށް ބާރު ބޮޑު ވެއްޖެ
ކަންބޮޑުވުންތަކާ އެކު ކެޔޮޅުން ރައީސްގެ އަރިހަށް!
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ