Roadha Mihaaru
ފައިސާ ނުލިބި ލަސްވާތީ މަސްވެރިން މުޒާހަރާކޮށްފި

ބިލްތަކަށް ފައިސާ ނުލިބި ލަސްވާތީ މަސްވެރިންގެ ބަޔަކު މުޒާހަރާކޮށްފި

22 އޯގަސްޓް 2020

ކޫއްޑޫ އަށް ކިރުވި މަހުގެ ފައިސާ ނުލިބި ލަސްވާތީ މަސްވެރިންތަކެއް އެ ރަށުގައި މުޒާހަރާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޫއްޑޫ އަށް ކިރުވި މަހުގެ ފައިސާ ނުލިބި ލަސްވާތީ މަސްވެރިންތަކެއް އެ ރަށުގައި މުޒާހަރާކޮށްފި އެވެ.

ކޫއްޑޫ އޮފީސް ކުރިމައްޗަށް އެއްވެ އަޑު އުފުލި މީހުން ބުނަމުން ދިޔައީ ބިލްތަކަށް ފައިސާ ނުލިބި ލަސްވާތީ ވަރަށް ބޮޑަށް ދަތިވާ ކަމަށާއި އެހެންވެ ފައިސާ އަވަހަށް ދިނުމަށެވެ. އަދި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ނަމަ އިސްތިއުފާ ދިނުމަށް ވެސް ގޮވާފައިވެ އެވެ.

ފުލުހުން ބުނީ މުޒާހަރާކުރި މީހުން އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ކޫއްޑުގައި މަސް ގަންނަމުން އަންނަނީ މިފްކޯއިންނެވެ. އެ ކުންފުނިން އަންނަނީ މުއްދަތުތަކަށް ބަހާލައިގެން، މިހާތަނަށް ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދައްކަމުންނެވެ. މިދިޔަ ހަފުތާ ތެރޭގައި ވެސް އެ ކުންފުނިން ވަނީ ބައެއް ބިލުތަކަށް ފައިސާ ދޫކޮށްފަ އެވެ. އަދި މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ނުދެއްކި ހުރި ބިލުތަކުގެ ފައިސާ މާދަމާ އިން ފެށިގެން ދޫކުރާނެ ކަމަށް އެ ކުންފުންޏާ ހަވާލާދީ ދިވެހި މަސްވެރިންގެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ކުރި ޓްވީޓެއް--

މިފްކޯއިން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަސްވެރިން ކިރުވާ މަހުގެ ފައިސާ ލަސްނުކޮށް މަސްވެރިންނަށް ދިނުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިވަގުތު ދުނިޔެ އަށް ދިމާވެފައިވާ އިގްތިސާދީ ހީނަރު ކަމުގެ ސަބަބުން ފިނި ކުރި މަހުގެ އަގު ހުރި ގޮތުން ވިޔަފާރީގައި ދަތިތަކެއް ހުރި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.