Roadha Mihaaru
ފުޓްސަލްގައި ވަރުގަދަ ތައިލެންޑުން ރާއްޖެ ބަލިކޮށްފި

ފުޓްސަލްގައި ވަރުގަދަ ތައިލެންޑް އަތުން ރާއްޖެ ބަލިވެއްޖެ

15 މާޗް 2022

ބެންކޮކުގައި މިހާރު ކުރިއަށްދާ އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕްގައި މުބާރާތް ބާއްވާ ގައުމު ތައިލެންޑް އަތުން 8-3 ން ރާއްޖެ ބަލިވެއްޖެ އެވެ.

ބެންކޮކުގައި މިހާރު ކުރިއަށްދާ އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕްގައި މުބާރާތް ބާއްވާ ގައުމު ތައިލެންޑް އަތުން 8-3 ން ރާއްޖެ ބަލިވެއްޖެ އެވެ.

އަންނަ މަހު ބާއްވާ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފިކޭޝަންގައި ވާދަކުރުމުގެ ކުރިން ތަޖުރިބާ ހޯދުމުގެ ގޮތުން ރާއްޖެއިން ބައިވެރިވާ މުބާރާތުގައި މިއަދު ބެންކޮކުގެ ޝޯޑީސީ އިންޑޯ ސްޕޯޓްސް ކޮމްޕެލްކްސްގައި ކުޅުނު މެޗުގައި ތައިލެންޑުން ދެފަހަރު ލީޑް ނެގި ފަހުން ރާއްޖެއިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ.

ތައިލެންޑުން ޖެހި އަށް ލަނޑުގެ ތެރެއިން، ފިރަފަޓް ކޭވިލައި އާއި އުޓްސާޑުވުޓް އިންފޯމް ވަނީ، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ.

ތައިލެންޑަށް ލިޑް ނަގައިދިނީ ސުފަކޯން ބްވާންރާޓްޗަޑްކަން އެވެ. ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) ވައްދާލި ހިލޭޖެހުމުންނެވެ. އޭކަމަކު ފަހުން ތައިލެންޑްގެ ފިރަފަޓް އެޓީމަށް އަލުން ލީޑްނަގައިދިނެވެ. ރާއްޖެ އަށް ދެވަނަ ލަނޑު ޖަހައިދީ ނަތީޖާ އަލުން ހަމަހަމަ ކޮށްދިނީ ހުސައިން ޝަރީފް (އޮންލީ) އެވެ.

ތައިލެންޑްގެ ތިންވަނަ ލަނޑު ޖެހީ އަޕިވަޓްޗަމްޗަރޯ އެވެ. އެޓީމުގެ ހަތަރުވަނަ ލަނޑަކީ ރާއްޖޭގެ މުހައްމަދު އިމްރާން (އިންމި) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެޓީމުގެ ފަސްވަނަ ލަނޑު ޖެހީ އުޓްސާޑުވުޓް އެވެ. ފުރަތަމަ ހާފު ނިމުނީ 5-2 ތައިލެންޑް ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އުޓްސާޑުވުޓް ވަނީ އޭނާގެ ދެވަނަ ލަނޑު ނަތީޖާ 6-2 ށް ބަދަލުކޮށްފަ އެވެ. އަނެއް ތިން ލަނޑު ޖެހީ ތަންތިޕް ސޭންގް ސަންހް އާއި ފިރަފަޓް އެވެ. ރާއްޖޭގެ ތިން ވަނަ ލަނޑު ޖެހީ ހުޒައިފަތު ރަޝީދު (ހުޒޭ)

ރާއްޖެ ހިމެނޭ ގުރޫޕް "އޭ" ގައި ތައިލެންޑްގެ އިތުރުން ދެން އޮތީ އޮމާން އެވެ. ގުރޫޕް ބީގައި އޭޝިއާގެ ފުޓްސަލްގައި އެންމެ ކާމިޔާބު ޓީމު އިރާންގެ އިތުރުން މިޔަންމާ އަދި މޮންގޯލިއާ ވާދަކުރެ އެވެ. މިއަދު އިރާނުން މޮންގޯލިއާ ބަލިކުރީ 8-0 ންނެވެ.

ތައިލެންޑުން މީގެ ކުރިން ވަނީ އޭޝިއަން ފުޓްސަލް ކަޕްގެ ފައިނަލުގައި ދެފަހަރަށް ކުޅެފަ އެވެ. އަދި މުބާރާތުގެ ތިންވަނަ ހަތަރު ފަހަރެއްގެ މަތިން ހޯދި އެވެ.