12 އެޕްރީލް 2022
މިއަހަރު ކުވައިތުގައި ބާއްވާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅުނު ކޮލިފައިންގެ ފަހު މެޗުގައި މިއަދު ތުރްކްމެނިސްތާން އަތުން 7-0 ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ބަލިވެ ރާއްޖެ އަށް މުބާރާތް ނިމިއްޖެ އެވެ.
މިއަހަރު ކުވައިތުގައި ބާއްވާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅުނު ކޮލިފައިންގެ ފަހު މެޗުގައި މިއަދު ތުރްކްމެނިސްތާން އަތުން 7-0 ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ބަލިވެ ރާއްޖެ އަށް މުބާރާތް ނިމިއްޖެ އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ތުރުކްމެނިތާން އިން ވަނީ މެޗު ކުރީކޮޅު ރާއްޖޭގެ ގޯލް ހުޅުވައިފަ އެވެ. އެޓީމުގެ ލަނޑު ޖެހީ ކްރުބަނޯވް އަލާމިއްޔަތު އެވެ. ކުރިން ކުޅުނު ދެ މެޗަށް ވުރެ ރަނގަޅަށް މިއަދުގެ މެޗުގައި ދިވެހި ޓީމުން ކުޅުނެވެ. ތުރްކްމެނިސްތާނުން ލަނޑު ޖެހިފަހުން ލަނޑު ޖަހާނެ ތިން ފުރުސަތެއް ރާއްޖެއިން ތަނަވަސް ކުރި އެވެ. އަލީ ހާފިޒް (ހާއްޕެ) އާއި ހުޒައިފަތު ރަޝިދު ފޮނުވާލި ހަމަލާތައް ގޯލަށް އަމާޒުވާ ގޮތެއް ނުވި އެވެ.
ތުރުކްމެނިސްތާންގެ ދެވަނަ ލަނޑު ޖެހީ އަނާގުލިއޭވް އެވެ. އެޓީމުގެ އެހެން ކުޅުންތެރިޔަކު ފޮނުވާލި ބޯޅަ ގުލިއޭވް ގޯލަށް ވައްދާލީ ރާއްޖޭގެ ކީޕަރު ކުރިމަތީގައި ހުރެ ފުންނާބުން ޖަހަ އެވެ. އެޓީމުގެ އަނެއް ފަސް ލަނޑު ޖެހީ ދެވަނަ ހާފުގަ އެވެ. ތިންވަނަ ލަނޑު ޖެހީ ބެރްނޯވް ކަޑިޔަރު އެވެ. އެޓީމުގެ ހަތަރު ވަނަ ލަނޑު ޝޙީދޯވް ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ރާއްޖޭގެ ހާފުގެ ތެރެއިން ލިބުނު ހިލޭޖެހުން އޭނާ ވަނީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
އެޓީމުގެ ފަސް ވަނަ ލަނޑު ޖެހީ ގަރަޖަޔޭވް އެވެ. ގްލިއޭވް ފޮނުވާލަން އުޅުނު ބޯޅަ ރާއްޖޭގެ ކީޕަރު އިސްމާއީލް ފާތިހް ދިފާއު ކުރުމުން ރީބައުންސްވި ބޯޅަގަރަޖަޔޭވް ވަނީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. އެޓީމުގެ ހަވަނަ ލަނޑު ޖެހީ ވެސް އޭނާ އެވެ. އެޓީމުގެ ހަތް ވަނަ ލަނޑު ޖަހައި ޝަހީދޯވް ވަނީ ހެޓްރިކް ހަދައިފަ އެވެ. ތުރުކްމެނިސްތާން ކުޅުންތެރިން ރޭވީ އެޓީމުގެ ކީޕަރު ބައިރޯމޯ ލައްވައި ލަނޑު ޖެހުމަށެވެ. އެހެންވެ ބޯޅަ ހިފައިގެން އޭނާ ކުރިއަށް ވެސް އެރި އެވެ. އެޓީމުގެ ކުރްބަނޯވް ދިން ބޯޅަ އަށް ކީޕރަށް ވުރެ ކުރިން އެރުމުން ފުރުސަތު ލިބުނީ ޝަހީދޯވް އަށެވެ. އޭޏާ ވަނީ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.
އިންޑޯގައި ފަރިތަ ކޮށްލެވުމުން ހިތްހަމަ ޖެހިއްޖެ: ކޮކޯ
އެފްއޭއެމަށް ފުޓްސަލް އެރީނާ ނޭޅުނު، ގޯސްވީ ސަރުކާރު
އެފްއޭއެމުން ގައުމީ ފުޓްސަލް ލީގެއް ފަށަނީ
ކިރިގިސްތާނުން ވެސް ގައުމީ ފުޓްސަލް ޓީމު ބަލިކޮށްފި
ގައުމީ ފުޓްސަލް ޓީމުން މޮންގޯލިއާ ބަލިކޮށްފި
އޮމާން އަތުން ބަލިވެ ގައުމީ ފުޓްސަލް ޓީމު ކަޓައިފި
ފުޓްސަލްގައި ވަރުގަދަ ތައިލެންޑުން ރާއްޖެ ބަލިކޮށްފި
ފުޓްސަލަށް އެފްއޭއެމުން ދޭނެ ޖަވާބަކީ ފުޓްސަލް އެރީނާ
އެފްއޭއެމުން އަންނަ މަހު ފުޓްސަލް މުބާރާތެއް ބާއްވަނީ
އެފްއޭއެމުން ރިޒޯޓް ފުޓްސަލް ބޮޑު މުބާރާތެއް ފަށަނީ